Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕޯޓް ސޭފްޓީ ވީކް ރަން

އެމްޕީއެލްގެ "ޕޯޓް ސޭފްޓީ ވީކް ރަން" ކާމިޔާބުކަމާއެކު ނިންމާލައިފި

މި ދުވުމުގައި 100ށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 31 ޑިސެމްބަރު 2021 | ހުކުރު 11:46
އެމްޕީއެލުން ކުރިޔަށް ގެންދިޔަ ޕޯޓް ސޭފްޓީ ވީކް ރަންގެ ތެރެއިން

އެމްޕީއެލުން ކުރިޔަށް ގެންދިޔަ ޕޯޓް ސޭފްޓީ ވީކް ރަންގެ ތެރެއިން

މޯ‎ލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ކުރިޔަށް ގެންދިޔަ ސޭފްޓީ ވީކްގެ އެންމެ ފަހު ހަރަކާތް "ޕޯޓް ސޭފްޓީ ވީކް ރަން" ކާމިޔާބުކަމާއިއެކު ނިންމާލައިފި.

ހުކުރު ދުވަހުގެ ހެނދުނު ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލް އިން ފެށި ދުވުމުގައި 100ށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، ދުވުމުގައި އަންހެން ކެޓެގަރީ އަދި ފިރިހެން ކެޓަގެރީން އެއްވަނަ ދެވަނަ އަދި ތިންވަނަޔަށް ހޮވުނު ފަރާތްތަކަށް ވަނީ ފައިސާގެ އިނާމު ދީފައެވެ. އެގޮތުން އެއްވަނައަށް 2500 ރުފިޔާ، ދެވަނަޔަށް 1500 ރުފިޔާ އަދި ތިން ވަނައަށް 500 ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.

ފިރިހެން ކެޓަގެރީއިން އެއްވަނައަށް ދިޔައީ، ހުސައިން ރިޒާއެވެ. ދެވަނައަށް އާބިދް ދިޔައިރު ތިންވަނަޔަށް ދިޔައީ ފަރްހާދުއެވެ. އަދި މި ބައިވެރިންނަށް އިނާމު ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއެވެ.

އަންހެން ކެޓެގެރީން ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ޗެއަރމަން ކެޕްޓަން މުހައްމަދު ޝަރީފުއެވެ. އަންހެން ކެޓަގަރީން އެއްވަނައަށް ޝަމްހާ ދިޔައިރު ދެވަނައަށް ދިޔައީ ހުސްނާ މުހައްމަދެވެ. އަދި ތިން ވަނައަށް ދިޔައީ ނަޝީދާ އަލީއެވެ.

މީގެއިތުރުން ދުވުމުގައި ޖާޒީ ވިއްކައިގެން ލިބުނު ފައިސާ ވަނީ ‎ކުޑަކުދިންގެ ހައްގުތަށް ހިމާޔަތްކުރަން މަސައްކަތް ކުރާ ޖަމިއްޔާ (އާކް)ށް ހަދިޔާކޮށްފައެވެ. އެގޮތުން، 23،700 ރުފިޔާ އާކް އާއި ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ޗީފް ފައިނޭންޝިއަލް އޮފިސަރ މުހައްމަދު މުއިއްޒުއެވެ.

‎އެމްޕީއެލުން އިސްނަގައިގެން އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީއަށް އާންމުން ހޭލުންތެރިކުރުމަށް ހަފްތާއެއް ހާއްސަކުރުމުގެ ބޭނުމަކީ، ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ސަގާފަތެއް ބޭނުންކުރުމެވެ. އަދި، ކުރިޔަށް އޮތް ތަނުގައި މިޔަށް ވުރެން ފުޅާކޮށް މިކަންތައް ކުރިޔަށް ގެންދިއުމަށް އެމްޕީއެލުން ވަނީ ރާވާފައެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ބާޒާރު މަތީ މަގު ފުޅާ ކުރަން މަސް ދޯނިތަކާއި ބޯޓު ފަހަރުތައް ނަގަން އަންގައިފި

15 ޑިސެމްބަރު 2025
ބާޒާރު މަތީ މަގު ފުޅާ ކުރަން މަސް ދޯނިތަކާއި ބޯޓު ފަހަރުތައް ނަގަން އަންގައިފި
28 އޮކްޓޯބަރު 2025

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!
06 އޮކްޓޯބަރު 2023

ޕޯޓު ދާއިރާއަށް ޝައުގުވެރިކުރުމަށް އޯޕަން ޑޭ އެއް ބާއްވަނީ

06 އޮކްޓޯބަރު 2023
ޕޯޓު ދާއިރާއަށް ޝައުގުވެރިކުރުމަށް އޯޕަން ޑޭ އެއް ބާއްވަނީ
24 ޖުލައި 2022

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް މިއަހަރު ނިމޭއިރު ނުވަތަ އަންނަ އަހަރު ކުރީކޮޅު ދޭން ފެށޭނެ – ޝަރީފް

24 ޖުލައި 2022
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް މިއަހަރު ނިމޭއިރު ނުވަތަ އަންނަ އަހަރު ކުރީކޮޅު ދޭން ފެށޭނެ – ޝަރީފް
16 ޖޫން 2022

ވިޔަފާރި ބަނދަރު ބަދަލުކުރަން ގުޅީފަޅު ހިއްކުމަށް، 101 މިލިއަން ޔޫރޯގެ ފައިނޭންސިންގ ފެސިލިޓީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

16 ޖޫން 2022
ވިޔަފާރި ބަނދަރު ބަދަލުކުރަން ގުޅީފަޅު ހިއްކުމަށް، 101 މިލިއަން ޔޫރޯގެ ފައިނޭންސިންގ ފެސިލިޓީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު