Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

"ނުރައްކާތެރި" ޕީއެސްޖީއާ ދެކޮޅަށް ޑޯޓްމަންޑުން ޓީމު ބެލެންސް ކުރާނެ: ޓާޒިކް

ޓާޒިކް ދެކޭ ގޮތުގައި ޗެމްޕިއަންސް ލީގެގެ މެޗެެއްގައި ކުޅުމާއި، ޖަރުމަނު ލީގުގައި ކުޅޭ މެޗާ ވަރަށް ތަފާތުވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ސެޕްޓެމްބަރު 2023 | އަންގާރަ 06:37
ބޮރޫޝިއާ ޑޯޓްމަންޑުގެ ކޯޗު އެޑިން ޓާޒިކް

ބޮރޫޝިއާ ޑޯޓްމަންޑުގެ ކޯޗު އެޑިން ޓާޒިކް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށް ބޮރޫޝިއާ ޑޯޓްމަންޑުން ނެރެނީ ބެލެންސް ޓީމެއް ކަމަށް އެ ޓީމުގެ ކޯޗު އެޑިން ޓާޒިކް ބުނެފި އެވެ.

ޕީއެސްޖީ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ޓާޒިކް ބުނީ، ޕީއެސްޖީ އަކީ ވަރަށް "ނުރައްކާތެރި" ޓީމެއް ކަމަށެވެ. އޭނާ ބުނީ އެ މެޗަށް ނިކުތުމުގެ ކުރިން ޕީއެސްޖީއާ ދެކޮޅަށް ކުޅޭނެ އެންމެހައި ގޮތްތަކެއް ވިސްނައި، ރާވާލާފައިވާނެ ކަމަށެވެ. ޓާޒިކް ފާހަގަ ކުރި ގޮތުގައި ޑޯޓްމަންޑުގެ ފަރިތަކުރުންތަކުގައި އެ ޓީމުން އަންނަނީ އެ މެޗުގެ ސީރިއަސްކަން ދެނެގަނެ، އެންމެ އެކަށީގެންވާ މިންވަރަށް ތައްޔާރުވަމުންނެވެ. އޭނާ ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ވާދަކޮށް، މަތީ ފަންތީގައި ކުޅެވެ ފެންވަރު ޑޯޓްމަންޑުގައި ވެސް އޮތް ކަމަށެވެ.

ޓާޒިކް ދެކޭ ގޮތުގައި ޗެމްޕިއަންސް ލީގެގެ މެޗެެއްގައި ކުޅުމާއި، ޖަރުމަނު ލީގުގައި ކުޅޭ މެޗާ ވަރަށް ތަފާތުވާނެ އެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގުގެ މެޗުތަކަކީ ވަރަށް ޕްރެޝަރު ބޮޑު މެޗެއް ކަމަށާއި، އެ މެޗުގައި ހެދޭ އެންމެ ގޯހެއްގެ ސަބަބުން މުޅި މެޗު އެނބުރިގެން ދާނެ ކަމަށެވެ. އޭނާ ބުނީ ބޯޅަ ހިފަހައްޓައިގެން، ޑިފެންސްގައި އިތުރަށް ސަމާލުވެގެން ކުޅުމަށް ޑޯޓްމަންޑުން ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. އެހެންކަމުން ޕީއެސްޖީއާ ދެކޮޅަށް ނެރެން ވިސްނާފައި އޮތީ ބެލެންސް ޓީމެއް ކަމަށާއި، ސަބަބަކީ ޕީއެސްޖިއާ ދެކޮޅަށް ކުޅެ މޮޅުވުމަކީ އުނދަގޫ ކަމަކަށްވާނެ ކަމަށް އޭނާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޑޯޓްމަންޑުން ޕީއެސްޖީގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނިކުންނާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުބޮރޫޝިއާ ޑޯޓްމަންޑްޓާޒިކް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
18 ނޮވެމްބަރު 2025

ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން!

18 ނޮވެމްބަރު 2025
ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް