Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސައުދީ ޕްރޯ ލީގު

އަލް ނަސްރަށް ތިން ވަނަ މޮޅު، ރޮނާލްޑޯގެ ކެރިއަރުގައި 850 ވަނަ ލަނޑު

މޮޅާއެކު އަލް ނަސްރު ވަނީ ލީގު ތާވަލްގެ ހަ ވަނަ އަށް ޖެހިލައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2023 | އާދީއްތަ 02:40
ސައުދީ ޕްރޯ ލީގުގައި އަލް ނަސްރުން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު، ރޮނާލްޑޯ އުފާ ފާޅުކުރަނީ

ސައުދީ ޕްރޯ ލީގުގައި އަލް ނަސްރުން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު، ރޮނާލްޑޯ އުފާ ފާޅުކުރަނީ

ސައުދީ ޕްރޯ ލީގުގައި އަލް ހަޒްމާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ނަސްރުން ތިން ވަނަ މޮޅު ހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އަލް ނަސްރުން ކާމިޔާބު ކުރީ 5-1 ގެ ބޮޑު ތަފާތަކުންނެވެ. މި ސީޒަންގެ ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވި ނަމަވެސް، ފަހުން ކުޅުނު ތިން މެޗުގައި ވެސް އަލް ނަސްރުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް އަލް ނަސްރުންނެވެ. ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި އެ ޓީމަށް ކުރި ހޯދައިދިނީ އަބްދުއްރަހްމާން ގަރީބް އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ ޢަބްދުﷲ އަލް ޚައިބަރީ އެވެ. ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި އަލް ހަޒްމުން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ބަދަމޮސީ އެވެ. އަލް ނަސްރުގެ ތިން ވަނަ ލަނޑު 57 ވަނަ މިނެޓުގައި ޖެހީ އޮޓަވިއޯ އެވެ. އޭގެ ފަހުން 68 ވަނަ މިނެޓުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ ރޮނާލްޑޯގެ ފުޓުބޯޅަ ކެރިއަރުގައި އޭނާ ޖެހި 850 ވަނަ ލަނޑެވެ. މިއީ އަލް ނަސްރުގެ ޖާޒީގައި ރޮނާލްޑޯ ޖެހި 26 ވަނަ ލަނޑެވެ. އަލް ނަސްރުގެ ފަހު ލަނޑު، 78 ވަމަ މިނެޓުގައި ޖެހީ ސެނެގާލްގެ ސަޑިއޯ މާނޭ އެވެ. މިއީ މާނޭ އަލް ނަސްރަށް ޖަހައިދިން ހަތަރު ވަނަ ލަނޑެވެ.

މޮޅާއެކު އަލް ނަސްރު ވަނީ ލީގު ތާވަލްގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު ފަސް މެޗުން ނުވަ ޕޮއިންޓު ހޯދައިގެންނެވެ. ލީގުގައި ދެން އެ ޓީމަށް އޮންނާނީ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އަލް ރައީދާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު