Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2023

ވާދަވެރި ބޮޑު އިންތިޚާބެއް ކުރިއަށް ދިޔައިރު މި އިންތިޚާބު ވަރަށް ސުލްހަވެރި: ހަބީބް

10 ސެޕްޓެމްބަރު 2023 | އާދީއްތަ 09:45

ސުލްހަވެރިކަމާއި އަމާންކަމާއެކު މިފަހަރުގެ އިންތިޚާބު ކުރިއަށްދިޔަ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 ސެޕްޓެމްބަރު 2023 | އާދީއްތަ 09:45
އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބް

އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބް

ވާދަވެރި ބޮޑު އިންތިޚާބެއް ކުރިއަށް ދިޔައިރު މި އިންތިޚާބު ވަރަށް ސުލްހަވެރި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަފުޅު ދައްކަވަމުން ހަބީބް ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި ވަރަށް ކުދިކުދި މައްސަލަތައް ދިމާވި ނަމަވެސް ޖުމްލަ ގޮތެއްގައި އިންތިޚާބުގެ ކަންތައްތައް ދިޔައީ ރަނގަޅަށް ކަމަށެވެ.

Advertisement - newsAdvertisement

ހަބީބް ވިދާޅުވީ ކެންޑިޑޭޓުންނާއި މަންދޫބުންގެ ފަރާތުން ވެސް އެއްބާރުލުން މިފަހަރުގެ އިންތިޚާބުގައި ލިބުނު ކަމަށެވެ. ބޮޑު ހަމަނުޖެހުމެއް ނެތި، ތަޅާފޮޅުމެއް ނެތި، ސުލްހަވެރި ކަމާއި އަމާންކަމާއެކު މިފަހަރުގެ އިންތިޚާބު ކުރިއަށްދިޔަ ކަމަށް ވިދާޅުވިއެވެ.

ހަބީބް އިތުރަށް ވިދާޅުވީ ވޯޓް ކަރުދާސް ދެއްކުމުގެ މައްސަލަތައް އިންތިޚާބުގައި ދިމާވި ކަމަށާއި ޕީޖީ އޮފީހަށް އަށް ފޮނުވައިގެން އެ މައްސަލައަށް ކުރިއަށް ގެންދަވާނެ ކަމަށެވެ. ވޯޓު ކަރުދާސް ކޮޅަށް ޒޫމްކޮށްގެން ފޮޓޯނެގި މޮނީޓަރެއްގެ މައްސަލަ ފާހަގަވިއިރު އެފަދަ ކަންކަން ކުރާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރަނގަޅު ކުރަންޖެހޭ ކަންކަން ހުރި ކަމަށާއި ކިޔޫ ދިގުވެގެންދިޔުމާއި ބައެއް އޮފިޝަލުންގެ ލަސްކަން ފާހަގަކުރެވުނު ކަމަށް ހަބީބް ވިދާޅުވިއެވެ. އަދި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ދާއިމީ ނަތީޖާތައް އިއުލާން ކުރެވޭނެ ދުވަހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ހަބީބް ވިދާޅުވީ ދާއިމީ ނަތީޖާ އިއުލާންކުރެވޭނީ ރަށްތަކުންނާއި ރާއްޖެއިން ބޭރުގެ ފޮށިތަކުގެ ނަތީޖާ ޝީޓްތައް ލިބުމުން ކަމަށެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 8 ކެންޑިޑޭޓަކު ވާދަކުރެއްވިއެވެ. އޭގެ ތެރެއިން ދެވަނަ ބުރަކަށް ވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓްލުމުގެ ހައްޤު ޖުމްލަ 282395 މީހުންނަށް ލިބިގެންވެއެވެ. ނަމަވެސް ވޯޓްލާން ނުކުތީ ޖުމްލަ 219843 މީހުންނެވެ. އެއީ ވޯޓްލީ މީހުންގެ 80 އިންސައްތައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް