Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބަށް ތައްޔާރުވުން

އިންތިޚާބުގެ އިންތިޒާމުތައް ބެލުމަށް މާލޭ ސަރަހައްދުގައި އެކަނިވެސް ޓީމުގެ 2000ށްވުރެ ގިނަ މީހުން ހަރަކާތްތެރިވާނެ: ރައީސް ސާލިހު

ފެންނަމުންދަނީ މާޔޫސް ކަމެއް ނޫން، ވަރަށް ބޮޑު އުންމީދެއް

އަމްނާ އިމާދު
އަމްނާ އިމާދު | 28 ސެޕްޓެމްބަރު 2023 | ބުރާސްފަތި 18:08
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވާހަކަފުޅު ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވާހަކަފުޅު ދައްކަވަނީ

ރިޔާސީ އިންތިޚާބުގެ އިންތިޒާމުތައް ބެލުމަށް، މާލޭ ސަރަހައްދުގައި އެކަނި ވެސް ޓީމުގެ 2000ށްވުރެ ގިނަ މީހުން ހަރަކާތްތެރިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ސޯސަން ޖަގަހަ ކުރިމަތީގައި އޮތް އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ރައީސް ސާލިހު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ހިނގާފައިވާ ކަންކަން ވަރަށް ރަނގަޅަށް ބަލާފައި ވާކަމަށާއި، ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކޮށްފައި ވާކަމަށެވެ. ފެންނަމުންދަނީ މާޔޫސް ކަމެއް ނޫން ކަމަށާއި، ވަރަށް ބޮޑު އުންމީދެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ސާލިހު ވިދާޅުވީ އިންތިޒާމުތައް ވަރަށް ފުރިހަމަވާނެ ކަމަށާއި، ޓީމާ ބައްދަލުކުރަމުންދާ ކަމަށެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ރޭ އެންމެ ފަހުގެ ބައްދަލުވުން ބާއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ސާލިހު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާއިރު، އޮބްޒާވަރުންނާއި، މޮނިޓަރުން އަދި ވޯޓުލުމަށް މީހުން ނެރުމަށް މަސައްކަތްކުރާ ޓީމާއެކު ޖުމްލަ މާލޭގެ އެކި ސަރަހައްދުތަކުގައި އެކަނި ވެސް 2000ށްވުރެ ގިނަ މީހުން ހަރަކާތްތެރިވާނެ ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ މިމަހުގެ 30 ވަނަ ދުވަހު ހެނދުނު ހެނދުނާ ރައްޔިތުން ނުކުމެ ވޯޓު ފޮށިތައް ފުރާލަންޖެހޭ ކަމަށެވެ. އަދި އުފާވެރި އަމާން ރާއްޖެއަށް ދިއުމަށް ކުރާ މަސައްކަތުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ، ރާއްޖެގެ ތަރައްގީކުރުމަށް މިއިން ޒަމާނެއްގައި އެއްވެސް ސަރުކާރަކުން ނުކުރާހާ މިންވަރަށް ގިނަ ބުރަ މަސައްކަތް ކުރެވިފައިވާ ކަމަށެވެ. އެގޮތުން 140ށްވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށް، ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި ޖަނަރޭޓަރާއި އިންޖީނުގެތަކާއި ނެޓްވޯކުތައް 150ށްވުރެ ގިނަ ރަށުގައި ގާއިމްކޮށް، 125ށްވުރެ ގިނަ ރަށުގެ ބަނދަރުތައް ހަދައިދީ، 127ށްވުރެ ގިނަ ސިއްހީ މަރުކަޒަށް އެމްބިއުލާންސް ފޮނުވާފައި ވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ސްކޫލުތަކުގައި 1200އަށްވުރެ ގިނަ ކްލާސްރޫމް އަޅައިދީ 80އަށްވުރެ ގިނަ މަލްޓިޕަރޕަސް ހޯލު އަޅައި ނިމިފައިވާކަމަށެވެ.

ބޯހިޔާވަހިކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، މާލޭ ސަރަހައްދުން ބިން ދޫނުކުރާތާ 40 އަހަރަށްވުރެ ގިނަ އަހަރު ފަހުން އެކަންވެސް ކުރީ މި ސަރުކާރުން ކަމަށެވެ. ވެވަޑައިގެންނެވި ވައުދުފުޅާ އެގޮތަށް 5 ނޮވެންބަރުގެ ކުރިން ގޯތި ލިބުނު ހުރިހާ އެންމެނަށް ރަޖިސްޓްރީ ހަވާލުކުރާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ވިދާޅުވީ ދެވަނަ ދައުރަށް އިންތިޚާބުކޮށްފިނަމަ އެ ބިންތަކުގައި ގެދޮރު އިމާރާތްކުރާނެ ގޮތްތައްވެސް ހޯއްދަވައިދެއްވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު