Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީސީސީ

އަވަސް އަރުވާލައިގެން އިންޓަރެސްޓް ބޮޑުކޮށް ބޮންޑު ވިއްކަން އުޅޭ ކަމަށް ބުނެ "ދިޔަރެސް" ގައި ލިޔެފައިވަނީ ދޮގު ޚަބަރެއް: އެމްޓީސީސީ

3 އޮކްޓޯބަރު 2023 | އަންގާރަ 00:36

މިފަދަ ހަޤީގަތާ ޚިލާފު ދޮގު ޚަބަރު ފެތުރުމަކީ ވަރަށް ނާތަހުޒީބީ އަމަލެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 3 އޮކްޓޯބަރު 2023 | އަންގާރަ 00:36
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީޑިއާތަކަށް މައުލޫމާތު ދެއްވުމުގެ ތެރެއިން

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީޑިއާތަކަށް މައުލޫމާތު ދެއްވުމުގެ ތެރެއިން

އަވަސް އަރުވާލައިގެން, އިންޓަރެސްޓް ބޮޑުކޮށް 300 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން އުޅޭ ކަމަށް ބުނެ "ދިޔަރެސް" ނޫހުގައި ޝާއިއުކޮށްފައިވާ ޚަބަރަކީ ހަގީގަތާ ޚިލާފު، ދޮގު ޚަބަރެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ހޯމަ ދުވަހު އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ "ރައްޔިތުންގެ ކުންފުނި" ސްލޯގަންގެ ދަށުން އެ ކުންފުނިން އަބަދުވެސް މަސައްކަތް ކޮށްފައިވާނީ ކުންފުނީގެ މަސްލަހަތު އިސްކޮށް، ދިވެހި ޤައުމާއި މުޖުތަމައަށް ޚިދުމަތް ކުރުމުގެ ރޫހުގައި ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގަޔާއި އެމްޓީސީސީން ހޯދާފައިވާ އިތުބާރާއި ރީތި ނަން ކިލަނބުކޮށް ކުންފުނި ބަދުނާމު ކުރުމުގެ ނިޔަުގައި ބައެއް ފަރާތްތަކުން ހަގީގަތާ ޚިލާފު ދޮގ ޚަބަރު ފަތުރާތީ ހިތާމަ ކުރާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

Advertisement - newsAdvertisement

އިންޓަރެސްޓް ބޮޑުކޮށް، އަވަސް އަރުވާލައިގެން ބޮންޑު ވިއްކުމަށް މަސައްކަތް ކުރާ ކަމަށް ބުނެ ލިޔެފައިވާ ޚަބަރަކީ ރައްޔިތުންގެ ހިތުގައި އެ ކުންފުންޏާއި ކުންފުނީގެ އިސްވެރިން ހޯދާފައިވާ އިތުބާރާއ،ި ލޯބި ފަނޑުކޮށްލުމަށް، ގަސްތުގައި ކޮށްފައިވާ ނާތަހުޒީބީ އަމަލެއްކަމަށް އެމްޓީސީސީން ބުންޏެވެ. އަދި އެ ބޮންޑަކީ ޕްރައިވެޓް އިންވެސްޓަރުންގެ ފަރާތުން ފައިނޭންސް ރެއިސްކުރުމަށް ކުންފުނީގެ މެނޭޖްމަންޓުން މި އަހަރުގެ މާޗު މަހު ވިއްކަން ނިންމި ބޮންޑެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ބޮންޑަކީ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން ރެގިއުލޭޓްކުރާ ފައިނޭންޝަލް އިންސްޓުރުމަންޓެއްކަމުން މިކަމުގެ އިދާރީކަންކަން ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށްފަހު މިހާރު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ "ވިޔަނަ" ޕޯޓަލްގައި ރެޖިސްޓަރކޮށްގެން ބޮންޑުގެ ފުރިހަމަ މައުލޫމާތު ކޮންމެ މީހަކަށް އާންމުކޮށް ފެންނަން ހުންނާނެކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ބުނީ މި ބޮންޑަކީ އެ ކުންފުންޏަށް ލިބިފައިވާ މަޝްރޫއުތައް ހަލުވިކޮށް ކުރިއަށްގެންދިއުމަށް ބޭނުންވާ ވޯކިން ކެޕިޓަލާއި މެޝިނަރީ އަދި މެޓީރިއަލް ހޯދުމުގެ ބޭނުމުގައި ލިސްޓްކޮށްފައިވާ ބޮންޑެއް ކަމަށެވެ. އަދި މިބޮންޑުގެ 9.5 އިންސައްތައިގެ އިންޓަރެސްޓް ރޭޓަކީ މިވަގުތު ރާއްޖޭގެ ކޮމާޝަލް އެވަރެޖް ބޮރޯވިންގ ރޭޓާއި އަޅާބަލާއިރު ބޮޑުތަނުން ކުޑަ ރޭޓެއްކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މި ބޮންޑު ލިސްޓުކުރުމުގެ މަސައްކަތް އެ ކުންފުނިން ފެށީ 15 މާޗުގައެވެ. ބޮންޑު ލިސްޓު ކުރުމުގެ ހުއްދަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ދީފައިވަނީ 20 ސެޕްޓެމްބަރުގައެވެ.

ދެފުށް ފެންނަ މިނިވަން ނޫސްވެރިކަމެއް ރާއްޖޭގައި ކުރިއަށްދާ ޒަމާނެއްގައި ހަގީގަތް އޮޅުވާލުމަށް "ދިޔަރެސް" ނޫހުގައި އެ ކުންފުންޏާއި ކުންފުނީގެ ވެރިން ބަދުނާމުވާގޮތަށް މިފަދަ ހަޤީގަތާ ޚިލާފު ދޮގު ޚަބަރު ފެތުރުމަކީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށް އެމްޓީސީސީން ބުންނެއެވެ. އަދި މިކަން އެ ނޫހުން ކުރަނީ ޒާތީ ތަޢައްސުބް އިސްކޮށް ސިޔާސީ މަންފާއެއް ހޯދުމުގެ ވިސްނުމުގައިކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ވަނީ އެ ކުންފުންޏާއި ކުންފުނީގެ ވެރިން ބަދުނާމު ވާގޮތަށް އަދި އާންމު ރައްޔިތުންގެ މެދުގައި ކުންފުންޏަށް އޮތް އިތުބާރު ގެއްލޭ ގޮތަށް، ހަގީގަތާ ޚިލާފު ދޮގު ޚަބަރު ނުފެތުރުމަށް "ދިޔަރެސް" ނޫހަށް އިލްތިމާސްކޮށްފައެވެ.

އެމްޓީސީސީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
29 ސެޕްޓެމްބަރު 2025

ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި

29 ސެޕްޓެމްބަރު 2025
ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި
26 ސެޕްޓެމްބަރު 2025

317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ސެޕްޓެމްބަރު 2025
317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް