Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލޫކާ މޮޑްރިޗް

ސައުދީން ލިބުނު ހުށަހެޅުމުގެ ވާހަކަ ދައްކަން މޮޑްރިޗް ބޭނުމެއް ނުވޭ

މޮޑްރިޗް ބުނީ އޭނާ ބޭނުންވަނީ ރެއާލް މެޑްރިޑުގައި ފުޓުބޯޅައިގެ ކޮންމެ ވަގުތެއްގެ އުފާ ލިބިގަންނަން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2023 | ހޮނިހިރު 01:32
ރެއާލް މެޑްރިޑުގެ ފަރިތަކުރުމުގައި މޮޑްރިޗް ބައިވެރިވަނީ

ރެއާލް މެޑްރިޑުގެ ފަރިތަކުރުމުގައި މޮޑްރިޗް ބައިވެރިވަނީ

ސައުދީ ޕްރޯ ލީގުގެ ކުލަބަކުން ލިބުނު ހުށަހެޅުމުގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް، ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް ބުނެފި އެވެ.

މޮޑްރިޗް މިހެން ބުނީ މީޑިއާ އަކަށް އޭނާ ދިން އިންޓަވިޔުއެއްގަ އެވެ. އެ ހުށަހެޅުން މޮޑްރިޗަށް ލިބުނުއިރު ރެއާލާއެކު އޭނާ ހަދާފައި އޮތް އެއްބަސްވުން އޮތީ މިދިޔަ ޖޫން މަހަށް ހަމަވާ ގޮތަށެވެ. ސައުދީން ލިބުނު ބޮޑު ހުށަހެޅުމާއެކު މޮޑްރިޗް ރެއާލް ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައް ވެސް ފެތުރުނެެވެ. އެހެން ނަމަވެސް މޮޑްރިޗް ވަނީ އޭނާ ރެއާލްގައި މަޑުކުރާނެ ކަމަށް ބުނެފަ އެވެ. އެއަށްފަހު ރެއާލާއެކު އޭނާ ވަނީ އިތުރު އެއް އަހަރު ދުވަހަށް އެއްބަސްވުން އައު ކޮށްފަ އެވެ.

މޮޑްރިޗް ބުނީ، ރެއާލްގައި އަބަދު ވެސް އޭނާ ހުންނަނީ ވަރަށް ހިތްހަމަ ޖެހިގެން، އުފަލުން ކަމަށެވެ. އެހެންކަމުން އިތުރު އެހެން ކަމަކާ ވިސްނަން އެއްވެސް ވަރަކަށް ބޭނުންނުވާ ކަމަށް ވެސް މޮޑްރިޗް ވަނީ ބުނެފަ އެވެ. މޮޑްރިޗް ބުނީ ބޮޑެތި ހުށަހެޅުންތަކުގެ ވާހަކަ ދައްކައިގެން މަޝްހޫރުކަން ހޯދަން ވެސް އޭނާ ބޭނުންނުވާ ކަމަށެވެ. މޮޑްރިޗް ބުނީ އޭނާ ބޭނުންވަނީ ރެއާލް މެޑްރިޑުގައި ފުޓުބޯޅައިގެ ކޮންމެ ވަގުތެއްގެ އުފާ ލިބިގަންނަން ކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ދޫކޮށް މޮޑްރިޗް ރެއާލަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން މި ފާއިތުވި 12 އަހަރުގެ ތެރޭގައި މޮޑްރިޗް ވަނީ ރެއާލްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިހާރު އޭނާ އަކީ ރެއާލްގެ މެދުތެރޭގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. މޮޑްރިޗް ވަނީ މިހާތަނަށް ރެއާލަށް 492 މެޗު ކުޅެދީ 37 ލަނޑު ޖަހައިފަ އެވެ. އޭނާ ވަނީ އެ ކުލަބާއެކު 23 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ތިން ފަހަރު، ކޮޕަ ޑެލް ރޭ ދެ ފަހަރު، ސްޕެނިޝް ސުޕަ ކަޕް ހަތަރު ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ފަސް ފަހަރު، ޔުއެފާ ސުޕަ ކަޕް ހަތަރު ފަހަރު އަދި ފީފާ ކުލަބު ވޯލްޑް ކަޕް ފަސް ފަހަރު ވަނީ ހޯދައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ

ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ

22 އެޕްރީލު 2017
ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި

ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި

20 އެޕްރީލު 2017
ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި

ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި

26 މާރިޗު 2017
ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ

ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ

09 މާރިޗު 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު