މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ
20 ޖުލައި 2017 | ބުރާސްފަތި 17:10ކަރަންޓުގެ ޙިދުމަތް މެދުކެނޑިފައިވަނީ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން

ސްޓެލްކޯ ބިލްޑިންގް
މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ އެވެ.
މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިފައިވަނީ މިރޭ 21:25 ހާއިރުގައެވެ.
ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ސްޓެލްކޯގެ ޑައިރެކްޓަރ އިބްރާހީމް ރައުފް ވިދާޅުވީ ކަރަންޓުގެ ޙިދުމަތް މެދުކެނޑިފައިވަނީ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެންކަމަށާއި މިހާރު އެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
ރައުފް ވިދާޅުވީ ކަރަންޓުގެ ޙިދުމަތް މެދުކެނޑިފައިވަނީ ދެ ފީޑަކުން ކަމަށާއި ސީދާ މާލޭގެ ކޮން ސަރަހައްދުތަކަކުން ކަމެއް ކަރަންޓުގެ ޙިދުމަތް މެދުކެނޑުނީ ދަންނަވަން ދަތިކަމަށެވެ. ރައުފް އިތުރަށް ވިދާޅުވީ އިރުކޮޅެއް ތެރޭގައި މައްސަލަ ހައްލުވެ ރައްޔިތުންނަށް ކަރަންޓުގެ ޙިދުމަތް ފޯރުކޮށްދެވިގެންދާނެކަމަށެވެ.






