Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ލ އަތޮޅަށް ކުރައްވާ ދަތުރުފުޅު

މާމެންދޫ ރައްޔިތުން ބޭނުންވާ ގޮތަށް ބިން ހިއްކައި، ރޯހައުސް އަޅައިދޭނަން: ރައީސް

މާމެންދޫ ސިއްހީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ބަދަލުކޮށްދެއްވާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 29 އޯގަސްޓު 2023 | އަންގާރަ 14:05
ރައީސް މާމެންދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ

ރައީސް މާމެންދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ

ލ. މާމެންދޫގެ ރައްޔިތުން އެދޭ ގޮތަށް، ދެވަނަ ދައުރެއްގައި އެ ރަށުގެ ބިން ހިއްކައި ރޯހައުސް އަޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވައުދުވެވަޑައިގެންފިއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭނަށް އަންގާރަ ދުވަހު މާމެންދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި ވެސް އެ ރަށަށް ގިނަ ކަންކަން ކޮށްދެއްވުމަށް ނިންމަވާފައި ވާކަމަށެވެ. އެގޮތުން، ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމަށް މިހާރު އަޅާފައިވާ ބިންގަލުގެ މަތީގައި، ރައްޔިތުންނަށް އުފާވެރި، އަމާން މުޖުތަމައެއް ގެނެސްދެއްވުމަކީ އުއްމީދެއްކަމަށާއި، އެމަނިކުފާނުގެ މެނިފެސްޓޯގައިވާ ކަންކަން ކޮށް ނިމޭއިރު ރާއްޖެއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބިމުގެ ދަތިކަމާއި ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލައަކީ މާމެންދޫ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، އެކަން އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި ހައްލު ކޮށްދެއްވާނެ ކަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ކުރާއިރު އެ ރަށުގައި މޫދަށް އެރޭނެ ސަރަހައްދެއް ހައްދަވައިދެއްވައި، ޒުވާނުން ބޭނުންވާ އިންޑޯ ބެޑްމިންޓަން ކޯޓާއި އިޖުތިމާއީ މަރުކަޒު އަޅުއްވައިދެއްވައި، އެ ރަށުގެ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ޚިދުމަތްދޭ ތަނަކަށް ބަދަލުކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވިއްސާރަވާއިރު ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި ރަށްރަށުގައި ހިންގާ އެންމެ ބޮޑު މަޝްރޫއަކަށް ވެގެންދާނީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ކަމަށެވެ. މި މަސައްކަތުގެ ދަށުން މާމެންދޫގެ ބޮޑެތި މަގުތަކުގައި ތާރު އަޅައި ތަރައްގީ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުތަކުން މަސްވެރިކަމުގެ ދާއިރާއަށް އިހުމާލުވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ސިނާއަތް ކުރިއެރުވުމަށް މިހާރުވެސް މަސައްކަތް ކުރަމުން އަންނައިރު، އަދިވެސް ކުރަންޖެހޭ ގިނަ ކަންކަން ހުރިކަމަށެވެ. މި ސަރުކާރުގެ ވިސްނުމަކީ ވަގުތީ ހައްލަކަށްވުރެ ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށާއި، އަހަރެއް ނުވަތަ ދޮޅު އަހަރު ތެރޭގައި އެ ސިނާއަތަށް ބޮޑު ބަދަލެއް އަންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މާމެންދޫރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުއުފާވެރި އަމާން ރާއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު