Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިކުރަށް ބަލައިގެން ވަޒީފާއިން ވަކިނުކުރަން

ފިކުރަށް ބަލައިގެން ސިފައިންގެ އެއްވެސް މީހަކު ވަޒީފާއިން ވަކިނުކުރަން: އެމްއެންޑީއެފް

ޢަސްކަރީ އަދުލުގެ ނިޒާމް މިހާރު ހަމަޖެހިފައިވާގޮތުން ސިފައިންގެ މީހަކާމެދު އަމަލުކުރާނީ ނިޒާމުގެ ތެރެއިން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2023 | ހުކުރު 02:17
އެމްއެންޑީފް ޕެރޭޑް

އެމްއެންޑީފް ޕެރޭޑް

ސިފައިންގެ ތެރެއިން ވަކި ގޮތަކަށް ފިކުރު ހުންނާތީކަމަށްބުނެ ވަޒީފާއިން ބައެއް މީހުން ވަކިކުރަމުން ގެންދާކަމަށް ބުނެ ނޫސްތަކުގައާއި ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ފަތުރަމުންދާ ޚަބަރު އެމްއެންޑީއެފުން ދޮގުކޮށްފިއެވެ.

އެމްއެންޑީއެފްގެ ފަސްޓް ލެފްޓިނެންޓް ހަސަން ޒިހާން، ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އޭނާ ވަޒީފާއިން ވަކިކުރީ ކޮން ސަބަބަކާ ހުރެ ކަން އެނގިފައިނުވި ނަމަވެސް އޭނާ ވަޒީފާއިން ވަކިކުރި ފަހުން މި ސަރުކާރަަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި އޭނާ ޕޯސްޓުތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން އިންޑިއާގެ ނުފޫޒު ދިވެހި އަސްކަރިއްޔާގެ މައްޗަށް އޮތް ކަމަށް ބުނެ އޭނާ ގެންދަނީ ތުހުމަތުތައް ކުރަމުންނެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން އެމްއެންޑީއެފުން ބުނީ ސިފައިންގެ ޤާނޫނުގެ ދަށުން ހަދާފައިވާ 'ސިފައިން ކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާއިބެހޭ ޤަވާޢިދު' ގެ ދަށުން، އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކު މައްސަލަތައް ބަލާ ފިޔަވަޅު އެޅުމަށްޓަކައި، ސިފައިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޢަސްކަރީ އަދުލުގެ ނިޒާމެއް 2021 ނޮވެމްބަރު 3 ވަނަ ދުވަހު ވަނީ ތަޢާރަފް ކުރެވިފައިކަމަށެވެ. މިނިޒާމް ތަޢާރަފް ކުރެވުމާއެކު ޢަސްކަރީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ބަލާ ތަޙްޤީޤްކޮށް ފޮނުވަމުންދަނީ މިލިޓަރީ ޖަސްޓިސް ކައުންސިލަށެވެ. މިކައުންސިލުން މައްސަލަތައް ނިންމުމުގައި މައްސަލަ ރައްދުވާ ސިފައިންގެ މީހާއަށް ފުރިހަމައަށް ޖަވާބުދާރީވާނެ ފުރުޞަތާއި ބޭނުންވާނަމަ ޤާނޫނީ ވަކީލުންގެ އެހީތެރިކަންދީ ދިފާޢުވުމުގެ ފުރިހަމަ ފުރުސަތުވަނީ ފަހިކޮށްދީފައެވެ. އަދި މިލިޓަރީ ޖަސްޓިސް ކައުންސިލުން ނިންމާ ނިންމުންތައް، މިލިޓަރީ ޖަސްޓިސް އެޕީލް ކައުންސިލަށް އެޕީލްކުރުމުގެ ފުރުޞަތުވެސް މައްސަލަ ރައްދުވާ ފަރާތަށް ލިބިދެވެއެވެ. މީގެ އިތުރުން އެންމެ ފަހު މަރުޙަލާއެއްގެ ގޮތުން މިލިޓަރީ ޖަސްޓިސް އެޕީލް ކައުންސިލުގެ ނިންމުން، މުރާޖަޢާކޮށްދިނުމަށް އެދި މިނިސްޓަރަށް ހުށަހެޅުމުގެ ފުރުޞަތުވެސް ލިބިގެންދެއެވެ.

މި ނިޒާމުގެ ތެރެއިން މައްސަލަތައް ތަޙްޤީޤްކުރާ ފަރާތްތަކާއި މައްސަލަ ނިންމާ ކައުންސިލްތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި މިނިވަންކަމާއި އަދުލުވެރިކަމާއެކު ހެތްކާއި ޤަރީނާގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ ފުރިހަމަ އިޚްތިޔާރުވަނީ ލިބިދީފައެވެ. ވުމާއެކު، ޢަސްކަރީ އަދުލުގެ ނިޒާމް މިހާރު ހަމަޖެހިފައިވާގޮތުން ސިފައިންގެ މީހަކާމެދު މިނޫންގޮތަކަށް ފިޔަވަޅު އެޅުމުގެ އެއްވެސް ފުރުސަތެއް އެއްވެސް ފަރާތަކަށް ނުލިބެއެވެ. އަދި މިނިޒާމުގެ ބޭރުން އެއްވެސް ސިފައިންގެ މީހަކާމެދު ފިޔަވަޅު އަޅަމުން ނުދާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އެފަދަ ގޮތަކަށް ޢަމަލުކުރުމަށް ސިފައިންގެ ލީޑަރޝިޕްގެ އެއްވެސް ބޭފުޅަކު އެއްވެސް އިރުޝާދެއް ދެއްވާފައިނުވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ސިފައިންނަކީ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސިފައިންގެ ކޯޑް އޮފް އެތިކްސްއާއި ކޯޑް އޮފް ކޮންޑަކްޓާއި އެއްގޮތަށް ޢަމަލުތައް ބަހައްޓާ، ޢަސްކަރީ ރިވެތި ޢަޚްލާޤެއްގެ މަތީގައި ސާބިތުވެ ތިބެންޖެހޭ ބަޔަކަށްވީހިނދު، މިނޫންގޮތަކަށް ޢަމަލުތައް ބެހެއްޓުމަށް ހިތްވަރުލިބޭފަދަ ދޮގު ޚަބަރުތައް އެއްވެސް ފަރާތަކުން ނުފެތުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

އެއްވެސް މަޤުޞަދެއްގައި ސިފައިންގެ ޤަދަރާއި ކަރާމާތަށް އުނިކަން ލިބޭގޮތަށް ނުވަތަ ސިފައިންގެ އެއްބައިވަންތަކަމާއި ސަފުތަކުގެ ބަދަހިކަމަށް ކިލަނބުކަން ލިބޭ ގޮތަށް ޙަޤީޤަތާއި ޚިލާފު ވާހަކަތައް ނުފެތުރުމަށް މީގެކުރިންވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެންޑީއެފް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު