Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗައިނާގެ ހަނދުގެ މިޝަން

ޗައިނާގެ ޖައްވީ އިދާރާއިން ހަނދަށް ކުރަން ހަމަޖެހިފައިވާ ދަތުރުގެ ތަފްސީލުތައް އާންމުކޮށްފި

މި މިޝަނަކީ ދުނިޔޭގެ ގުދުރަތީ ސެޓެލައިޓް (ހަނދު)ން ފިޒިކަލް ސާމްޕަލް ނެގުމަށް ބެއިޖިންގުން ކުރާ ދެވަނަ މަސައްކަތް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2023 | އާދީއްތަ 14:17
ޗައިނާގެ ހަނދުގެ މިޝަން އަލުން ފެށުން

ޗައިނާގެ ހަނދުގެ މިޝަން އަލުން ފެށުން

ޗައިނާގެ ޖައްވީ އިދާރާއިން ކުރިއަށް ރާވާފައިވާ، ހަނދުގެ ދަތުރުގެ ތަފްސީލުތައް އާންމުކޮށްފިއެވެ. ދަތުރުގެ ތަފްސީލު ޗައިނާއިން ޢާއްމުކޮށްފައިވާއިރު، އަންނަ އަހަރުގެ ތެރޭގައި މި ދަތުރު ފަށަން ނިންމާފައިވާކަން ވަނީ އިއުލާނުކޮށްފައެވެ.

ޗަންގް-އީ-6 ގެ ނަމުން ނަން ދީފައިވާ މި މިޝަނަކީ ދުނިޔޭގެ ގުދުރަތީ ސެޓެލައިޓް (ހަނދު)ން ފިޒިކަލް ސާމްޕަލް ނެގުމަށް ބެއިޖިންއިން ކުރާ ދެވަނަ މަސައްކަތެވެ.

ޗައިނާ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން (ސީއެންއެސްއޭ)އިން މިދިޔަ ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ވަނީ މިޝަން ޕްރިވިއުކޮށް، އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތް ދައްކާލާފައެވެ. އަދި އެ ޕްރޮޖެކްޓް ލޯންޗުކުރުން އޮންނާނީ 2024 ވަނަ އަހަރު ކަމަށްވެސް ވަނީ ބުނެފައެވެ.

ޗަންގް-އީ-6 މިޝަން ރޭވިފައިވާ ގޮތަށް ކުރިއަށްދާނަމަ، އެ އުޅަނދު ހަނދުގައި ލޭންޑްކުރާނީ ހަނދުގެ ދުރު ފަރާތުގައި ހުންނަ ސައުތު ޕޯލް-އެއިޓްކެން ބޭސިންގައި ކަމަށާއި، އޭގެ މަސައްކަތަކަށްވާނީ ހަނދާމެދު އިންސާނުންގެ ވިސްނުން އިތުރުކުރުމަށްޓަކައި އެކި ސަރަހައްދުތަކުން ހަނދުގެ ސާމްޕަލްތައް ހޯދުމާއި އެއްކުރުމުގެ މަސައްކަތް ކަމަށް އެ އެޖެންސީން ބުންޏެވެ.

ސީއެންއެސްއޭއިން އިތުރަށް ބުނީ ޗައިނާގެ ހަނދުގެ "ދޭވީ ޗަންގޭ"ގެ ނަމުން ނަންދީފައިވާ މި ޖައްވީ އުޅަނދުގައި ފްރާންސް، އިޓަލީ، ޕާކިސްތާން އަދި ޔޫރަޕިއަން ޔޫނިއަންގެ ޖައްވީ އިދާރާ، އީއެސްއޭއިން އުފައްދާފައިވާ އެޑްވާންސް ސެންސަރުތައް ހިމެނޭގޮތަށް ހަތަރު ގައުމެއްގެ ޕެލޯޑްތަކާއި ސެޓެލައިޓް ޕްރޮޖެކްޓްތައް އުފުލާނެ ކަމަށެވެ.

ޗަންގްއީއާއި އޭގެ އޮޕަރޭޓަރުންގެ މެދުގައި އަލުން ދުނިޔެއަށް ގުޅުމަށް މަގުފަހިކުރުމުގެ ގޮތުން ޗައިނާއިން އަލަށް އުފެއްދި ކުއޭކިއާއޯ-2 ރިލޭ ކޮމިއުނިކޭޝަން ސެޓެލައިޓުންވެސް މި މިޝަންގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެ މަސައްކަތް 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ސްޕޭސް އެޖެންސީން ބުންޏެވެ.

ޗައިނާގެ ޖައްވީ އުޅަނދުގެ އަމާޒަކީ ހަނދުގެ ސަރަހައްދުން 2 ކިލޯގްރާމްގެ މެޓީރިއަލް އެއްކުރުން ކަމަށްވާއިރު، މިދަތުރުގައި ހަނދުން، ފެން ނުވަތަ އައިސްއާއި އެހެނިހެން ކޮމްޕައުންޑްތައް ހުރިކަމުގެ ހެކި ހޯދުމަށް ސައިންސްވެރިން ދިރާސާތައް ކުރާނެ ކަމަށް އެއިދާރާއިން ބުނެއެވެ. ޗައިނާއިން 2020 ވަނަ އަހަރު ކުރިއަށް ގެންދިޔަ ޗަންގް-އީ-5 މިޝަނަކީ ހަނދުން ސާމްޕަލްތައް ދުނިޔެއަށް ގެނައުމަށް ކުރި ފުރަތަމަ ކާމިޔާބު މަސައްކަތެވެ.

ސީއެންއެސްއޭގެ އެންމެ ފަހުގެ އިއުލާނާއެކު، ފާއިތުވި މަސްތަކުގައި ގިނަ ގައުމުތަކަކުން ހަނދުގެ މިޝަންތަކެއް ލޯންޗްކޮށް ނުވަތަ ނިމިފައިވާއިރު، އިންޑިއާގެ ޖައްވީ އިދާރާއިން ވަނީ މިދިޔަ އޮގަސްޓް މަހު ފުރަތަމަ ފަހަރަށް ހަނދުގެ ސަރަހައްދަށް ދަތުރުކޮށްފައެވެ.

މޮސްކޯގެ ލޫނާ-25 މިޝަން ހަނދަށް ޖައްސަން މަސައްކަތްކުރި ނަމަވެސް ޓެކްނިކަލް މައްސަލަތަކެއް ދިމާވެ ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނެވެ. އެހެންނަމަވެސް، އެ ޕްރޮޖެކްޓްގެ އެންމެ އިސް ސައިންސްވެރިޔާ ރޮސްކޮސްމޮސް ވިދާޅުވީ، ލޭންޑިންގ މަސައްކަތުން ސައިންސްވެރިންނަށް އަގުހުރި ޑޭޓާތަކެއް ލިބިފައިވާކަމަށާއި، "ލޫނާ-26، 27 އަދި 28ގެ މުސްތަގުބަލުގެ މިޝަންތަކަށް" އުއްމީދުކުރާ ކަމަށެވެ.

ޗައިނާއިން ބުނަނީ ޗަންގް-އީ-6 އަށް ފަހު، އިތުރު ދެ ޗަންގްއީ މިޝަނެއް ރާވާފައިވާ ކަމަށާއި، އެ މިޝަންގެ ދަށުން ހަނދުގެ ސައުތު ޕޯލަށް ރޮބޮޓިކް ލޭންޑަރެއް ފޮނުވައި، އެންމެ ފަހުން އެ ސަރަހައްދުގައި ރިސާޗް ސްޓޭޝަނެއް އެޅުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން 2012 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް އެއްބަސްވެއްޖެ

ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން 2012 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް އެއްބަސްވެއްޖެ

05 އޯގަސްޓު 2017
ޗައިނާގެ އިގްތިސާދު ލަފާކުރި މިންވަރަށް ވުރެ ކުރިއަރައިފި

ޗައިނާގެ އިގްތިސާދު ލަފާކުރި މިންވަރަށް ވުރެ ކުރިއަރައިފި

17 ޖުލައި 2017
އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ

އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ

13 ޖުލައި 2017
ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި

ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި

06 ޖުލައި 2017
ޗައިނާގެ ރައީސް ޝީ ހޮން ކޮންގް އަށް ވަޑައިގެންފި

ޗައިނާގެ ރައީސް ޝީ ހޮން ކޮންގް އަށް ވަޑައިގެންފި

29 ޖޫން 2017

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު