Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް އިބްރާހީމް މުހައްމަދު ސާލިހު

އެންމެ ހިނިތުންވުމަކުން ލައްކަ ވާހަކަތަކެއް

އެއްވެސް ޒާތީ ހަސަދަވެރިކަމެއް ނުބާއްވަވާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2023 | ބުދަ 02:13
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ރައީސް އޮފީހުގައި ބައެއް ނޫސްވެރިންނާއެކު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ރައީސް އޮފީހުގައި ބައެއް ނޫސްވެރިންނާއެކު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހޯމަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވިއެވެ. އެ ބައްދަލުވުމުގައި އެކި ކަންތައްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ނޫސްވެރިންނަށް އެމީހުން ބޭނުން ސުވާލެއް ކުރަން ވަގުތު ދެއްވިއެވެ. އަދި އެ ސުވާލުތަކަށް ޖަވާބު ވެސް ދެއްވިއެވެ. ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ރައީސް ވަނީ ނޫސްވެރިންނާއި ސަލާމް ކުރައްވާފައެވެ. އަމިއްލަފުޅަށް ވަޑައިގެން އެތަނުގައި ތިއްބެވި ހުރިހާ ނޫސްވެރިންނާއި ރައީސް ސަލާމް ކުރެއްވިއެވެ.

މިއީ ރައީސްގެ ފަރާތްޕުޅުން އަބަދުވެސް ފެންނަ މަންޒަރަކަށްވުމުން އެއީ އައު ކަމަކަށް ނުވިއެވެ. އެހެންނަމަވެސް ހައިރާންކަން ލިބި ކަޅި ހުއްޓުނީ އެންމެ ސަބަބަކަށްޓަކައެވެ. ޚާއްސަކޮށް ރިޔާސީ އިންތިޚާބާ ދިމާކޮށް، ބައެއް ނޫސްތަކުން ރައީސްގެ އަބުރުފުޅު ކަތިލެއްވުމަށްޓަކައި މަސައްކަތް ކުރިއިރު ވެސް ރައީސްގެ ހިތްޕުޅުގައި އެއްވެސް ބުރަކަމެއް ނުބާއްވަވާ އެންމެންނާއި ވެސް ސަލާމް ކުރައްވަމުން ގެންދެވީ، ނުހަނު މަޑުމައިތިރިކަމާއެކުގައެވެ. މޫނުފުޅުން ރުޅިވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ފެންނާކަށް ނެތެވެ. ނުވަތަ ރުޅި އިސްކުރައްވާ އެއްވެސް މީހަކާ ދިމާލަށް ހިތަށް އެރި އެއްޗެއް ނުގޮވައެވެ. ނޫނީ ރައީސްއާމެދު ދޮގު ޚަބަރު ފަތުރާ، ފިތުނަވެރި ދޮގު ހެދުމުން ވެސް ބާކީކޮށް ނުލައްވައެވެ.

މިފަދަ ދޮގުތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވުނު ކަމަކީ އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް 7000 ރުފިޔާ ދިނުމާއި 65 އަހަރުވުމުން ލިބޭ އިނާޔަތް 5000 އިން 7000 އަށް ބޮޑުކުރުމާއި އެސްޑީއެފްސީން ކޮވިޑު ތެރޭގައި ދިން ލޯނުތަކުގެ އިންޓަރެސްޓް އެއްކޮށް ކަނޑާލައި ކުރިން އިންޓަރެސްޓު ދެއްކި ފަރާތްތަކަށް އަނބުރާ ފައިސާ ދެއްކުމާއި ކިތަންމެ ވަރަކަށް ބޭނުންކުރިޔަސް ކަރަންޓް ބިލް ބޮޑުނުވާނެ ގޮތަށް ފްލެޓް ރޭޓެއް ކަނޑައަޅުއްވާނެކަމަށް ކެމްޕޭން ޖަލްސާއެއްގައި ރައީސް ވިދާޅުވުމާއި ގުޅިގެން އެކަން ރައީސް އިއުލާން ކުރެއްވީ އިންޑިއާއިން ދަރަންޏަށް ފައިސާ ދޭން އެއްބަސްވުމުން ކަމަށް ބުނެ ރާއްޖޭގެ ނޫހަކުން ޚަބަރު ފެތުރުމުންނެވެ. މިފަދައިން ހެޑްލައިން ޖެހުމުގެ ކުރިން ވެސް އެވާހަކަ ފެންމަތިވުމާއި ގުޅިގެން އިންޑިއާއިން ލޯނުނަގަން އުޅޭކަމަށް ދެކެވޭ ވާހަކައަކީ ދޮގެއްކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ.

ކޮންމެޔަކަސް ކަން މިހެން ހުރިއިރު އެ ދުވަހު ރައީސްގެ އަމަލުފުޅުން ވެސް ހާމަވެގެން ދިޔައީ، މީހަކު ކޮންމެ އެއްޗެއް ކިޔަސް، ކިތަންމެ ވަރަކަށް ދޮގު ޚަބަރު ފަތުރަން މަސައްކަތް ކުރިޔަސް ރައީސް އެމީހަކާ އެއްވެސް ޒާތީ ހަސަދަވެރިކަމެއް ނުބާއްވާކަމެވެ. ރައީސްއާއެކު މަސްކަތްޕުޅު ކުރައްވާ ވަކިވެވަޑައިގަތް ބޭފުޅުންނަށް ވެސް އެދިވަޑައިގަންނަވަނީ ހެޔޮގޮތްކަމަށް ޚުދު ރައީސް ވަނީ ވިދާޅުވެފައެވެ. އެންމެން ވެސް ބުނާފަދައިން އަދި މިހާތަނަށް ފެނިފައި ހުރި މަންޒަރުތަކަށް ބަލާއިރު ރައީސް އަކީ ކެތްތެރި، މަޑުމައިތިރި، ހުލްޤު ހެޔޮ ބޭފުޅެކެވެ. އެހެން ބޭފުޅުންނާއި ހާސް ތަފާތެވެ.

މީގެކުރީގެ ވެރިކަންތަކަށް ބަލާއިރު އަދި އެވެރިކަންތަކުގައި ކެބިނެޓްގައި ތިއްބެވި ބޭފުޅުންނަށް ބަލާއިރު ވެސް މިފަދަ ވާހަކަތައް ފަތުރާ، ސަރުކާރާއި ދެކޮޅު މީހުންނާމެދު ޒާތީ ހަސަދަވެރިކަން ގެންގުޅޭ މަންޒަރުތައް ވަނީ ފެނިގެން ގޮސްފައެވެ. ގިނަ ފަހަރަށް އެމީހަކަށް ނޫސްވެރިންގެ ބައްދަލުވުމުގައި މާގިނަ ސުވާލުތައް ކުރުމުގެ ފުރުސަތު ވެސް ދެވިގެންނެއް ނުދެއެވެ. އެހެންނަމަވެސް މި ސަރުކާރު ފެށުނީއްސުރެން ވި ވައުދު ވަނީ ދަމަހައްޓާފައެވެ. ނޫސްވެރިކަމުގެ މިނިވަން ތަންމިނަށް ދިނެވެ. އަދި އޭގެ ނާޖާއިޒު ފައިދާ ވެސް ބައެއް މީހުން ވަނީ ތަން މިނަށް ނަގާފައެވެ. ރައީސްގެ ހިނިތުންވުމުން ލައްކަ ވާހަކަތަކެއް ހާމަވެގެންދިޔައިރު އެމަނިކުފާނުގެ އަމަލުފުޅުން ދައްކުވައިދެއްވީ ރީވެތި އަޚުލާގެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު