Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤުރުއާން ތަފްޞީރު

ދިވެހިބަހުން ނެރުނު ފުރަތަމަ ޤުރުއާނުގެ ތަފްސީރު ވެބްސައިޓު ލޯންޗުކޮށްފި

ދިވެހިބަހުން ނެރުނު ފުރަތަމަ ޤުރުއާނުގެ ތަފްސީރު ވެބްސައިޓު

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 14 ސެޕްޓެމްބަރު 2023 | ބުރާސްފަތި 02:03
ވިލާ ފައުންޑޭޝަނުގެ ތަފްސީރު، ޗެއާމަން ގާސިމް އިބްރާހީމް އިފްތިތާހުކޮށްދެއްވަނީ

ވިލާ ފައުންޑޭޝަނުގެ ތަފްސީރު، ޗެއާމަން ގާސިމް އިބްރާހީމް އިފްތިތާހުކޮށްދެއްވަނީ

ދިވެހިބަހުން ނެރުނު ފުރަތަމަ ޤުރުއާނުގެ ތަފްސީރު ވެބްސައިޓު ލޯންޗުކޮށްފިއެވެ. 

ދިވެހިބަހުން ނެރުނު ފުރަތަމަ ޤުރުއާނުގެތަފްސީރު ވެބްސައިޓުއުފައްދާފައި މިވަނީ ތައުލީމީ ދާއިރާއަށް ނުހަނު ގިނަގުނަ ޚިދުމަތްތަކެއް ރާއްޖޭގައި ދެމުން އަންނަ ވިލާ ފައުންޑޭޝަނުގެ ފަރާތުންނެވެ. 

އެ ފައުންޑޭޝަނުން ދިވެހި ބަހަށް ތަރުޖަމާކޮށްފައިވަނީ "އައްތަފްސީރުލް ވާޟިޙުލް މުޔައްސަރު" މި ފޮތެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި "ބަޔާންވެގެންވާ ފަސޭހަ ތަފްސީރު"ގެ ނަމުގައި ނެރުނު މި ފޮތަކީ ދިވެހި ބަހުން ނެރުނު ފުރަތަމަ ގުރުއާނުގެ ތަފްސީލީ ތަފްސީރެވެ. 

ވިލާ ފައުންޑޭޝަނުން ބުނީ މިހާރު އެ ތަފްސީރު، ވެބްސައިޓެއް މެދުވެރިކޮށް ކިޔާލެވޭނެ ކަމަށެވެ. އަދި ވަރަށް އަވަހަށް އައިއޯއެސްއާއި އެންޑްރޮއިޑަށް ޚާއްސަ އެޕްލިކޭޝަނެއް ނެރޭނެކަމަށެވެ. 

މި ފޮތް ތަރުޖަމާ ކުރުމުގެ މަސައްކަތް ފަށާފައިވަނީ 2016ވަނަ އަހަރުގެ ތެރޭގައެވެ. އެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އައްޝައިޚް މުޙައްމަދު ޢަބްދުﷲއެވެ. ޕްރޫފްބެލީ އަބްދުﷲ އަބްދުލް މުހުސިނާއި އިޔާޒް ނަސީމެވެ.

ދެ އަހަރު ދުވަހުގެ ތެރޭގައި ތަރުޖަމާކޮށް ނިންމި މި ފޮތުގައި 6600 އަށްވުރެ ގިނަ ސަފްހާ ހިމެނެއެވެ. 

އޮންލައިން ވެބްސައިޓެއްގެ ގޮތުގައި މި ފޮތް ޢާއްމުންގެ އަތްފޯރާފަށަށް ގެނެސްދިން ވިލާ ފައުންޑޭޝަނުން ބުނީ އެ ތަފްސީރުގެ ބޭނުން ވީހާވެސް ގިނަ ބަޔަކު ހިފުމަކީ އެ މަސައްކަތުގައި އުޅުނު އެންމެންނާއި ވިލާ ފައުންޑޭޝަންގެ އެދުމެއް ކަމަށެވެ.

ޤުރުއާން

އިތުރަށް ކިޔާލަން

25 ޖޫން 2025

އަންނަ މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑު ކުރަން ނިންމައިފި

25 ޖޫން 2025
އަންނަ މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑު ކުރަން ނިންމައިފި
16 މެއި 2025

ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތް ގަބޫލުނުކުރާ މީހުންނާމެދު ސަމާލުވާންޖެހޭ: ޚުތުބާ

16 މެއި 2025
ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތް ގަބޫލުނުކުރާ މީހުންނާމެދު ސަމާލުވާންޖެހޭ: ޚުތުބާ
19 އެޕްރީލު 2025

ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި

19 އެޕްރީލު 2025
ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި
03 ފެބުރުއަރީ 2025

މާލެސިޓީ ކައުންސިލްގެ 4 ވަނަ ޤުރުއާން މުބާރާތް އަދި މަދަހަ މުބާރާތަށް ބޮޑު ތަރުހީބެއް

03 ފެބުރުއަރީ 2025
މާލެސިޓީ ކައުންސިލްގެ 4 ވަނަ ޤުރުއާން މުބާރާތް އަދި މަދަހަ މުބާރާތަށް ބޮޑު ތަރުހީބެއް
12 ޑިސެމްބަރު 2024

ޕީއެސްއެމް އިން ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނައި މައްސަލަ ހޫނު ވެއްޖެ

12 ޑިސެމްބަރު 2024
ޕީއެސްއެމް އިން ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނައި މައްސަލަ ހޫނު ވެއްޖެ
12 ޑިސެމްބަރު 2024

ޕީއެސްއެމްއިން ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނެސްގެން ދެއްކި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެމްޑީޕީ މަޖިލިސް މެންބަރުން ގޮވާލައްވައިފި

12 ޑިސެމްބަރު 2024
ޕީއެސްއެމްއިން ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނެސްގެން ދެއްކި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެމްޑީޕީ މަޖިލިސް މެންބަރުން ގޮވާލައްވައިފި
11 އޮކްޓޯބަރު 2024

ކުރިއަށް އޮތް ރަމަޟާން މަހު ވެސް ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ޤުރުއާން އަދި މަދަހަ މުބާރާތް ބާއްވާނެ: މޭޔަރު އާޒިމް

11 އޮކްޓޯބަރު 2024
ކުރިއަށް އޮތް ރަމަޟާން މަހު ވެސް ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ޤުރުއާން އަދި މަދަހަ މުބާރާތް ބާއްވާނެ: މޭޔަރު އާޒިމް
05 އޮކްޓޯބަރު 2024

ޤުރުއާން ހިތުދަސްކޮށްގެން މިއަހަރު ސަނަދު ހާސިލުކުރީ 28 ޙާފިޡުން

05 އޮކްޓޯބަރު 2024
ޤުރުއާން ހިތުދަސްކޮށްގެން މިއަހަރު ސަނަދު ހާސިލުކުރީ 28 ޙާފިޡުން
08 ޑިސެމްބަރު 2023

ކީރިތި ޤުރުއާނަށް އިހާނެތި ކުރުން ހުއްޓުވާ ގާނޫނެއް ޑެންމާކްގެ މަޖިލީހުން ފާސް ކޮށްފި

08 ޑިސެމްބަރު 2023
ކީރިތި ޤުރުއާނަށް އިހާނެތި ކުރުން ހުއްޓުވާ ގާނޫނެއް ޑެންމާކްގެ މަޖިލީހުން ފާސް ކޮށްފި
15 ނޮވެމްބަރު 2023

ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް އަންނަ އަހަރު ފެބްރުއަރީގައި ފަށަނީ

15 ނޮވެމްބަރު 2023
ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް އަންނަ އަހަރު ފެބްރުއަރީގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު