Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕޯޓް ސޭފްޓީ ވީކް ރަން

އެމްޕީއެލްގެ "ޕޯޓް ސޭފްޓީ ވީކް ރަން" ހުކުރު ދުވަހު

ޖާޒީ ވިއްކައިގެން ލިބޭ ހުރިހާ ފައިސާ، ކުޑަކުދިންގެ ހައްގުތަށް ހިމާޔަތްކުރަން މަސައްކަތް ކުރާ ޖަމިއްޔާ (އާކް)ށް ހަދިޔާކުރުމަށް ވަނީ ނިމްމާފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2021 | ބުރާސްފަތި 14:48
އެމްޕީއެލްގެ ޕޯޓް ސޭފްޓީވީކް ރަންގެ ޖާޒީ ނައިބު ރައީސް ފައިސަލް ނަސީމަށް ހަދިޔާ ކުރެއްވުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން

އެމްޕީއެލްގެ ޕޯޓް ސޭފްޓީވީކް ރަންގެ ޖާޒީ ނައިބު ރައީސް ފައިސަލް ނަސީމަށް ހަދިޔާ ކުރެއްވުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ކުރިޔަށް ގެންދާ ސޭފްޓީ ވީކްގެ އެންމެ ފަހު ހަރަކާތް " ޕޯޓް ސޭފްޓީ ވީކް ރަން" ހުކުރު ދުވަހު ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލް ސަރަހައްދުގައި ކުރިޔަށްދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ހުކުރު ދުވަހު ހެނދުނު 6:30ގައި ހުޅުމާލެ ޕޯޓު ސަރަހައްދުގައި ފަށާ މި ދުވުމުގައި މިހާތަނަށް 300ށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. އަދި، އެކި ވުޒާރާތަކުގެ ވަޒީރުންނާއި، މުއައްސަސާތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންވެސް ދުވުމުގައި ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ. ފަސް ކިލޯމީޓަރުގެ މި ދުވުމުގައި ވަނަވަނަޔަށް ހޮވޭ ފަރާތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން، އެއްވަނައަށް ހޮވޭ ފަރާތަކަށް 2500 ރުފިޔާ، ދެވަނަޔަށް 1500 ރުފިޔާ އަދި ތިން ވަނަޔަށް ހޮވޭ ފަރާތަކަށް 500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ދުވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާޒީ ވިއްކައިގެން ލިބޭ ހުރިހާ ފައިސާ، ކުޑަކުދިންގެ ހައްގުތަށް ހިމާޔަތްކުރަން މަސައްކަތް ކުރާ ޖަމިއްޔާ (އާކް)ށް ހަދިޔާކުރުމަށް ވަނީ ނިމްމާފައެވެ.

އެމްޕީއެލްއިން އިސްނަގައިގެން އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީއަށް އާންމުން ހޭލުންތެރިކުރުމަށް ހަފްތާއެއް ހާއްސަކުރުމުގެ ބޭނުމަކީ، ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ސަގާފަތެއް ބޭނުންކުރުމެވެ. އަދި، ކުރިޔަށް އޮތް ތަނުގައި މިޔަށް ވުރެން ފުޅާ ކޮށް މިކަންތައް ކުރިޔަށް ގެންދިއުމަށް އެމްޕީއެލުން ވަނީ ރާވާފައެވެ.

ދުވުން ޕްރޮމޯޓްކުރުމުގެ ގޮތުން އެމްޕީއެލްއިން ވަނީ ބުރާސްފަތި ދުވަހު ހެނދުނު ނައިބު ރައީސް ފައިސަލް ނަސީމަށް ދުވުމުގެ ޖޯޒީ ހަދިޔާކޮށްފައެވެ. މީގެއިތުރުން، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއަށާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއަށްވެސް ވަނީ ޖާރޒީ ހަވާލުކޮށްފައެވެ.

އެމްޕީއެލްގެ ފަރާތުން ޖާރޒީ ހަވާލުކޮށްދެއްވީ ސީއީއޯ ޝާހިދު އަލީ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ބާޒާރު މަތީ މަގު ފުޅާ ކުރަން މަސް ދޯނިތަކާއި ބޯޓު ފަހަރުތައް ނަގަން އަންގައިފި

ބާޒާރު މަތީ މަގު ފުޅާ ކުރަން މަސް ދޯނިތަކާއި ބޯޓު ފަހަރުތައް ނަގަން އަންގައިފި

15 ޑިސެމްބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025
ޕޯޓު ދާއިރާއަށް ޝައުގުވެރިކުރުމަށް އޯޕަން ޑޭ އެއް ބާއްވަނީ

ޕޯޓު ދާއިރާއަށް ޝައުގުވެރިކުރުމަށް އޯޕަން ޑޭ އެއް ބާއްވަނީ

06 އޮކްޓޯބަރު 2023
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް މިއަހަރު ނިމޭއިރު ނުވަތަ އަންނަ އަހަރު ކުރީކޮޅު ދޭން ފެށޭނެ – ޝަރީފް

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް މިއަހަރު ނިމޭއިރު ނުވަތަ އަންނަ އަހަރު ކުރީކޮޅު ދޭން ފެށޭނެ – ޝަރީފް

24 ޖުލައި 2022
ވިޔަފާރި ބަނދަރު ބަދަލުކުރަން ގުޅީފަޅު ހިއްކުމަށް، 101 މިލިއަން ޔޫރޯގެ ފައިނޭންސިންގ ފެސިލިޓީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ވިޔަފާރި ބަނދަރު ބަދަލުކުރަން ގުޅީފަޅު ހިއްކުމަށް، 101 މިލިއަން ޔޫރޯގެ ފައިނޭންސިންގ ފެސިލިޓީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

16 ޖޫން 2022

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު