Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

ޔުނައިޓެޑުގައި އަބަަދު ވެސްް ޕްރެޝަރު ބޮޑު ވާނެ: ޓެން ހާގް

ޔުނައިޓެޑުގެ ވެރިންނާއި، ކުލަބުގެ ސަޕޯޓަރުންގެ ފަރާތުން އަންނަ ޑިމާންޑުތައް ފަސޭހަ ނުވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ސެޕްޓެމްބަރު 2023 | ބުދަ 06:38
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

މެންޗެސްޓަރ ޔުނައިޓެޑުގައި އަބަދު ވެސް ޕްރެޝަރު ބޮޑުވާނެ ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ޓެން ހާގް މިހެން ބުނީ މި ސީޒަންގައި ޔުނައިޓެޑަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވި، އޭނާ އަށް ޕްރެޝަރު ބޮޑުވެފައިވާ ވަގުތެއްގަ އެވެ. ޓެން ހާގް ބުނީ ޕްރެޝަރަކީ ޔުނައިޓެޑުގައި އޮންނާނެ ބައެއް ކަމަށާއި، އަބަދު ވެސް އެކަން އޮންނާނީ އެގޮތުގައި ކަމަށެވެ. ޚާއްސަކޮށް ޔުނައިޓެޑުގެ ވެރިންނާއި، ކުލަބުގެ ސަޕޯޓަރުންގެ ފަރާތުން އަންނަ ޑިމާންޑުތައް ފަސޭހަ ނުވާނެ ކަމަށް އޭނާ ބުންޏެވެ. ސަބަބަކީ ކުލަބާ ގުޅުން ހުރި އެންމެންގެ އުންމީދުތައް އަބަދު ވެސް ހުންނަނީ ވަރަށް މަތީގައި ކަމަށާއި، އެއީ ކާމިޔާބީއަށް ވާސިލްވުން ކަމަށް ޓެން ހާގް ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ އެންމެ ފަހު ވަގުތު ވެސް ކުރިމަތިވާ ޕްރެޝަރާއި، އެހެނިހެން ކަންކަމަށް ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ. އެކަމަށް އޭނާ ހުރީ ތައްޔާރަށް ކަމަށާއި، ޔުނައިޓެޑާއި ހަވާލުވީ އެކަންކަން އެގޮތަށް ކުތިމަތިވާނެ ކަންކަމަށް ތައްޔާރުވެގެން ކަމަސް ޓެން ހާގް ވަނީ ބުނެފަ އެވެ. އިތުރަށް އޭނާ ބުނީ، ކުޅުންތެރިން ވެސް ކުރަމުން އަންނަނީ ބުރަ މަސައްކަތް ކަމަށާއި، ނަމަވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ކަމަށެވެ. ޓީމެއްގެ ގޮތުގައި ޔުނައިޓެޑު އޮވެއްޖެ ނަމަ، އެ ޓީމަށް ބޭނުންވާ ކަންކަން ހާސިލްވާނެ ކަމަށް ވެސް ޓެން ހާގް ވަނީ ބުނެފަ އެވެ.

މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް ޔުނައިޓެޑު ކުޅުނު ހަ މެޗުން އެ ޓީމު މޮޅުވެފައި ވަނީ ތިން މެޗުންނެވެ. އަނެއް ތިން މެޗުން ވަނީ ބަލިވެފަ އެވެ. ލީގުގައި މިހާތަނަށް ލިބުނު ނުވަ ޕޮއިންޓާއެކު ޔުނައިޓެޑު އޮތީ ތާވަލްގެ ނުވަ ވަނައިގަ އެވެ. އަނެއްކޮޅުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ބަޔާން މިއުނިކް އަތުން ބަލިވެފަ އެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު