Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުފާވެރި އަމާން ރާއްޖެ-އުފާވެރި އައްޑޫ ޖަލްސާ

ދިޔާނާ ވިދާޅުވެދެއްވީ މިސަރުކާރުން އަންހެނުންގެ ކުރިއެރުމަށް ކުރި ކަންކަން

8 ސެޕްޓެމްބަރު 2023 | ހުކުރު 03:30

ސިޔާސީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ކައުންސިލުތަކުގެ 33 އިންސައްތަ އަންހެނުންނަށް ވަނީ ޚާއްސަކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ސެޕްޓެމްބަރު 2023 | ހުކުރު 03:30
ދިޔާނާ ސައީދު

ދިޔާނާ ސައީދު

މިސަރުކާރުން އަންހެނުންގެ ކުރިއެރުމާއި ތަރައްޤީއަށް ކޮށްފައިވާ ކަންކަން ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސައީދު ވިދާޅުވެދެއްވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީގެ ހިތަދޫގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ - އުފާވެރި އައްޑޫ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދިޔާނާ ވިދާޅުވީ އިންތިޚާބަކަށް ކުރިމަތިލާއިރު އަންހެނުންނަށް މިސަރުކާރުން ކޮށްދީފައިވާކަންކަން ބަލާލަންޖެހޭކަމަށެވެ. އެގޮތުން ސިޔާސީ ރޮނގުން އަންހެނުން ބާރުވެރިކުރުވުމަށް ކުރީގައި ފިރިހެނުން ޑޮމިނޭޓްކުރަމުންދިޔަ ކައުންސިލުތަކުގެ 33 އިންސައްތަ އަންހެނުންނަށް ގާނޫނަކުން މިހާރު ވަނީ ލާޒިމްކޮށްފައިކަމަށް ދިޔާނާ ވިދާޅުވިއެވެ. މީގެއިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ގާނޫނީ ބާރު ދީފައިވާކަމަށް ދިޔާނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެއިތުރުން ސުޕްރީމް ކޯޓަށް ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅުން އައްޔަނުކުރައްވާފައިވާކަމަށް ދިޔާނާ ވިދާޅުވިއެވެ. ސިވިލް ސަރވިސްގައިވެސް މިންތީގެ ހަމަހަމަކަން ގާއިމުކުރެވިފައިވާކަމަށާއި ފޮރިން ސަރވިސްގައިވެސް މިންތީގެ ހަމަހަކަން ގާއިމުކޮށްފައިވާކަމަށް ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ މީގެއިތުރުން ބައްޕައިންނަށް ވެސް އެއް މަސްދުވަހުގެ ޕެޓާނިޓީ ލީވް ލިބިގެންދާކަމަށެވެ.

އަންހެނުން އިގްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް މިސަރުކާރުން އެސްއެމްއީ ލޯނުތަކުގެ ބޮޑު އިންސައްތައެއް ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ އަންހެނުންނަށް ޚާއްސަކޮށްފައިވާކަމަށް ދިޔާނާ ވިދާޅުވިއެވެ. އަދި އަންހެނުން ގެދޮރުވެރިކުރުވުމަށް އެކަނިވެރި މަންމައިންނަށް ވަކިން ޚާއްސަ ޕޮއިންޓް ދީގެން ގެދޮރުވެރިކުރުވާފައިވާކަމަށް ދިޔާނާ ވިދާޅުވިއެވެ.

ހިލޭ ޑިގްރީގައި ކިޔަވަމުންދާ 67 އިންސައްތަ އަކީ އަންހެނުންކަމަށާއި އަންހެނުންގެ ފަންނީ ކުރިއެރުން ފާހަގަކުރުމަށް ޚާއްސަ އެވޯޑެއް މިސަރުކާރުން ދޭކަމަށް ދިޔާނާ ވިދާޅުވިއެވެ. އަދި އަންހެނުންނަށް ޚާއްސަކޮށް ރިހިބިލިޓޭޝަން ސެންޓަރެއް ގާއިމުކޮށްފައިވާކަމަށް ވެސް ދިޔާނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

07 ޖޫން 2017

މިސަރުކާރުން 12 ރަށެއްގެ ބިން ހިއްކައިފިން، އެކަމަށް 1.7 ބިލިއަން ރުފިޔާ ޚަރަދު ކޮށްފިން: މުއިއްޒު

07 ޖޫން 2017
މިސަރުކާރުން 12 ރަށެއްގެ ބިން ހިއްކައިފިން، އެކަމަށް 1.7 ބިލިއަން ރުފިޔާ ޚަރަދު ކޮށްފިން: މުއިއްޒު
06 ޖޫން 2017

މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް

06 ޖޫން 2017
މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް
05 މެއި 2017

ސަރަހައްދީ ކުރިއެރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

05 މެއި 2017
ސަރަހައްދީ ކުރިއެރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
08 މާރިޗު 2017

ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި ވަނީ އިހުމާލުވެފައި: ރައީސް މައުމޫން

08 މާރިޗު 2017
ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި ވަނީ އިހުމާލުވެފައި: ރައީސް މައުމޫން
08 މާރިޗު 2017

އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން

08 މާރިޗު 2017
އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން
08 މާރިޗު 2017

އަންހެނުންގެ ހައްގުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިމޮކްރަސީ ނެތުން: ފައްޔާޒު

08 މާރިޗު 2017
އަންހެނުންގެ ހައްގުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިމޮކްރަސީ ނެތުން: ފައްޔާޒު
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
22 ފެބުރުއަރީ 2017

ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް