Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޯޕަން ޑޭ

ޕޯޓު ދާއިރާއަށް ޝައުގުވެރިކުރުމަށް އޯޕަން ޑޭ އެއް ބާއްވަނީ

6 އޮކްޓޯބަރު 2023 | ހުކުރު 10:28

އޯޕަން ޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވާ ހޮނިހިރު ދުވަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 އޮކްޓޯބަރު 2023 | ހުކުރު 10:28
ޕޯޓު ދާއިރާއަށް ޝައުގުވެރި ކުރުމަށް އޯޕަން ޑޭ

ޕޯޓު ދާއިރާއަށް ޝައުގުވެރި ކުރުމަށް އޯޕަން ޑޭ

ޕޯޓު ޚިދުމަތުގެ ދާއިރާއަށް ސްކޫލް ދަރިވަރުން ޝައުގުވެރިކުރުމަށް "ޕޯޓް އޯޕަން ޑޭ"އެއް ބޭއްވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.

ޕޯޓް އޯޕަން ޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވާ ހޮނިހިރު ދުވަހުއެވެ. ދެ ދަންފަޅިއަކަށް ހަރަކާތްތައް ކުރިއަށްގެންދާއިރު، ހެނދުނު ދަންފަޅި ކުރިއަށްދާނީ 08:30ން 12:45 އަށެވެ. އަދި މެންދުރު ދަންފަޅި ކުރިއަށްދާނީ 12:00ން 16:15 އަށެވެ.

Advertisement - newsAdvertisement

ކޮންމެ ދަންފަޅިއެއްގައި 80 ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުޞަތު ދޭނެކަމަށް އެމްޕީއެލްއިން ބުނެއެވެ. މި ހަރަކާތުގައި އަންހެން އަދި ފިރިހެންކުދިންނަށްވެސް ބައިވެރިވެވޭނެއެވެ.

މި ހަރަކާތުގައި ބައިވެރިވެވޭނީ އުމުރުން 13 އަހަރާއި 18 އަހަރާއި ދެމެދުގެ ދަރިވަރުންނަށެވެ. މިހާރު ވަނީ މި އޯޕަން ޑޭގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް، ރެޖިސްޓަރވުމުގެ ފުރުޞަތު ހުޅުވާލާފައެވެ. ރެޖިސްޓަރވުމަށް، ސޯޝަލް މީޑިއާގައި ހިމަނާފައިވާ ޕޯސްޓަރުތަކުގައިވާ ކިއުއާރް ކޯޑް ސްކޭންކުރުމުން ރެޖިސްޓްރީ ފޯމް ފެންނާނެއެވެ.

އެމްޕީއެލުން ބުނީ މި އޯޕަން ޑޭގައި މާލެ ވިޔަފާރި ބަނދަރުގެ މަސައްކަތް ދައްކާލުމަށް ޓުއަރއެއް ބޭއްވުމާއި، ސަލާމަތާއި ރައްކާތެރިކަމަށް ކުރާ މަސައްކަތްތައް ދައްކާލުމަށް ސެކިއުރިޓީ ޑްރިލްއެއް ބޭއްވުން ހިމެނެއެވެ. އަދި ޕޯޓުގައި ބޭނުންކުރާ ވަސީލަތްތަކާއި ގުޅޭ މަޢުލޫމާތު ހޯދާ ކަންކަން ތަޖުރިބާކުރުމުގެ ފުރުޞަތު ދިނުންވެސް ހިމެނެއެވެ.

ޕޯޓުގެ މަސައްކަތްތަކުގެ ދާއިރާއިން ހުރި ތަޢުލީމީ ފުރުޞަތުތައް ދަރިވަރުންނަށް ކިޔައިދީ، މަޢުލޫމާތު ދިނުމުގެ ސެޝަންތައްވެސް މި ހަރަކާތުގެ ތެރޭގައި ކުރިއަށްދާނެއެވެ.

މި އޯޕަން ޑޭގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން، ގުރުއަތުން ހޮވޭ 3 ދަރިވަރަކަށް ލެޕްޓޮޕެއް ހަދިޔާއެއްގެ ގޮތުގައި ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތަކީ ޕޯޓުގެ ހިންގުމުގެ ދާއިރާގެ ކަންކަން ކިޔައިދީ، މި ދާއިރާއިން ފަންނީ މީހުން ބިނާކުރުމަށް ޝައުގުވެރިކަން އުފެއްދުމަށް އެމް.ޕީ.އެލް އިން ހިންގަން ނިންމާފައިވާ ޕްރޮގްރާމެކެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!
24 ޖުލައި 2022

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް މިއަހަރު ނިމޭއިރު ނުވަތަ އަންނަ އަހަރު ކުރީކޮޅު ދޭން ފެށޭނެ – ޝަރީފް

24 ޖުލައި 2022
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް މިއަހަރު ނިމޭއިރު ނުވަތަ އަންނަ އަހަރު ކުރީކޮޅު ދޭން ފެށޭނެ – ޝަރީފް
16 ޖޫން 2022

ވިޔަފާރި ބަނދަރު ބަދަލުކުރަން ގުޅީފަޅު ހިއްކުމަށް، 101 މިލިއަން ޔޫރޯގެ ފައިނޭންސިންގ ފެސިލިޓީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

16 ޖޫން 2022
ވިޔަފާރި ބަނދަރު ބަދަލުކުރަން ގުޅީފަޅު ހިއްކުމަށް، 101 މިލިއަން ޔޫރޯގެ ފައިނޭންސިންގ ފެސިލިޓީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
29 ޖެނުއަރީ 2022

ދެ ޕޯޓުގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ ތެރޭގައި ހުޅުވޭނެ: އާޒިމް

29 ޖެނުއަރީ 2022
ދެ ޕޯޓުގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ ތެރޭގައި ހުޅުވޭނެ: އާޒިމް
31 ޑިސެމްބަރު 2021

އެމްޕީއެލްގެ "ޕޯޓް ސޭފްޓީ ވީކް ރަން" ކާމިޔާބުކަމާއެކު ނިންމާލައިފި

31 ޑިސެމްބަރު 2021
އެމްޕީއެލްގެ "ޕޯޓް ސޭފްޓީ ވީކް ރަން" ކާމިޔާބުކަމާއެކު ނިންމާލައިފި
30 ޑިސެމްބަރު 2021

އެމްޕީއެލްގެ "ޕޯޓް ސޭފްޓީ ވީކް ރަން" ހުކުރު ދުވަހު

30 ޑިސެމްބަރު 2021
އެމްޕީއެލްގެ "ޕޯޓް ސޭފްޓީ ވީކް ރަން" ހުކުރު ދުވަހު
21 ޑިސެމްބަރު 2021

ނޯތު ހާބަރާއި ޓީޖެޓީގެ މައްސަލައިގައި ނަރީޝް ހެއްދެވީ ދޮގު!

21 ޑިސެމްބަރު 2021
ނޯތު ހާބަރާއި ޓީޖެޓީގެ މައްސަލައިގައި ނަރީޝް ހެއްދެވީ ދޮގު!
21 ޑިސެމްބަރު 2021

ޓީޖެޓީ ހޯދަން ކޯޓަށް ދާނެކަމުގެ އިންޒާރު ސިޓީކައުންސިލުން ދީފި

21 ޑިސެމްބަރު 2021
ޓީޖެޓީ ހޯދަން ކޯޓަށް ދާނެކަމުގެ އިންޒާރު ސިޓީކައުންސިލުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް