Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވްސް ކަސްޓަމްސް ސާވިސް

ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްގައި ބައިވެރިވުމަށް ކަސްޓަމްސްގެ އޮފިޝަލުންގެ ވަފުދެއް އިންޑިއާއަށް

އޮފިޝަލުން ދަތުރުކުރާނީ އޮކްޓޯބަރު މަހުގެ 8ން 14ށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2023 | ހުކުރު 10:35
ކަސްޓަމްސްގެ އޮފިޝަލުންނާއި އިންޑިއާ އެމްބަސީގެ ބޭފުޅުން

ކަސްޓަމްސްގެ އޮފިޝަލުންނާއި އިންޑިއާ އެމްބަސީގެ ބޭފުޅުން

ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސް އެންޑް ކަސްޓަމްސް (ސީބީއައިސީ)ގެ ދަށުން ކަސްޓަމްސް ތަމްރީނުކުރާ އެންމެ މަތީ މުއައްސަސާ، ބެންގަލޫރުގެ ނޭޝަނަލް އެކަޑަމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސް އެންޑް ނާކޮޓިކްސް (ނާސިން) އިން"ކްރިއޭޓިން އެންޑް މެނޭޖިން ކެނައިން ސެންޓަރު"ގެ ޓްރެއިނިން-އަދި-ސްޓަޑީ ޓުއާގައި ބައިވެރިވުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް (އެމްސީއެސް) ގެ 20 އޮފިޝަލުންގެ ގްރޫޕެއް ދަތުރުކުރަން ނިންމައިފިއެވެ.

ކަސްޓަމްސް އިން ބުނީ އޮފިޝަލުން ދަތުރުކުރާނީ އޮކްޓޯބަރު މަހުގެ 8ން 14ށް ކަމަށާއި އިންޑިޔާ ސަރުކާރުން ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަން (ޑަބްލިއުސީއޯ)ގެ ދަށުން ހުންނަ ނާސިން ބެންގަލޫރު ހިންގަނީ ރީޖަނަލް ޓްރެއިނިން ސެންޓަރުގެ މެންޑޭޓްގެ ދަށުން ކަމަށެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޓްރެއިނިންގ-އަދި-ސްޓަޑީ ޓުއާގައި ހިމެނޭ ދާއިރާތަކުގެ ތެރޭގައި އެންފޯސްމަންޓް އެޖެންސީތަކަށް ކެނައިން ސްކޮޑްގެ މުހިންމުކަމާއި، ޒަމާނީ ކެނައިން ސްކޮޑް އުފެއްދުމާއި، ސްކޮޑުގެ އަސާސީ ތަމްރީނާއި، ޑޯގް ހޭންޑްލަރުން ހޯދުމާއި ތަމްރީނުކުރުން ފަދަ ދާއިރާތައް ހިމެނެއެވެ. އަދި އެ ދާއިރާތަކަށް އަމާޒުކޮށްގެންތަޖުރިބާކާރުން ސެޝަތައްބޭއްވުމަށް ހަމަޖެހިފައިވެއެވެ. ބައިވެރިންނަށްއަމަލީ ތަޖުރިބާދިނުމުގެ ގޮތުން  ނާސިން ބަންގަލޫރު އިން ވަނީ އަމްރިތުސަރުގެ އަޓާރީގައި ހުންނަސީބީއައިސީގެ ކެނައިން ފެސިލިޓީ "ކަސްޓަމްސް ކޭ9 ސެންޓަރު"ގައި ތަމްރީނުގެ ބައެއް ވެސް އިންތިޒާމްކޮށްފައެވެ. އޭގެތެރޭގައި ބޭސިކް ގްރޫމިންގ، ކެނެލް މެނޭޖްމަންޓް، ސްޕެޝަލައިޒްޑް ސެންޓް ޓްރެއިނިންގ، އޮބިޑެންސް ޓްރެއިނިންގ ފަދަ މައުޟޫޢުތަކަށް ބިނާކޮށް ސެޝަންތައް ތަޖުރިބާކާރުން ނަގާދޭނެއެވެ. މީގެ އިތުރުން މައިސޫރު އަދި އަމްރިތުސަރުގެ ތާރީޙީ އަދި ސަޤާފީ ސިޓީތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ވެސް ބައިވެރިންނަށް ލިބިގެންދާނެއެވެ.

މިދަތުރަކީ އެމްސީއެސްގެ ކެޕޭސިޓީ ބިލްޑިންގގައި އެއްބާރުލުން އިތުރުކުރުމުގެ މަޤްޞަދުގައި 2019 ވަނަ އަހަރުގެ ޖޫން މަހު ބޮޑު ވަޒީރު މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސީ.ބީ.އައި.ސީ އާއި އެމް.ސީ.އެސް އާ ދެމެދު ސޮއިކުރެވުނު "އެމްއޯޔޫ އޮން ކޯޕަރޭޝަން އިން ކަސްޓަމްސް ކެޕޭސިޓީ ބިލްޑިންގ" ގެ ދަށުން ހަމަޖެހިފައިވާ ދަތުރެކެވެ.

މި އެމްއޯޔޫގެ ދަށުން 2020 ވަނަ އަހަރު މިހާތަނަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ190 އަށްވުރެގިނަ އޮފިސަރުންއިންޑިއާގައި ތަމްރީނުކުރެވިފައިވެއެވެ. މީގެ އިތުރުން އެމްސީއެސްގެ ގާތްގަނޑަކަށް 90 އޮފިސަރުން ވަނީ ކަސްޓަމައިޒްޑް ވާޗުއަލް ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވެފައެވެ. މީގެ އިތުރުން، އައިޓެކް އިން ޕަރސަން ޓްރެއިނިންގ ޕްރޮގްރާމްތަކުގެ ދަށުން ގިނަ ޢަދަދެއްގެ އެމް.ސީ.އެސް އޮފިސަރުންނަަށް ފައިދާކުރެއެވެ.  މި  އެމްއޯޔޫގެ ދަށުން ކުރިއަށް އޮތްތަނުގައި ކެޕޭސިޓީ ބިލްޑިންގ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މި ދުނިޔޭގައި،ބައިނަލްއަޤްވާމީ ކުށްތަކާއި، މަސްތުވާތަކެތީގެ ވަގުފާރިފަދަގޮންޖެހުންތައް އުފެދި، ހުރިހާ ޤައުމެއްގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުންވެސް، އެ ގޮންޖެހުންތަކާ ދެކޮޅަށް ދެމިތިބުމަށްޓަކައި، އެފަރާތްތަކުގެ ހުނަރުތައް ފުޅާކުރަންޖެހެއެވެ. ސީބީއައިސީ އާއި އެމްސީއެސްއާ ދެމެދު ކުރެވޭ މަސައްކަތްތަކަކީ މި ގޮންޖެހުންތަކުން އަރައިގަތުމަށް އެއްބާރުލުން ދިނުމުގެ ކާމިޔާބު މިސާލެކެވެ.

އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ޕާޓްނަރޝިޕަކީ ޙަޤީޤަތުގައި ވެސް ވަރަށް ފުޅާ ގުޅުމެކެވެ. ތަމްރީނާއި ޤާބިލްކަން އިތުރުކުރުމުގެ ރޮނގުން އެއްބާރުލުން ދިނުމަކީ މި ގުޅުމުގެ މައިގަނޑު ތަނބެވެ. ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި 2500 ދިވެހި ރަޙްމަތްތެރިން އެކި ތަމްރީނުތަކަށް އިންޑިއާއަށް ޒިޔާރަތްކޮށްފައިވާކަމީ މީގެ ހެއްކެކެވެ. އަދި މި އަދަދު ދަނީ މިހާރުވެސް އިތުރުވަމުންނެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް

51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް

16 ނޮވެމްބަރު 2025
ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް

ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް

13 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!

29 އޮކްޓޯބަރު 2025
ސިނގިރޭޓު ވަގަށް އެތެރެ ކުރި މައްސަލާގައި ވަކި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް

ސިނގިރޭޓު ވަގަށް އެތެރެ ކުރި މައްސަލާގައި ވަކި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް

29 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު