Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްލަބް މޯލްޑިވްސް ކަޕް

ސައްތައިން ސައްތަ ރެކޯޑަކާއެކު، ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ވެމްކޯއަށް

26 އޯގަސްޓު 2023 | ހޮނިހިރު 01:57

ފައިނަލް މެޗު ވެމްކޯއިން ކާމިޔާބުކުރީ 5-3 ގެ ނަތީޖާއަކުން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 26 އޯގަސްޓު 2023 | ހޮނިހިރު 01:57
ވެމްކޯ ޓީމް، މުބާރާތުގެ ތަށި އުފުލާލުން

ވެމްކޯ ޓީމް، މުބާރާތުގެ ތަށި އުފުލާލުން

ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ބަލިކުރުމަށްފަހު، ސައްތައިން ސައްތަ ރެކޯޑަކާއެކު ކްލަބް މޯލްޑިވްސް ކަޕުގެ ފަޚުރުވެރި ޗެމްޕިއަންކަން ވެމްކޯއިން ހޯދައިފިއެވެ.

ވެމްކޯއިން ޗެމްޕިއަންކަން ހޯދާފައިވަނީ މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކުރުމަށްފަހުއެވެ. ވެމްކޯ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ބީއެމްއެލް 7-3 ން ބަލިކުރުމަށްފަހުއެވެ. އާރްއާރްސީވެސް ވަނީ ސެމީ ފައިނަލުގައި 7-3 ން އެފްއެސްއެމް ބަލިކޮށްފައެވެ. ހުކުރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗު ވެމްކޯއިން ކާމިޔާބުކުރީ 5-3 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ލަނޑުޖަހައި ފުރަތަމަ ކުރިހޯދީވެސް ވެމްކޯއިންނެވެ. ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ވެމްކޯއަށް ކުރިހޯދަދިނީ ޓީމުގެ ކެޕްޓަން އަލީ ޝިޔާހު (ޝިޔަޅޭ) އެވެ. އޭގެ ތިން މިނެޓުފަހުން ވެމްކޯ އަށް ލީޑު ފުޅާކޮށްދިނީ އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) އެވެ. ނަމަވެސް، އޭގެ މިނެޓެއް ފަހުން އާރްއާރްސީގެ ހުސައިން ގައްސާން ލަބީބް (ހުސީ) ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ފުރަތަމަ ހާފު ނިމުނީ 2-1 ން ވެމްކޯ ކުރިހޯދައިގެނެވެ.

ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި އަހުމަދު ވިޖުދާން ވަނީ ވެމްކޯގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. އަދި އޭގެ ފަހުން ވެމްކޯއިން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހާފައެވެ. އެ ދެ ލަނޑު ޖަހައިދިނީ ފޭދޫ އިއްބެ އާއި އަބްދުﷲ ޖުނެއިދު (ޖޭންނެ) އެވެ. އާރްއާރްސީގެ ފަހު ދެ ލަނޑުގެ ތެރެއިން އެއް ލަނޑަކީ ވެމްކޯގެ ޝިޔަޅޭ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އަނެއް ލަނޑު ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ ހާމިދު ހޮދާއީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވެމްކޯގެ ޖޭންނެ އެވެ.

މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ޝިޔަޅޭ އާއި ހުސީ އެވެ. މި ދެ ކުޅުންތެރިންވެސް ވަނީ އަށް ލަނޑު ޖަހާފައެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ވެމްކޯގެ ކީޕަރު އަބްދުﷲ ޒިމާމް އާއި، އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަލީ ރިޒާ އާއި ޝިޔަޅޭގެ އިތުރުން އާރްއާރްސީގެ ހުސީ އާއި އަލީ ހާފިޒް (ހާއްޕެ) އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވެމްކޯގެ ޝިޔަޅޭ އެވެ.

މިއަހަރުގެ މުބާރާތަކީ ކްލަބް މޯލްޑިވްސް އިން ހަތަރު ޑިވިޝަނަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. ކްލަބް މޯލްޑިވްސް ކްލެސިކް ކާމިޔާބުކޮށްފައިވަނީ ޑީޖޭއޭ އެވެ. އެއިޓީން ތާޓީ ފެނަކައިން ކާމިޔާބުކުރި އިރު، އެއިޓީން ތާޓީ ކްލެސިކް ކާމިޔާބުކުރީ ވެމްކޯ އެވެ. ވާދަކުރި ދެ މުބާރާތުގެވެސް ޗެމްޕިއަންކަން ހޯދާ، ވެމްކޯ އަކީ މުޅި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ކުޑަ ހުސެއިން އެކަޑަމީން "މޯލްޑިވްސް މެރަތަން" ނަމުގައި ދުވުމެއް ބާއްވައިފި

24 ފެބުރުއަރީ 2017
ކުޑަ ހުސެއިން އެކަޑަމީން "މޯލްޑިވްސް މެރަތަން" ނަމުގައި ދުވުމެއް ބާއްވައިފި
19 ފެބުރުއަރީ 2017

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ
11 ފެބުރުއަރީ 2017

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

11 ފެބުރުއަރީ 2017
ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް