Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕޮލިސް ސާޖަންޓް އާދަމްގެ މަރު

ޕޮލިސް ސާޖަންޓް އާދަމްގެ މަރު: ދައުލަތުން އިސްތިއުނާފީ ނުކުތާތަކަށް ދިން ޖަވާބަށް ސަމާހުގެ ފަރާތުން ރައްދު ދީފި

ދެން އަންނަ އަޑުއެހުމެއްގައި ސަމާހުއަށްވެސް މައްސަލައާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 އޯގަސްޓު 2023 | އާދީއްތަ 07:40
ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލައިގައި މަރަން ޙުކުމްކޮށްފައިވާ މުހައްމަދު ސަމާހު

ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލައިގައި މަރަން ޙުކުމްކޮށްފައިވާ މުހައްމަދު ސަމާހު

ކ. ކާށިދޫގައި މަރާލި ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ ގާތިލު މުހައްމަދު ސަމާހަށް އިއްވާފައިވާ މަރުގެ ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 16 އޯގަސްޓު 2023 ގައެވެ. އެ ދުވަހު ދައުލަތުން ވަނީ އިސްތިއުނާފީ 4 ނުކުތާއަށްވެސް ޖަވާބުދީފައެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ޝަރީއަތުން ކޮށްފައިވާ ސުވާލަކަށް ދައުލަތުން ޖަވާބު ދިނުމާއި އެކަމާ ގުޅޭގޮތުން ސަމާހުގެ ވަކީލު ވާހަކަ ދެއްކެވުމެވެ.

އެއީ ސާބިތު ކުރުމުގެ ޒިންމާ (ބާޑަން އޮފް ޕްރޫފް) އާ ގުޅޭގޮތުން އެހެނިގެން ޤާނޫނީ ނިޒާމުތަކުގައި އޮންނަ ގޮތާއި ގުޅޭގޮތުން ފަނޑިޔާރުން ކުރެއްވި ސުވާލެކެވެ. އެ ޒިންމާ ބަދަލުވުމުގައި އެކި ޤައުމުތަކުގެ ޤާނޫނީ ނިޒާމުގައި އަމަލުކުރާ ގޮތާއި ގުޅޭގޮތުން މި އަޑުއެހުމުގައި ވަނީ ވާހަކަ ދައްކަވާފައެވެ.

އެއަށްފަހު ދައުލަތުން ދައްކާފައިވާ ވާހަކަތަކަށް ސަމާހުގެ ވަކީލު ހަމްޒާ ލަތީފް ވަނީ ރައްދު ދެއްވާފައެވެ.

ސަމާހުގެ ވަކީލު ވަނީ 31 ޖުލައި 2012 ވަނަ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ސަމާހު ދެއްކި ވާހަކަތަކަކީ އޭނާ އިއުތިރާފުވުންކަމަށް ޝަރީއަތުން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް، އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ދެއްކެވި ވާހަކައިގައި، ސަމާހުގެ މައްޗަށް ކުރާ ދައުވާގެ ޤާނޫނީ އަސާސެއް ވިދާޅުވެދެއްވާފައި ނުވާކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުން އެ ކުށަށް ދޭ އަދަބާ ގުޅޭގޮތުން ފުރަތަމަ ފަހަރަށްވެސް ވާހަކަ ދެއްކެވީ އެ އަހަރުގެ ނޮވެމްބަރު މަހު ކުރިއަށްދިޔަ އަޑުއެހުމުގައި ކަމަށާއި، އޭރު ސަމާހު އިއުތިރާފުވިކަމަށް ޝަރީއަތުންވެސް އޮތީ ނިންމާފައިކަމަށްވެސް އޭނާގެ ވަކީލު ވިދާޅުވިއެވެ.

ޝަރީއަތުން ވަނީ ދެން އަންނަ އަޑުއެހުމެއްގައި ސަމާހުއަށްވެސް މައްސަލައާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވާނެކަމަށް ވިދާޅުވެފައެވެ.

އެއަށްފަހު ދެން އޮންނާނީ ޝަރީއަތުން އިތުރަށް ކުރަންހުރި ސުވާލުތައް ކުރުމާއި، ސަމާހުގެ ވަކީލު މި އަޑުއެހުމުގައި ދެއްކެވި ވާހަކަތަކަށް ދައުލަތުން ރައްދު ދިނުމާއި، ޚުލާސާކޮށް ދެފަރާތުންވެސް ވާހަކަ ދެއްކުމެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ދަށު ކޯޓުގައި ސަމާހު ދައްކާފައިވާ ވާހަކަތަކާއި ދައުވާއަށް ޖަވާބުދާރީވަމުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މިއީ އޭނާ ކުރި ކަމެއްކަމަށް އިއުތިރާފުވެ، އެކަން ހިނގާ ދިޔަ ގޮތްވެސް އޭނާ ޝަރީއަތުގައި ކިޔާދީފައިވާ ކަމަށެވެ. އެގޮތުން މަސްތުގެ ޙާލަތުގައި ހުރުމުން ޙަމަލާ ދެވުނީ ކަމަށާއި، ޙަމަލާ ދެވުނުކަން އެނގޭކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނެފައިވާ ގޮތުގައި އޭނާ އާދަމް ހަލީމް މަރާލީ ގަސްތުގައެއް ނޫނެވެ. އޭނާ ވަޅި ހިފައިގެން ނުކުތީ އާދަމް ހަލީމަށް ބިރު ދައްކާލުމަށް ކަމަށާއި، ނަމަވެސް މަރާލެވުނީ މަސްތުގެ ޙާލަތުގައި ހުރުމުންކަމަށް އޭނާ ބުނެއެވެ.

އެހެންނަމަވެސް، މި ޙާލަތުގައި އޭނާ އިއުތިރާފުވެފައި އެވަނީ ގަސްދު މަރަކަށްކަމަށް ދައުލަތުން ދެކެއެވެ.

ފަސް ފަނޑިޔާރުންގެ ބެންޗަކުން ސުޕްރީމް ކޯޓުގައި ބައްލަވަމުން ގެންދަވާ މި މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު