Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލިޓަންގެ މަރުގެ މައްސަލަ

ލިޓަން މަރާލިކަމަށް ތުހުމަތުކުރެވޭ ނިޒާމަށް ވަކީލަކު އައްޔަނު ކުރަން ފުރުސަތު ދީފި

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ މުޙައްމަދު މިސްބާޙު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ސެޕްޓެމްބަރު 2023 | އަންގާރަ 04:24
މުހައްމަދު ލިޓަންގެ މަރުގެ މައްސަލާގައި، އޭނާ މަރާލި ކަމަށް ތުހުމަތުކުރެވޭ، ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމު

މުހައްމަދު ލިޓަންގެ މަރުގެ މައްސަލާގައި، އޭނާ މަރާލި ކަމަށް ތުހުމަތުކުރެވޭ، ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމު

ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ލިޓަންގެ މަރުގެ މައްސަލާގައި، އޭނާ މަރާލި ކަމަށް ތުހުމަތުކުރެވޭ، ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ މުޙައްމަދު މިސްބާޙުއެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ މި މައްސަލައިގެ އިބްތިދާއީ ފުރަތަމަ އަޑުއެހުމެވެ.

މި އަޑުއެހުމުގައި ގާޒީ ވަނީ އޭނާއަށް ލިބިގެންވާ ޙައްޤުތައް ކިޔާދެއްވާފައެވެ.

މި މައްސަލައިގައި ދައުވާލިބޭ ފަރާތުގެ ވަކީލަކު އަދި އައްޔަނުވެފައިނުވާތީ ޝަރީއަތުން ވަނީ ވަކީލަކު އައްޔަނުވުމުން، ލިޔެކިއުންތަކާއި ގުޅޭގޮތުން އިދާރީ ބައްދަލުވުމެއް ބާއްވަވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން މިއީ ގިނަ ލިޔެކިއުންތަކެއް ހުށައެޅިފައިވާ މައްސަލައެއްކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

މިއީ މަރުގެ ބޮޑު މައްސަލައަކަށްވާތީ ދައުލަތުންވެސް ވަނީ އެފަރާތަށް ވަކީލަކު އައްޔަނުވުމުން، އަޑުއެހުން ކުރިއަށް ގެންދިއުމަށް އެދިފައެވެ.

މައްސަލައިގެ ފަސްފަހަތް:

ލިޓަންއާއި ނިޒާމް ތެޔޮ ބޯޓެއްގައި ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ޚަބަރެއް ނުވެގެން އެ މީހުން ހޯދަން ފެށީ މިދިޔަ ޑިސެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ. އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދަނިކޮށް ހުޅުލޭ ނެރު ކައިރިން، އެ ދެ މީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ ފެނިފައެވެ.

ނިޒާމްވެސް ގެއްލިފައި ވާކަމަށްބުނެ ފުލުހުން އޭނާއާއި ލިޓަން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ގެއްލުނުތާ ތިން ދުވަސް ފަހުން ނިޒާމް މާލެއިން ފެނިގެން، ފުލުހުން ވަނީ ޖެނުއަރީ 3ގައި އޭނާ ހައްޔަރުކޮށްފައެވެ.

މި މައްސަލާގައި ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި އެހެން ހެކިތަކުން، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ގަބޫލުކުރެވޭ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފައިވެއެވެ. އަދި ނިޒާމް ކުރި ކަމަކީ މީހަކު މަރުވެދާނެ ފަދަ ކަމެއް ކަމަށާއި އެއީ އެނޫން ނަތީޖާއެއް ނުނިކުންނާނެ ކަމެއްކަން ދައުލަތުން ކޯޓުގައި ސާބިތުކޮށްދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

20 ޖުލައި 2017

ޖެނެރަލް ދީދީީގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް 10 ދުވަސް!

20 ޖުލައި 2017
ޖެނެރަލް ދީދީީގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް 10 ދުވަސް!
07 ޖުލައި 2017

އަދީބުގެ ބޭސްފަރުވާއާ ގުޅިގެން ޑޮކްޓަރުންނަށް ނުފޫޒުފޯރުވާ ކަމަށް ތުހުމަތުކުރެވޭ: މަހްފޫޒް

07 ޖުލައި 2017
އަދީބުގެ ބޭސްފަރުވާއާ ގުޅިގެން ޑޮކްޓަރުންނަށް ނުފޫޒުފޯރުވާ ކަމަށް ތުހުމަތުކުރެވޭ: މަހްފޫޒް
02 ޖުލައި 2017

ޖިނާއީ އިޖުރާއަތުގެ ގާނޫނުން ޖިނާއީ އަދުލުގެ ނިޒާމަށް ހެޔޮ ބަދަލު އަންނާނެ، ހެއްކާއި ބެހޭ ބިލް ފާސްވުން މުހިއްމު: އޭޖީ

02 ޖުލައި 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނުން ޖިނާއީ އަދުލުގެ ނިޒާމަށް ހެޔޮ ބަދަލު އަންނާނެ، ހެއްކާއި ބެހޭ ބިލް ފާސްވުން މުހިއްމު: އޭޖީ
19 ޖޫން 2017

ޔާމިން މަރާލިކަމަށް ފުލުހުން ބުނާ އިސްމާއީލް ރަޝީދުގެ އާއިލާގެ ތުހުމަތު ފުލުހުން ދޮގުކޮށްފި

19 ޖޫން 2017
ޔާމިން މަރާލިކަމަށް ފުލުހުން ބުނާ އިސްމާއީލް ރަޝީދުގެ އާއިލާގެ ތުހުމަތު ފުލުހުން ދޮގުކޮށްފި
19 ޖޫން 2017

ޔާމީން ރަޝީދު މަރާލިކަމަށް ބުނާ ކުދިންގެ ފަހަތުގައި ތިބީ ކޮން ބައެއްތޯ ބަލަންޖެހޭ: ރޮޒެއިނާ

19 ޖޫން 2017
ޔާމީން ރަޝީދު މަރާލިކަމަށް ބުނާ ކުދިންގެ ފަހަތުގައި ތިބީ ކޮން ބައެއްތޯ ބަލަންޖެހޭ: ރޮޒެއިނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު