Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޮޅިވަރަންފަރުގެ ތަރައްގީ

ނޮޅިވަރަންފަރުގެ މަގުތަކުގައި ތާރުއަޅާ ސިއްހީ މަރުކަޒުން ލިބޭ ހިދުމަތްތައް ފުޅާކުރައްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ސިއްހީ ހިދުމަތް ފުޅާކުރައްވާނެކަމަށް ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 ސެޕްޓެމްބަރު 2023 | އާދީއްތަ 08:49
ރައީސް ޞާލިހް ނޮޅިވަރަންފަރުގައި ވާހަކަފުޅުދައްކަވަނީ

ރައީސް ޞާލިހް ނޮޅިވަރަންފަރުގައި ވާހަކަފުޅުދައްކަވަނީ

ހދ. ނޮޅިވަރަންފަރުގެ މަގުތަކުގައި ތާރުއަޅާ ސިއްހީމަރުކަޒުން ލިބޭ ހިދުމަތްތައް ފުޅާކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ "އުފާވެރި އަމާންރާއްޖެ" ކެމްޕޭންގައި ހދ. ނޮޅިވަރަންފަރަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވިއްސާރައިގައި ތެމިގެން ރައްޔިތުން އެމަނިކުފާނާއި އެމަނިކުފާނާއެކު ވަޑައިގެންނެވި ވަފުދަށް މަރުހަބާ ދެންނެވުމަށް ނުކުތުމުން ދޭހަވަނީ އެނބުރި އަނިޔާވެރިކަމުގެ ތެރެއަށްދާން ބޭނުން ނުވާކަން ކަމަށެވެ. ރައީސް ވިދާޅުވީ 2013ން 2018ށް ދުށް އަނިޔާވެިރކަން އަދިވެސް ރައްޔިތުން ހަނދާނުގައި އެބަހުރިކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ރަށެއް ބާކީ ނުކޮށް ކުރާ މަސައްކަތުގައި ނޮޅިވަރަންފަރުގެ ރައްޔިތުން ތިބިކަން ހާމަވެގެންދާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ އެމަނިކުފާނަށް ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާރަށަކަށް ދެވިއްޖެ ކަމަށެވެ. ރަށްރަށުން ފެންނަނީ ކޯލިޝަނާ އެކު ތިބިތަން ކަމަށާއި، އަނިޔާވެރިކަން ބޭނުން ނުވާކަން ފެނިގެންދާ ކަމަށެވެ. ރައީސް ވިދާޅުވީ ފެނިވަޑައިގަންނަވަނީ އެއްބުރުން ކާމިޔާބު ކުރެވޭނެކަން ކަމަށާއި، ފެންނަނީ ސިޔާސީ ހަމަޖެހުމާއި، ކުޑަރަށެއް ބޮޑުރަށެއް ބާކީ ނުކޮށް އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގެ ނަތީޖާ ކަމަށެވެ.

ރައީސް ވިދާޅުވީ މި ދައުރުގެ ތެރޭގައި ކަންތައްތަކެއް ކުރެވިއްޖެ ކަމަށެވެ. އެންމެ ފުރަތަމަ ބެލެނިވެރިންގެ އަތުން ހަރަދެއް ނުކޮށް މަތީތައުލީމް ލިބޭނެ ގޮތް ވުމަކީ މި ރާއްޖެއާއި އާއިލާތަކަށް ލިބުނު އެންމެ އުފާވެރިކަން ކަމަށެވެ. ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރެވުނު މަސައްކަތުގެ ނަތީޖާ ކުރިއަށް އޮތް ތިން ހަތަރު އަހަރު ތެރޭގައި ފެންނާނެ ކަމަށެވެ. އަދި ފެނާ ނަރުދަމާ، ލަފާފުރުމުގެ ދަތިކަން، އާރުޓީއެލް ބޮޑުތިލަދުންމަތީގައި ފެށުމާއެކީގައި އެއްރަށުން އަނެއްރަށާ ގުޅި ފައިދާވަމުންދާ ކަމަށެވެ. މިނިމަމްވޭޖް ކަނޑައެޅިއްޖެ ކަމަށާއި، ގާނޫނަށް ބަދަލު ނުގެނެސް އެއަށް ބަދަލެއް ނުގެނެެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ބޮޑުތިލަުދުންމައްޗައް ގެންނަނީ ބޮޑު ބަދަލެއް ކަމަށެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށާއި، ލޯކަލް ޓުއަރިޒަމަށް އޮތް ފުރުސަތު ފުޅާވެގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެތަން ނިމިގެންދާއިރު އެތަނަށް 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށެވެ. ނަަމަވެސް ބިރުވެރިކަމަކީ އެ މަސައްކަތް ހުއްޓިދާނެތީ ކަމަށް ރައީސް ވިދާޅުވީއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރުގެ ތެރޭގައި ނޮޅިވަރަންފަރުގެ ތަރައްގީއަށްޓަކައި ކުރެވެންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. ރައީސް ވިދާޅުވީ މި 5 އަހަރުގެ ތެރޭގައި އަދި ބިންގާ އެޅުނީ ކަމަށާއި، އައު ސްކޫލުގައި މަލްޓިޕަރޕަސް ހޯލެއް އަޅައިދެއްވާނެ ކަމަށެވެ. އެ މަސައްކަތް މިހާރުވީ ޕްރީޓެންޑަރިން މަރުހަލާގައި ކަމަށާއި، ބޮޑެތި މަގުތައް ތާރުއަޅާ ޒަމާނީ ފެންވަރަކަށް ހައްދަވާނެ ކަމަށެވެ. މީގެ އިތުރުން ސިއްހީ މަރުކަޒުން ދޭ ހިުދމަތް ތަރައްގީކޮށް ފުޅާކުރައްވާނެ ކަމަށާއި، ޒުވާނުންނަށްޓަކައި ތަފާތު ކުޅިވަރުކުޅެވޭ ގޮތަށް ޒުވާނުންގެ މަރުކަޒެއް އަޅައިދީ ޓާފް ބޮޑު ދަޅެއް އަޅައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެންމެ ބޮޑު މައްސަލައަކީ ނޮޅީވަރަންފަރުގެ ބަނދަރަށް ވަދެ ނިކުތުމުގެ މައްސަލަ އެބަހުރި ކަމަށާއި، ލަސްތަކެއްނުވެ ނެރުގެ މައްސަލަ ހައްލުކޮށް ގިރާ ސަރަހައްދު ހިމާޔަތްކޮށްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ބައެއް ރަށްރަށުން މީހުން ބަދަލުކޮށްފައި ނޮޅިވަރަންފަރުގައި އެބަތިބި ކަމަށެވެ. އެތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ކުއްޔަށް ބަދަލެއް ގެނައުމަށް އެދިފައިވާ ކަމަށާއި، އެކަމާއި ވިސްނަމުން ގެންދަވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދައުރުގައި ހެޔޮ ބަދަލެއް އެކަމަށް ގެންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެދުމަކީ ނޮޅިވަރުންފަރުގެ ރައްޔިތުން ނުކުމެ އެކީއެކީގައި ވޯޓު ދެއްވުން ކަމަށެވެ. ހުންނެވީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށާއި، ފަށާފައިވާ މަސައްކަތް ނިންމުމަށް އިތުރު ދައުރެއް ބޭނުންވާ ކަމަށާއި، އެހެން ނޫންނަމަށް ރާއްޖެ ވެއްޓޭނީ އަނެއްކާ ވެސް އަނދަވަޅަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

08 ޖޫން 2017

އަދީބަށްވެސް ފުރިހަމަ ސިއްހީ ފަރުވާ ދޭންޖެހޭ: ރައީސް މައުމޫން

08 ޖޫން 2017
އަދީބަށްވެސް ފުރިހަމަ ސިއްހީ ފަރުވާ ދޭންޖެހޭ: ރައީސް މައުމޫން
29 މެއި 2017

މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ

29 މެއި 2017
މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ
22 މެއި 2017

އަދީބަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ފަރުވާއަށް ބޭރަށް ފޮނުވައިދިނުމަށް އެދިއްޖެ

22 މެއި 2017
އަދީބަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ފަރުވާއަށް ބޭރަށް ފޮނުވައިދިނުމަށް އެދިއްޖެ
09 މެއި 2017

އާސަންދަ ހިދުމަތުގެ ބޭރުގެ ސިއްހީ ފަރުވާ އަށް 89 މިލިއަން ރުފިޔާ

09 މެއި 2017
އާސަންދަ ހިދުމަތުގެ ބޭރުގެ ސިއްހީ ފަރުވާ އަށް 89 މިލިއަން ރުފިޔާ
12 އެޕްރީލު 2017

މަޑަވެލީ ސިއްހީ މަރުކަޒުގެ ސީނިއަ އެޑްމިނިސްޓްރޭޓަރ ވަކިކޮށްފި

12 އެޕްރީލު 2017
މަޑަވެލީ ސިއްހީ މަރުކަޒުގެ ސީނިއަ އެޑްމިނިސްޓްރޭޓަރ ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު