Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓީޖެޓީގެ މައްސަލަ

ނޯތު ހާބަރާއި ޓީޖެޓީގެ މައްސަލައިގައި ނަރީޝް ހެއްދެވީ ދޮގު!

އެމްޕީއެލްއާ ކުރި މަޝްވަރާގައި ބަނދަރު ހަވާލުކުރާނެކަމަށް ނުބުނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2021 | އަންގާރަ 09:05
ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް

ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް

ޓީ ޖެޓީއާއި ނޯތް ހާބަރަކީ އެމްޕީއެލްއަށް މުހިންމު ތަނެއް ނޫންކަމަށް އެ ކުންފުނިން ބުނެފައިވާކަމަށް ބުނެ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ދޮގުހައްދަވައިފިއެވެ.

ހޯމަ ދުވަހު ޓީޖެޓީ ހަވާލުކުރުމަށް އެމްޕީއެލްއަށް ދިން ނޯޓިސްގެ މުއްދަތު ހަމަވެފައިވަނިކޮށް، ނަރީޝް ހިމެނޭހެން ސިޓީ ކައުންސިލްގެ މެންބަރުތަކެއް ވަނީ ޓީޖެޓީއަށް ވަދެފައެވެ. ނޫސްވެރިންނާ ބައްދަލުކުރައްވައި ނަރީޝް ވިދާޅުވީ މީގެ ކުރިން އެމްޕީއެލްގެ އިސްވެރިންނާ މިކަމާ ގުޅިގެން ވާހަކަ ދައްކައި މަޝްވަރާ ކޮށްފައިވާ ކަމަށާއި، އޭރު އެފަރާތްތަކުން ބުނީ، އެމްޕީއެލް އިން ބޮޑަށް ފޯކަސް ކުރަން ބޭނުންވަނީ، މާލޭގެ މެއިން ހާބަރ (ވިޔަފާރި ބަނދަރު) އަށް ކަމަށެވެ. އަދި ޓީ ޖެޓީ އާއި ނޯތް ހާބަރަކީ، އެހާ މުހިއްމު ތަނެއްނޫން ކަމަށް ވެސް އޭރު އެފަރާތްތަކުން ބުނި ކަމަށާއި، އަދި އެދުވަހު އެމްޕީއެލްގެ އިސްވެރިން، ޓީ ޖެޓީ އާއި ނޯތް ހާބަރާ ހަވާލުވާން ސިޓީ ކައުންސިލްގައި އެދުނު ކަމަށެވެ.

މިކަމާ ގުޅިގެން އެމްޕީއެލްއިން ބުނީ މިއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި އެ ކުންފުނިން އެއްވެސް އިރެއްގައި ޓީޖެޓީ އާއި ނޯތް ހާބަރަކީ މުހިންމު ނޫން ތަނެއްގެ ގޮތުގައި ބުނެފައެއް ނޯންނާނެ ކަމަށާއި، (ނޯތް ހާރބަރާއި ޓީޖެޓީ) ދެތަނުން ދޭ ޚިދުމަތަކީ ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން އަންނަ ދޯނިފަހަރާއި ރިސޯޓުތަކުންނާއި އެހެނިހެން ބޭނުންތަކަށް އަންނަ ފަރާތްތައް ބޭނުންކުރަމުން އަންނަ މުހިންމު ދެތަން ކަމަށެވެ. އެ ދެތަނުން ރަނގަޅު ފެންވަރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެ ކުންފުނިން ކުރަމުން އަންނަ ކަމަށާއި، އެއީ މުހިންމު ނޫންތަނެކޭ ބުނެ އެއްވެސް މުއާމަލާތެއް މާލޭ ސިޓީ ކައުންސިލާ ކޮށްފައި ނުވާނެ ކަމަށެވެ.

އެމްޕީއެލްއިން ބުނީ ޓީޖެޓީގެ މައްސަލައިގައި ސިޓީ ކައުންސިލުން އެމްޕީއެލްގެ އިސްވެރިންނާ ބައްދަލުކުރަން ކުރިން އެދުނު ކަމަށާއި، އެ ބައްދަލުވުމުގެ ކުރިން ސިޓީ ކައުންސިލްގެ ހުރި ކަންބޮޑުވުންތައް ސިޓީއަކުން ހިއްސާކޮށްދިނުމަށް އެދުނު ކަމަށެވެ. އަދި އެފަހުން ސިޓީ ކައުންސިލްގެ މެންބަރުންނާ ބައްދަލުކޮށްފައިވާނެ ކަމަށާއި، އެމްޕީއެލްއިން ބަލަހައްޓަމުން އަންނަ އެއްވެސް ބަނދަރެއް މުހިންމު ނުވެގެން އެވާހަކަ ދައްކާފައި ނުވާނެ ކަމަށެވެ.

މީގެ ކުރިން އެމްޕީއެލް އިން ބުނެފައިވަނީ އެ ކުންފުނީގެ ބެލުމުގެ ދަށުގައި އޮތް ޓީޖެޓީ އެކުންފުނީގެ އަތުން އަތުލެވޭނީ ހަމައެކަނި ހައުސިން މިނިސްޓްރީއަށް ކަމަށެވެ. އެމްޕީއެލްއިން ބުނީ އެ ކުންފުންޏާ ޓީޖެޓީ ހަވާލުކޮށްފައިވަނީ އެމްއޯޔޫއެއްގައި ސޮއިކޮށް 2015 ވަނަ އަހަރު ހައުސިންގ މިނިސްޓްރީން ކަމަށެވެ. އެތަން އެމްޕީއެލްގެ އަތުން ނެގުމުގެ ބާރު އޮންނާނީ ހައުސިންގ މިނިސްޓްރީއަށް ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.

އަދި ހައުސިން މިނިސްޓްރީއާއި އެމްޕީއެލްއާ ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫގެ މުއްދަތު ހަމަވެފައިވާކަމަށް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން އެކުންފުނިން ބުނީ އެ ދެ ފަރާތުން ސޮއިކޮށްފައިވާ އެމްއޯޔޫގައި އެއްވެސް މުއްދަތެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 30 ވަނަ ޖަލްސާގައި ވަނީ ޓީޖެޓީ މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ދީފައިވާ 90 ދުވަހުގެ މުއްދަތު ހަމަވުމުން، އެ މުއްދަތުގެ ތެރޭގައި އެތަން މާލެ ސިޓީ ކައުންސިލާ ހަވާލުނުކޮށްފިނަމަ ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ފާސްކޮށްފައެވެ. ޓީޖެޓީ ހުސްކުރުމަށް މާލޭ ސިޓީ ކައުންސިލުން އެމްޕީއެލްއަށް ދީފައިވާ 90 ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ އާދިއްތަ ދުވަހަށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މި މުއްދަތު ހަމަވުމުން މާލޭ ސިޓީ ކައުންސިލުން އެތަނާ ހަވާލުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ހުށަހަޅާފައިވަނީ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝްއެވެ. ޓީޖެޓީ ބެލެހެއްޓުމަށް އެމްޕީއެލްއާ ހަވާލުކޮށްފައިވަނީ މިހާރުގެ މޭޔަރ ޑރ. މުއިއްޒު ހައުސިން މިނިސްޓަރ ކަމުގައި ހުންނެވި އިރު 2015 ވަނަ އަހަރުގެ މާޗް 12 ގައެވެ. މިފަހަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރ ޑރ. މުއިއްޒު ވަނީ އެތަން އަނބުރާ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުމަށް އެތައް ފަހަރެއްގެ މަތިން ސަރުކާރުގައި އެދިފައިވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެތަން ސިޓީ ކައުންސިލާ ހަވާލުކޮށްފައިނުވާކަމަށެވެ.

އެމްޕީއެލްމޯލްޑިވްސް ޕޯޓްސް ލިމިޓެޑްމާލޭ ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު