Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުންޑޫގެ ތަރައްޤީ

ކިތައްމެ އާބާދީ ކުޑަޔަސް މުންޑޫ ރައްޔިތުން ބާކީ ނުކުރާނަން - ރައީސް

29 އޯގަސްޓު 2023 | އަންގާރަ 04:49

ބޯހިޔާވަހިކަމުގެ ސިޔާސަތުން މުންޑޫ ރައްޔިތުން ބާކީ ނުކުރާނަން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 އޯގަސްޓު 2023 | އަންގާރަ 04:49
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މުންޑޫގައި ވާހަކަފުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މުންޑޫގައި ވާހަކަފުޅުދައްކަވަނީ

އާބާދީ ކިތައްމެ ކުޑަޔަސް ލ. މުންޑޫ ރައްޔިތުން ތަރައްޤީގެ ސަފުން ބާކީ ނުކޮށް، ކުރިއަށް އޮތް ދައުރުގައި ވެސް ތަރައްޤީގެ އިތުރު ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭނަށް ލ. މުންޑޫއަށް ވަޑައިގެން ރައްޔިތުންނައި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މިނިވަން ޤައުމެއްގެ ގޮތުގައި ރާއްޖެ ބޭއްވުމަށް ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. ރައްޔިތުންނަކީ މިނިވަންކަމާއެކު އުޅޭ ބައެއްކަމުގައިވާންޖެހޭ ކަމަށާއި، މިނިވަން ދައުލަތެއްގެ ގޮތުގައި ބާއްވަން ބޭނުން ނަމަ މިނިވަންކަމާއެކު އުޅެވޭނެ ފުރުސަތުދޭން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ސަރުކާރުތަކުން ތަފާތުކުރުންތައް ބަހައްޓާފައިވާ ކަމަށާއި، އެކަން މި ސަރުކާރުން ނައްތާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ 2018 ގައި ކެމްޕޭނަށް ވަޑައިގެންނެވިއިރު މުންޑޫ އޮތީ ހަނަފަސް ސަހަރާއެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް މިދިޔަ 5 އަހަރު ތެރޭގައި ކަންތައްތަކެއް ކޮށްދީފައިވާ ކަމަށާއި، އާބާދީ ކިތައްމެ ކުޑަޔަސް ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި އަދި ކުރިއަށް އޮތް ދައުރުގައި ވެސް ބާކީ ނުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މުންޑޫ ރައްޔިތުން ބޭނުންވާ ބައެއް ކަންތައްތައް އަދިވެސް އެބަހުރި ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދައުރުގައި މުންޑޫގެ ބަނދަރަށް ބަދަލު ގެނެސް ފުންކޮށް ޒަމާނީ ފެންވަރަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި ޒުވާނުން ބޭނުންވާ ފުޓްބޯޅަ ދަނޑާއި ވޮލީ ކޯޓު އަޅުއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ މީގެ އިތުރުން ވެސް ރައްޔިތުން ބޭނުންވާ އިތުރު ކަންކަން ހުންނާނެ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ ސިޔާސަތެއް އެބައޮތް ކަމަށާއި، އެކަމުން ވެސް މުންޑޫ ބާކީވެގެން ނުދާނެ ކަމަށެވެ.

ރައީސް ވަނީ މުންޑޫގެ ރައްޔިތުން ވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެކުގައި ތިއްބެވުމަށް އެދިވަޑައިގަންނަވާފައެވެ.

ލ. މުންޑޫރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުއުފާވެރި އަމާން ރާއްޖެމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
06 ނޮވެމްބަރު 2025

އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި

06 ނޮވެމްބަރު 2025
އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި
02 ނޮވެމްބަރު 2025

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން
01 ނޮވެމްބަރު 2025

ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި

01 ނޮވެމްބަރު 2025
ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި
01 ނޮވެމްބަރު 2025

ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި

01 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި
31 އޮކްޓޯބަރު 2025

ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''

31 އޮކްޓޯބަރު 2025
ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް