Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓީޖެޓީގެ މައްސަލަ

ޓީޖެޓީ ހޯދަން ކޯޓަށް ދާނެކަމުގެ އިންޒާރު ސިޓީކައުންސިލުން ދީފި

އެމްޕީއެލްއިން ބަނދަރު ހިންގުން ތާއިދުކުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 ޑިސެމްބަރު 2021 | އަންގާރަ 07:50
ޓީޖެޓީ އާއި ހަވާލުވާން މާލެ ސިޓީ ކައުންސިލްގެ މެންބަރުން އެތަނަށް ގޮސް

ޓީޖެޓީ އާއި ހަވާލުވާން މާލެ ސިޓީ ކައުންސިލްގެ މެންބަރުން އެތަނަށް ގޮސް

ޓީޖެޓީ ހޯދަން ސިޓީ ކައުންސިލުން ދީފައިވާ މުއްދަތު ހަމަވިފަހުން ވެސް އެތަން ހަވާލުކޮށްފައި ނުވާތީ، އެ މައްސަލައިގައި ކޯޓަށް ދާނެކަމުގެ އިންޒާރު މާލެ ސިޓީ ކައުންސިލުން ދީފިއެވެ.

މާލެ ސިޓީ ކައުންސިލުން މިގޮތަށް އިންޒާރު ދީފައިވަނީ އެމްޕީއެލްގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ޓީޖެޓީ ކައުންސިލާ ހަވާލުނުކުރުމުން، އެކަމާ ގުޅިގެން މީޑިއާތަކާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝްއެވެ.

Advertisement - newsAdvertisement

ކުރީގެ ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވާފައިވާ އެއްބަސްވުމެއްގެ ދަށުން ޓީޖެޓީ އޭރު ސިޓީ ކައުންސިލާ ހިންގަން ހަވާލުކުރުމުގެ ބަދަލުގައި އެމްޕީއެލްއަށް ދީފައިވަނީ މުއްދަތެއް ނެތްގޮތަށެވެ. ނަމަވެސް އައު ސިޓީ ކައުންސިލުން ބޭނުންވަނީ ލާމަރުކަޒީ ގާނޫނުގެ ތެރެއިން މާލޭގެ އިހްތިސާސްގެ ތެރޭގައި ހިމެނޭތީ ޓީޖެޓީ އަތުލުމަށެވެ.

އެމްޕީއެލްއަށް ސިޓީ ކައުންސިލުން 90 ދުވަހު ނޯޓިސްއެއް ވެސް ދީފައިވެއެވެ. އަދި އެ ނޯޓިސްގެ މުއްދަތު ހަމަވި ފަހުން އިތުރު 7 ދުވަހުގެ ނޯޓިސްއެއް ދީ އެތަން އަތުލުމަށް ހޯމަ ދުވަހު ސިޓީ ކައުންސިލްގެ މެންބަރުން ޓީޖެޓީއަށް ވަޑައިގެންފައިވެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ނަރީޝް ވިދާޅުވީ ޓިޖެޓީއާ ގުޅޭގޮތުން ނިންމަންޖެހޭ ކަމެއް ނިންމަން ޖެހޭނީ ސިޓީ ކައުންސިލްގެ ބަހެއް އޮވެގެން ކަމަށެވެ. އަދި ޓީޖެޓީ އެމްޕީއެލްއިން ހިންގުމަށް އިއުތިރާޒެއް ނެތް ކަމަށާއި، އެހެނަމަވެސް މާލެ ސިޓީ ކައުންސިލަށް އަދި މާލޭގެ ރައްޔިތުންނަށް ލިބެންޖެހޭ ބިމުގެ ކުލި ނުލިބުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ނަރީޝް ވިދާޅުވީ އެމްޕީއެލްގެ ވެރިންގެ ގޮތުގައި ތިބި އެއްވެސް ބޭފުޅަކަށް މާލޭ ސިޓީގެ ރައްޔިތުންގެ ހައްގުގައި މާލެ ސިޓީ ކައުންސިލާ ބައްދަލުކުރަން ވަޑައިގަންނަވަން ކެރިވަޑައިނުގެންނެވި ކަމަށާއި، މިވީ 97 ދުވަހުގެ ތެރޭގައި އެމްޕީއެލްއިން ކައުންސިލާ ވާހަކަދައްކާކަށް ވެސް ބޭނުމެއް ނުވި ކަމަށެވެ.

ނަމަވެސް މާލޭގެ ރައްޔިތުންނަށް މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ދޭން ބޭނުންވާ ޔަގީންކަމަކީ އަންނަ ހަފްތާގައި މި މައްސަލައިގައި ކައުންސިލުން ކޯޓަށް ވަންނާނެ ކަމަށެވެ. އަދި ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ޕީޕީއެމްގެ ޖަލްސާއެއް ބޭއްވުމުގެ ހުއްދަ ނުދިން މައްސަލައިގައި ބާތިލް ކުރި އެޗްޑީސީގެ ރަޖިސްޓްރީގެ މައްސަލަ ކޯޓުގައި ކުރިއަށްދާތީ މަޑުކޮށްލައިގެން ތިބިކަމަށް ނަރީޝް ވިދާޅުވިއެވެ.

ޓީޖެޓީ މައްސަލައިގައި އެމްޕީއެލްއިން ބުނެފައިވަނީ އެ މައްސަލައިގައި އެ ކުންފުނީގެ ސްޓޭންޑް ވަރަށް ސާފް ކަމަށާއި ޓީޖެޓީ ހަވާލުކޮށްފައިވަނީ 2015 ވަނަ އަހަރު ހައުސިންގ މިނިސްޓްރީން މުއްދަތެއް ނެތް ގޮތަށް ކަމަށެވެ. އަދި ޓީޖެޓީ އެ ކުންފުނީގެ އަތުން ނެގުމުގެ ބާރު އޮންނާނީ މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ކަމަށެވެ.

އަދި، ތަންފީޒީ އިދާރާއަކުން ނުވަތަ މިނިސްޓްރީން ވަކި ގޮތަކަށް އަމަލުކުރަން އަންގައިފިނަމަ ކުންފުނިން އެގޮތަކަށް އަމަލުކުރާނެ ކަމަށެވެ. އަދި އެމްއޯޔޫގައި އޮތް ގޮތަށް، ކުރިޔެއެކޭ ވެސް އެއްފަދައިން ޓީޖެޓީގައި ދެމުންގެންދާ ޚިދުމަތް ދެމުންގެންދާނެ ކަމަށެވެ.

އެމްޕީއެލްމޯލްޑިވްސް ޕޯޓްސް ލިމިޓެޑްމާލޭ ސިޓީ ކައުންސިލްޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު