Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަދީބުގެ ސިއްހީ ހާލަތު

އަދީބަށް ލޮލުގެ އިތުރު ބައްޔެއް ޖެހިފައިވާކަމަށް އާއިލާއިން ބުނެފި

އަދީބުގެ ވާތު ލޮލަށް ވަނީ އިންފެކްޝަނެއް ޖެހިފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 20 ޖުލައި 2017 | ބުރާސްފަތި 15:34
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: ސިއްޙީ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ދަށަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: ސިއްޙީ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ދަށަށް

ދިގުމުއްދަތަކަށް ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ލޯ އަނެއްކާވެސް ޑޮކްޓަރަކަށް ދައްކައިފި ކަމަށާއި ލޮލުގެ ޙާލަތު ދުވަހެއް ދުވަހަކަށް ދަށަށްދާ ކަމަށާ އަދީބަށް ލޮލުގެ އިތުރު ބައްޔެއް ޖެހިފައިވާކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އަދީބުގެ ފަރާތުން އެނގުނު މައުލޫމާތު ކަމަށް ވިދާޅުވެ، އަދީބު އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ ލޮލުގައި ރިއްސާތީ ޑޮކްޓަރަށް ދައްކަން ބުނުމުން، އަދީބު ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި އަދީބުގެ ވާތު ލޮލަށް އިންފެކްޝަނެއް ޖެހިފައިވާކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށެވެ.

Advertisement - newsAdvertisement

ނަޝްވާ ވިދާޅުވީ އޭގެ އިތުރުން ލޮލުގެ ކުލަ އަދި ކަޅި ވަށައިގެން ހުދު ރޮނގުތަކެއް އެބަހުރި ކަމަށާއި އެއީ "ކެޓްރެކްޓްސް" ކިޔާ ބައްޔެއް ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށެވެ. މީގެ އިތުރުން އަދީބްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ ގްލުކޯމާ ޖެހިފައިވާކަން މީގެ ކުރިންވެސް ވަނީ ހާމަވެގެން ގޮސްފައެވެ.

އޭނާ ވިދާޅުވީ އަދީބު ލޮލަށް އަދިވެސް އެކަށީގެންވާ ފަރުވާ ނުކުރެވޭތީ ކަންބޮޑުވާ ކަމަށާއި ދުވަހެއް ދުވަހަކަށް އަދީބުގެ ލޮލުގެ ޙާލަތު ދަށްވަމުންދާކަމަށެވެ.

ނަޝްވާ ވިދާޅުވީ ހަދަން ޖެހޭ އަދީބުގެ ލޮލުގެ ދެޓެސްޓެއް ރާއްޖެއިން ނުހެދޭއިރު އަދީބުގެ ލޮލަށް އެކަށީގެންވާ ފަރުވާ ނުދެވިދާ ކަމަކީ، އިޔާދަ ނުކުރެވޭފަދަ ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް ޢާއިލާއަށް ބެލެވޭ ކަމަށެވެ.

އަދީބުގެ ލޯޔަރުންވެސް ގެންދަވަނީ އަދީބުގެ ސިއްޙީ ހާލަތާމެދު ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. ގްލުކޯމާ އާއި އަދީބަށް ޖެހިފައިވާ އިތުރު ބަލިތަކަށް އެކަށީގެންވާ ފަރުވާ އަދީބަށް އަވަހަށް ނުލިބިއްޖެނަމަ އަދީބުގެ ލޮލުގެ ފެނުން ގެއްލިދާނެ ކަމަށް ޑޮކްޓަރުން ބުނަމުންދާކަމަށްވެސް ޤާނޫނީ ވަކީލުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އަދީބަށް އެކަށީގެންވާ ފަރުވާ ރާއްޖެއިން ދެވެން ނެތްއިރު އަދީބު ރާއްޖެއިން ބޭރަށް ފޮނުވެން ނެތްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ބަންދުގައި ތިބޭ މީހުންނަށް ޤާނޫނީ ގޮތުން ލިބެން ޖެހޭ ހައްޤުތައް ހުރިނަމަވެސް ސަރުކާރުން ބުނަމުން ދަނީ އަދީބު ފިލާފާނެތީ ބޭރަށް ފޮނުވެން ނެތްކަމަށެވެ. އަދި އަދީބަށް ބޭރަށް ވަޑައިގެންނެވޭނީ ދައުލަތުން ނެގިކަމަށް ދައުލަތުން ބުނާ ފައިސާތައް ދައުލަތަށް ދެއްކުމުން ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ. ސަރުކާރުން މިހެން ބުނި ނަމަވެސް ދައުލަތަށް އަދީބު އެއްވެސް ފައިސާއެއް ދައްކަން ޖެހޭ ކަމަށް ޝަރުޢީ އެއްވެސް ކޯޓަކުން މިހާތަނަށް ޙުކުމްކޮށްފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު