Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕޯޓުގެ މަސައްކަތްތައް

ދެ ޕޯޓުގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ ތެރޭގައި ހުޅުވޭނެ: އާޒިމް

އީއައިއޭ އަދި ޑިޒައިންގެ މަސައްކަތް ކުރުމަށް ވަގުތު ނަގާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޖެނުއަރީ 2022 | ހޮނިހިރު 10:47
އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އާދަމް އާޒިމް

އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އާދަމް އާޒިމް

ހދ. ކުޅުދުއްފުއްޓާއި އައްޑޫ ސިޓީ ހިތަދޫގެ ޕޯޓު އަންނަ އަހަރުގެ ތެރޭގައި ހުޅުވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އާޒިމް ވިދާޅުވީ ހިތަދޫ ޕޯޓުގެ އެންވަރަޔަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ)ގެ މަސައްކަތާއި، ޑިޒައިން މަސައްކަތް ކުރުމަށް ޕޯޓް ލިމިޓެޑްއާއެކު ބައްދަލުވުންތަކެއް ބާއްވާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އީއައިއޭ އަދި ޑިޒައިންގެ މަސައްކަތް ކުރުމަށް ވަގުތު ނަގާނެ ކަމަށާއި، އެމަސައްކަތްތައް ކުރިއަށް ގެންދަނީ ވަރަށް ގިނަ ގޮތްގޮތަށް ބެލުމަށްފަހު ކަމަށެވެ. އާއްމު ގޮތެއްގައި އީއައިއޭ މަސައްކަތަށް ތިނެއް ނުވަތަ ހަމަސް ނަގާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ހިތަދޫގައި ގާއިމުކުރި އިންޓަނޭޝަނަލް ބަނދަރަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ, ރަނގަޅަށް އީއައިއޭ ނުހަދައި މަސައްކަތް އަވަހަށް ނިންމުމުގެ ނަތީޖާ ވަރަށް ހިތި ކަމަށާއި، އެބަނދަރުގެ ބޭނުން ނުހިފޭ ކަމަށެވެ. އެ ބަނދަރުން ބޯޓު ފަހަރަށާއި، އާއްމުންނަށް ވަނީ ގެއްލުން ކަމަށް އާޒިމް ވިދާޅުވިއެވެ.

ކުޅުދުއްފުށި ޕޯޓަށް އިޝާރަތް ކުރައްވައި އާޒިމް ވިދާޅުވީ, ޕޯޓު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްކުރުމަށް ސޮއިކޮށްފައިވާއިރު، އީއައިއޭގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އިންޓަނޭޝަނަލް ޕޯޓުތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ވަރަށް ފުރިހަމައަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން އަންނަ އަހަރުގެ ތެރޭގައި ދެ ޕޯޓު މަސައްކަތް ނިންމައި ހުޅުވާނެ ކަމަށް އުންމީދުކުރާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ކުޅުދުއްފުށި ރީޖަނަލް ޕޯޓުގެ ރި-ޑިވެލޮޕްމަންޓް މަޝްރޫއުގެ ދަށުން، ފަޅު ފުންކުރުމާއި އައު މަގަތު ފާލަމެއް ހެދުމުގެ އިތުރުން ރިވެޓްމަންޓް ޖެހުމާއި ނެރުބައްތި ޖެހުން ހިމެނެއެވެ. މީގެއިތުރުން، އޮފީސް އިމާރާތެއް އެޅުމާއި ވޯރކްޝޮޕް އިމާރާތެއް އެޅުން ހިމެނެއެވެ. އެމްޓީސީސީއަށް ކުޅުދުއްފުށީ ރީޖަނަލް ޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 138.9 މިލިއަން ރުފިޔާއަށެވެ. މަސައްކަތް ނިންމުމަށް ހަވާލު ކޮށްފައިވަނީ، 495 ދުވަހުގެތެރޭގައެވެ.

ކުޅުދުއްފުއްޓާއި އައްޑޫ ސިޓީ ހިތަދޫގެ ޕޯޓު ތަރައްގީކުރުމަށް 200 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެއެވެ. މާލޭގެ އިތުރުން ކުޅުދުއްފުށި ޕޯޓާއި، އައްޑޫ ހިތަދޫ ޕޯޓަކީ ބޭރުގެ ބައެއް ބޯޓުތަކުން ވެސް މުދަލާއެކު ލަފާ ޕޯޓުތަކެކެވެ. 

އާދަމް ޢާޒިމްމޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
15 ނޮވެމްބަރު 2025

ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް

15 ނޮވެމްބަރު 2025
ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް
15 ނޮވެމްބަރު 2025

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް

15 ނޮވެމްބަރު 2025
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު