Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރ. އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓް

ރ. އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓް އިމާރާތްކުރުމުގެ ބޮޑުބައެއް މިހާރު ނިމިއްޖެ

ހއ.ދިއްދޫގައި ވެސް މިފަދަ ޓެކްނިކަލް އިންސްޓިޓިއުޓެއް ތަރައްޤީ ކުރުމުގެ މަސައްކަތްދަނީ ކުރަމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2023 | އާދީއްތަ 07:29
ރ. އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓް

ރ. އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓް

ރ. އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓް އިމާރާތްކުރުމުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ އިމާރާތުގެ ގްރައުންޑް ފްލޯގެ މަސައްކަތްތައް ނިމި، ގްރައުންޑް ފްލޯގެ ޚިދުމަތްތައް ފަށައިގަތުމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެކި ފޭސްތަކަކަށް ބަހާލެވިގެން ކުރިއަށްދާ މި ޓިވެޓް އިންސްޓްޓުގައި 4 ބްލޮކެއް ހިމެނިފައިވެއެވެ. އެއީ އިންސްޓިޓިއުޓް ބްލޮކާއި، ބޯޓްޔާޑް ވޯކްޝޮޕް ބްލޮކަކާއި، ރެކްރިއޭޝަން ބްލޮކާއި އެކަމަޑޭޝަން ބްލޮކެކެވެ.

Advertisement - newsAdvertisement

ފުރަތަމަ ފިޔަވަހީގައި އިންސްޓިޓިއުޓް ބްލޮކްގެ ގްރައުންޑް ފްލޯގެ މަސައްކަތްތައް ނިންމައި އޮކްޓޫބަރު މަހުގެ ތަރޭގައި ގްރައުންޑް ފްލޯ ޚިދުމަތަށް ހުޅުވައިލެވޭނެއެވެ.

ދެވަނަ ފިޔަވަހީގައި އިންސްޓިޓިއުޓް ބްލޮކްގެ ފުރަތަމަ އަދި ދެވަނަ ފްލޯގެ މަސައްކަތްތަކާއެކު ބޯޓް ބިލްޑިންގ ވޯކްޝޮޕްގެ މަސައްކަތްތައް ނިންމައި ނޮވެމްބަރު މަހު ޚިދުމަތް ދިނުމަށް ހުޅުވައިލެވޭނެއެވެ. އަދި އެންމެ ފަހު ފިޔަވަހީގައި އެކަމަޑޭޝަން އަދި ރިކްރިއޭޝަން ބްލޮކްގެ މަސައްކަތްތައް ނިންމައި މިއަހަރު ޑިސެންބަރު މަހު ޚިދުމަތްތަކަށް ހުޅުވައިލެވޭނެއެވެ.

އަދި ސްޓޫޑެންޓް އެކޮމަޑޭޝަން ބްލޮކަކާއި، ރިކްރިއޭޝަން ބްލޮކަކާއެކު ފަރުމާ ކުރެވިފައިވާ މި ޓެކްނިކަލް އިންސްޓިޓުން ގިނަ ދަރިވަރުންތަކަކަށް މުސްތަގުބަލުގައި ފައިދާ ކުރާނެ ފަހި ފުރުޞަތުތަކެއް ލިބިގެން ދާނެކަމަށާއި މި އިންސްޓިޓިއުޓުން ހިންގާ ޕްރޮގްރާމްތަކުގެ އަމާޒަކީ ގިނަ ދަރިވަރުންތަކަކަށް ތަޢުލީމާއި ތަމްރީނުދީ، މަސައްކަތުގެ މާހައުލަށް އަހުލުވެރި ޒުވާނުންތަކެއް އުފެއްދުން ކަމުގައި މިނިސްޓްރީން ބުނެއެވެ.

އެ އިންސްޓިޓިއުޓްގެ ނިމިފައިވާ ބައިތަކަށް ފަރުނީޗަރު ހޯދުމާއި، ވޯކްޝޮފްތަކަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ. ވޯލްޑް-ބޭންކްގެ އެހީގައި ހަދާ ސްޓޭޓް-އޮފް-ދި-އާރޓް އައި.ސީ.ޓީ ލެބޯޓަރީއަށް ބޭނުންވާ ހުރިހާ އިކުއިޕްމެންޓްތައް ހޯދައި ލެބޯޓަރީގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލެވިފައެވެ. އައި.ސީ.ޓީގެ އިތުރުން ވެލްޑިންގް، މެރިން އިންޖިނިއަރިންގ، އޮޓޮމޭޓިވް، ރެފްރިޖިރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ ދާއިރާގެ ޓިވެޓް ވޯކްޝޮޕްތަކަށް އިކުއިޕްމެންޓް ހޯދުމަށް މިހާރު ވަނީ ބިޑަށް ހުޅުވައިލެވިފައެވެ.

އަލިފުށީގައި މި ޤާއިމުކުރާ ޓިވެޓް ސެންޓަރަކީ އަތޮޅުތެރެއަށް މަސައްކަތުގެ ތަޢުލީމާއި ތަމްރީން ފޯރުކޮށްދިނުމަށް މި ސަރުކާރުން ޚާއްޞަ އަހަންމިއްޔަތުކަމެއް ދީގެން ކުރަމުން އަންނަ މުހިއްމު މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ. ހއ.ދިއްދޫގައި ވެސް މިފަދަ ޓެކްނިކަލް އިންސްޓިޓިއުޓެއް ތަރައްޤީ ކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަތޮޅު ވެހި ފަޅާލައިފި

އަތޮޅު ވެހި ފަޅާލައިފި

18 ފެބުރުއަރީ 2017
ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި

ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު