Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ވެރޯނާ ބަލިކޮށް، އޭސީ މިލާން ދެ ވަނަ އަށް

ފަސް މެޗުން ހޯދި 12 ޕޮއިންޓާއެކު މިލާން އޮތީ ދެ ވަނައިގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ސެޕްޓެމްބަރު 2023 | އާދީއްތަ 05:34
މެޗުގައި ލަނޑު ޖެހުމަށްފަހު ލިއާއޯ އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ލިއާއޯ އުފާ ފާޅުކުރަނީ

އިޓާލިއަން ލީގުގައި ވެރޯނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އޭސީ މިލާން ދެ ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ރޭ މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި މިލާނަށް ލީޑު ނަގައިދިނީ ރަފައެލް ލިއާއޯ އެވެ. އެއީ މިލާންގެ ފޯވާޑް އޮލީވިއޭ ޖިރޫޑް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން ވެސް މިލާނަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބި، ބޭކާރުވެފަ އެވެ. އެގޮތުން ލިއާއޯ އަށް ވަނީ ލަނޑު ޖަހާނެ އިތުރު ދެ ފުރުސަތެއް ލިބިފަ އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު ޖިރޫޑަށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ލީގުގައި މިލާނުން ވަނީ މިހާތަނަށް ފަސް މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ހަތަރު މެޗު އެ ޓީމު މޮޅުވިއިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ. ފަސް މެޗުން ހޯދި 12 ޕޮއިންޓާއެކު މިލާން އޮތީ ދެ ވަނައިގަ އެވެ. މިލާާނަށް ވުރެ އެއް މެޗު މަދުން ކުޅެގެން، އެއް ވަނައިގައި އޮތް އިންޓަ މިލާނަށް ވެސް ލިބެނީ 12 ޕޮއިންޓެވެ. އެހެން ނަމަވެސް ލީގުގައި އެމްޕޮލީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، އިންޓަ އަށް އެއް ވަނައިގައި ލީޑު ނެގުމުގެ ފުރުސަތު އޮންނާނެ އެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު