Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުދީ ޕްރޯ ލީގު

ރޮނާލްޑޯ އަދި މާނޭގެ މޮޅު ކުޅުމާއެކު އަލް ނަސްރަށް ފުރަތަމަ މޮޅު

ލީގުގައި މީގެ ކުރިން ކުޅުނު ދެ މެޗުން ވެސް އަލް ނަސްރު ވަނީ ބަލިވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 އޯގަސްޓު 2023 | ހޮނިހިރު 02:56
މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އާއި މާނޭ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އާއި މާނޭ އުފާ ފާޅު ކުރަނީ

ސައުދީ ޕްރޯ ލީގުގައި އަލް ފާތެހާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މި ސީޒަންގެ ލީގުގައި އަލް ނަސްރުން ފުރަތަމަ މޮޅު ހޯދައިފި އެވެ.

ލީގުގައި މީގެ ކުރިން ކުޅުނު ދެ މެޗުން ވެސް އަލް ނަސްރު ވަނީ ބަލިވެފަ އެވެ. ނަމަވެސް ފާތެހާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ވަނީ 5-0 އިން ކާމިޔާބުކޮށްފަ އެވެ. މެޗުގައި ވިދާލީ އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސެނެގާލްގެ ސަޑިއޯ މާނޭ އެވެ. މެޗުގައި ރޮނާލްޑޯ ތިން ލަނޑު ޖަހައި ހެޓްރިކް ހަމަކުރިއިރު، މާނޭ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން 27 ވަނަ މިނެޓުގައި އަލް ނަސްރަށް ލީޑު ނަގައިދިނީ މާނޭ އެވެ. އެގެ ފަހުން 38 ވަނަ މިނެޓާއި، 55 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ ލަނޑު ޖަހައިފަ އެވެ. އަލް ނަސްރުގެ ހަތަރު ވަނަ ލަނޑު މާނޭ ޖެހީ 81 ވަނަ މިނެޓުގަ އެވެ. ރޮނާލްޑޯ އޭނާގެ ތިން ވަނަ ލަނޑު އަދި އަލް ނަސްރުގެ ފަސް ވަނަ ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގެ ތެރޭގަ އެވެ. މިއީ އަލް ނަސްރުގެ ޖާޒީގައި ރޮނާލްޑޯ ޖެހި 23 ވަނަ ލަނޑެވެ. އެކުލަބަށް ބަދަލުވި ފަހުން އޭނާ ވަނީ މިހާތަނަށް އެ ކުލަބުގައި 28 މެޗު ކުޅެފަ އެވެ. މިއީ ބަޔާން މިއުނިކް ދޫކޮށް އަލް ނަސްރަށް ބަދަލުވި މާނޭ އެ ކުލަބަށް ޖަހައިިދިން ތިން ވަނަ ލަނޑެވެ.

ލީގުގައި ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު އަލް ނަސްރު އޮތީ ތާވަލްގެ 10 ވަނައިގަ އެވެ. ލީގުގައި އެ ޓީމަށް ދެން އޮންނާނީ އޯގަސްޓު މަހުގެ 29 ވަނަ ދުވަހު އަލް ޝަބާބާ ދެކޮޅަށް ކުޅޭ މެޗެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު