Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ލީގުގައި ޗެލްސީ އަށް ދެ ވަނަ މޮޅު

މި ސީޒަންގައި ދަށް ނަތީޖާއެއް ލިބެމުން އަންނަ ޗެލްސީން، ފުލަމްގެ ދަނޑުގައި ކުޅުނު މެޗު ކާމިޔާބު ކުރީ 2-0 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 އޮކްޓޯބަރު 2023 | އަންގާރަ 11:05
ޕްރިމިއާ ލީގުގައި ޗެލްސީން ކުޅުނު މެޗުގެ ތެރެއިން

ޕްރިމިއާ ލީގުގައި ޗެލްސީން ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވެއްޖެ އެވެ.

މި ސީޒަންގައި ދަށް ނަތީޖާއެއް ލިބެމުން އަންނަ ޗެލްސީން، ފުލަމްގެ ދަނޑުގައި ކުޅުނު މެޗު ކާމިޔާބު ކުރީ 2-0 އިންނެވެ. ލީގުގައި އެންމެ ފަހުން ޗެލްސީ އަށް މޮޅެއް ލިބިފައި ވަނީ ލޫޓަން ޓައުން އަތުންނެވެ. އޭގެ ފަހުން ނޮޓިންހަމް ފޮރެސްޓު އަދި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ ބަލިވެފަ އެވެ. ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީވީ ބައްޔެވެ.

މެޗުގައި ޗެލްސީން އެ ޓީމުގެ ދެ ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ޗެލްސީ އަށް ލީޑު ނަގައިދިނީ މުޑްރިކް އެވެ. އޭނާ އެ ލަނޑު ޖެހީ ލެވީ ކޮލްވިލް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މިއީ ޗެލްސީ އަށް ބަދަލުވި ފަހުން އެ ކުލަބަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑެވެ. އޭގެ ދެ މިނެޓު ފަހުން ޗެލްސީގެ ދެ ވަނަ ލަނޑު ޖެހީ އާރްމަންޑޯ ބްރޯހާ އެވެ.

މިއީ މި ސީޒަންގެ ޕްރިމިއާ ލީގުގައި ޗެލްސީގެ ދެ ވަނަ މޮޅެވެ. މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާއިރު، ތިން މެޗުން ވަނީ ބަލިވެފަ އެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ހަތް މެޗުން އަށް ޕޮއިންޓާއެކު ޗެލްސީ އޮތީ ވެސް 11 ވަނައިގަ އެވެ.

ޕްރިމިއަރ ލީގުޗެލްސީފުލަމް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު