Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންގެ ޚިދުމަތް

މާލެ ނޫން ތަނެއްގައި ވަޒީފާ އަދާކުރުމަށް އުޒުުރުވެރިވެ، ވަޒީފާއަށް ނުނިކުމެ ހުރި އޮފިސަރު ވަކިކުރީ ރަނގަޅަށް: ސުޕްރީމް ކޯޓު

ތަކުރާރުކޮށް ޑިއުޓީއަށް ނުކުތުމަށް އެންގުމުންވެސް އޭނާ އެކަމަށް އިޖާބަ ދީފައެއްނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ސެޕްޓެމްބަރު 2023 | ބުދަ 07:03
ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން

ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން

މާލެ ނޫން ތަނެއްގައި ވަޒީފާ އަދާކުރުމަށްވެސް އުޒުުރުވެރިވެ، ވަޒީފާއަށް ނުނިކުމެ ހުރި ކޮންސްޓެބަލް ޙަސަން ސައީދު ވަޒީފާއިން ވަކިކުރީ ރަނގަޅަށްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމްކޮށްފިއެވެ.

ޙަސަން ސައީދަކީ 2005 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ޚިދުމަތުގައި ވަޒީފާ އަދާކުރަމުން އައިސްފައިވާ މީހެކެވެ.

Advertisement - newsAdvertisement

އޭނާ ހިތަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރިއިރު، 8 ފެބްރުއަރީ 2012 ވަނަ ދުވަހު ޑިއުޓީއަށް ނުކުމެ، ހުއްދަ ހޯދުމެއްނެތި އޭނާ ވަނީ މާލެ ގޮސްފައެވެ. އެ ދުވަހު ތަކުރާރުކޮށް ޑިއުޓީއަށް ނުކުތުމަށް އެންގުމުންވެސް އޭނާ އެކަމަށް އިޖާބަ ދީފައެއް ނުވެއެވެ.

ފަހުން އޭނާ ވަނީ މާލެ ނޫން ތަނެއްގައި ވަޒީފާ އަދާކުރުމަށްވެސް އުޒުުރުވެރިވެފައެވެ.

އެކަންކަމާއި ގުޅިގެން 8 އޯގަސްޓު 2012 ވަނަ ދުވަހު ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައެވެ.

އެހިސާބުން ޙަސަން ސައީދު ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވުން އެދި، އެކަމުގެ ބަދަލު ހޯދުމަށް ދައުލަތާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.

ސިވިލް ކޯޓުން އެ މައްސަލަ ނިމުނީ ޙަސަން ސައީދާ ދެކޮޅަށެވެ. އެގޮތަށް ނިންމުމުގައި ސިވިލް ކޯޓުން ބަލާފައިވާ ކަންކަމުގެ ތެރޭގައި އޭނާ ވަޒީފާގައި ހުރެފައި ހުއްދަ ނުހޯދައި މާލެ ބަދަލުވިކަމާއި، އައްޑޫގައި ވަޒީފާއަށް އަނބުރާ އައުމަށް އުޒުރުވެރިވިކަމާއި، ފުލުހުންގެ މީހަކު ވަޒީފާ ދޫކޮށް ފިލައިގެން ހިނގައްޖެނަމަ ނުވަތަ ވަޒީފާއިން ފިލައިގެންދާން އުޅެފިނަމަ އެމީހަކަށް އަދަބުދެވޭނެކަން ބަޔާންކޮށްފައިވާ ޤާނޫނުތަކަށެވެ.

ސިވިލް ކޯޓުގެ ނިންމުން އޭނާ ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުންވެސް ނިންމާފައިވަނީ ސިވިލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.

ވުމާއެކު، އޭނާ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުން ބުދަ ދުވަހު ވަނީ އެ މައްސަލައިގެ ޙުކުމް ކުރައްވާފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި 3 ފަނޑިޔާރުން ވިދާޅުވީ، ފުލުހަކު ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރަންޖެހޭ ލާޒިމު އިޖުރާއަތުތަކަށް ބަލައި، އޭނާ ވަޒީފާއިން ވަކިކުުރުމުގައި މައުޟޫއީ އަދުލުވެރިކަމާއި، އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައިވާކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ވުމާއެކު، މި މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް އޮތްކަމަށް ފެނިވަޑައިނުގަންނަވާކަމަށް ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ޙުކުމް ކުރައްވާފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ޑރ މުޙައްމަދު އިބްރާހިމްއާއި، ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން، ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު