Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު ވޯޓުކަރުދާސް

ރިޔާސީ އިންތިޚާބަށް 285،219 ވޯޓު ކަރުދާސް ޗާޕުކޮށްފި

8 ސެޕްޓެމްބަރު 2023 | ހުކުރު 03:20

ވޯޓުކަރުދާސް ޗާޕްކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ސެޕްޓެމްބަރު 2023 | ހުކުރު 03:20
ރިޔާސީ އިންތިޚާބު 2018 ގައި އޮފިޝަލުން ވޯޓު ކަރުދާސް ގުނަނީ

ރިޔާސީ އިންތިޚާބު 2018 ގައި އޮފިޝަލުން ވޯޓު ކަރުދާސް ގުނަނީ

ސެޕްޓެންބަރު 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ވޯޓުނެގުމަށްޓަކައި ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސްތައް އިލެކްޝަންސް ކޮމިޝަނު(އީސީ)ން ޗާޕުކޮށްފިއެވެ.

އީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ޗާޕްކޮށްފައިވާ ވޯޓު ކަރުދާހުގެ ޖުމްލަ ޢަދަދަކީ 285،219 (ދެލައްކަ އަށްޑިހަ ފަސްހާސް ދުއިސައްތަ ނަވާރަ)ކަމަށެވެ. މި ވޯޓުކަރުދާސް ޗާޕްކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑުންކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.

Advertisement - newsAdvertisement

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 36 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އީސީން ޗާޕުކުރާ ވޯޓުކަރުދާހުގެ އަދަދު ހާމަކޮށްފައިވާއިރު އެމާއްދާގައި ބުނެފައިވަނީ ކޮންމެ އިންތިޚާބެއްގައިވެސް އެ އިންތިޚާބެއް ބޭއްވުމުގެ ގިނަވެގެން 5 ދުވަސް ކުރިން އެ އިންތިޚާބަކަށް ޗާޕްކުރެވުނު ވޯޓު ކަރުދާހުގެ ޖުމްލަ ޢަދަދާއ،ި ވޯޓު ކަރުދާސް ޗާޕްކުރިތަނެއްގެ މައުލޫމާތު އާންމުކޮށް އިއުލާންކުރަންވާނެއެވެ.

މީގެއިތުރުން ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ވޯޓުލާ މަރުކަޒަކަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ޢަދަދަށްވުރެ 1 އިންސައްތަ އިތުރުނުވާ އަދަދަކަށް ވޯޓުކަރުދާސް ވޯޓުލާ މަރުކަޒަށް ފޮނުވަން ޖެހޭނެކަމަށެވެ.

ރިޔާސީ އިންތިޚާބު 2023ގެ ގައުމީ ލަފާދޭ ކޮމެޓީގެ ތިންވަނަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އީސީގެ ނާއިބު ރައީސް އިސްމާއީލު ހަބީބު ވިދާޅުވެފައިވަނީ މިފަހަރުގެ ވޯޓު ކަރުދާހުގައި ވެސް ސެކިއުރިޓީ ފީޗަރސް ހުންނާނެކަމަށެވެ. އަދި ސެކިއުރިޓީ ފީޗަރސްގެ މައުލޫމާތު ވޯޓުލާ މަރުކަޒުތަކުގެ ވެރިންނަށް އަރުވާފައިވާނެކަމަށެވެ.

މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،755 މީހުންނަށެވެ. އަދި ރިޔާސީ އިންތިޚާބުގައި 574 ވޯޓު ފޮށި ބަހައްޓާނެކަމަށް އީސީން ބުނެއެވެ. މާލެ ސަރަހައްދުގައި 176 ފޮށި ބަހައްޓާނެއެވެ. އެއީ މާލޭގައި 142 ފޮށި، ހުޅުމާލޭގައި 27 އަދި ވިލިމާލޭގައި 7 ވޯޓު ފޮއްޓެވެ. އަތޮޅުތަކާއި ސިޓީތަކުގައި 319 ވޯޓު ފޮށި ބަހައްޓާއިރު, ޖަލުތަކުގައި 5 ވޯޓު ފޮށި ބަހައްޓައެވެ. ސިނާއީ ސަރަހައްދުތަކުގައި 1 ވޯޓު ފޮށި ބަހައްޓާއިރު ރިސޯޓްތަކުގައި 65 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި ރާއްޖެއިން ބޭރުގައި 8 ވޯޓު ފޮށި ބަހައްޓާނެއެވެ.

މިއަހަރުގެ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް