Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިގްތިސާދީ ބޮޑު ބަދަލުގެ ސިޔާސަތު

އިގްތިސާދީ ބޮޑު ބަދަލު - "ބަޖެޓް ޑެފިސިޓް ކުޑަކޮށް، ދައުރު ނިމެންވާއިރަށް ޖީޑީޕީގެ ނިސްބަތުން ދަރަނީގެ މިންވަރު %80ށް ކުޑަކުރުން"

24 އޯގަސްޓު 2023 | ބުރާސްފަތި 17:37

ދިވެހި ހުރިހާ ވިޔަފާރިތަކަށް އެކަށީގެންވާ ލުއިގޮތްތަކަށް، ލޯނާއި މެޒަނިން ފައިނޭންސް އަދި އިކުއިޓީ ފައިނޭންސް ލިބޭނެ މަގު ފަހިކޮށްދިނުމަށް ވަނީ ހިމަނާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 24 އޯގަސްޓު 2023 | ބުރާސްފަތި 17:37
"ޒަމާނަކުން އައި ޒަމާނެކެ މިއީ" ޖަލްސާގެ ތެރެއިން

"ޒަމާނަކުން އައި ޒަމާނެކެ މިއީ" ޖަލްސާގެ ތެރެއިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ބަޖެޓް ޑެފިސިޓް ކުޑަކުރައްވައި، ދައުރު ނިމެންވާއިރަށް ޖީޑީޕީގެ ނިސްބަތުން ދަރަނީގެ މިންވަރު %80ށް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވައުދުވެވަޑައިގެންފިއެވެ.

މި ވައުދުފުޅު ހާމަކުރައްވާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ "ޒަމާނަކުން އައި ޒަމާނެކެ މިއީ" ޖަލްސާގައި ހާމަކުރެއްވި "އިގްތިސާދީ ބޮޑު ބަދަލު" ސިޔާސަތުގައެވެ. މި ސިޔާސަތުގައި ޖުމްލަ ހަތަރު ބައެއް ހިމެނޭއިރު، އޭގެ ތެރެއިން ކޮންމެ ބައެއްވެސް އިތުރު ބައިތަކަށް ބަހާލައި، އޭގެ ދަށުން ގިނަ ވައުދުތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން އިގްތިސާދީ ބޮޑު ބަދަލު ސިޔާސަތުގެ ދަށުން ހިމަނާފައިވާ 5 ކަމަކީ؛ ބާރުވެރި އިގްތިސާދު، އިގްތިސާދީ ހަރަކާތްތަކުގައި އެންމެންގެ ބައިވެރިވުން، އެކާވީސް ވަނަ ގަރުނަށް މާލީ ދާއިރާ އަދި ވިލުންވެރި އިގްތިސާދު މިއެވެ.

Advertisement - newsAdvertisement

އޭގެތެރެއިން އެކާވީސްވަނަ ގަރުނަށް މާލީ ދާއިރާގެ ދަށުން ހިމަނާފައިވާ ކަންކަމަކީ؛ ފަހި މާލީ ސިޔާސަތާއި ފައިނޭންޝަލް ސެކްޓަރ ރިފޯމްކުރުން, އަދި އިސްލާމިކް ފައިނޭންސްގެ ސަރަހައްދީ މައި މަރުކަޒަކަށް ރާއްޖެ ހެދުމެވެ.

ފަހި މާލީ ސިޔާސަތުގެ ދަށުން ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ:

- ދެމެހެއްޓެނިވި ފިސްކަލް ސްޓްރެޓެޖީއެއްގެ ދަށުން ދައުލަތުގެ އާމްދަނީ އިތުރުކޮށް، ޚަރަދުކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުކޮށް، މެދުރާސްތާގައި ބަޖެޓް ޑެފިސިޓް ބޮޑު މިންވަރަކަށް ކުޑަކޮށް، ޖީޑީޕީގެ ނިސްބަތުން ދަރަނީގެ މިންވަރު ކުޑަކޮށް، ބަޖެޓް ޑެފިސިޓް ކުޑަކޮށް، ދައުރު ނިމެންވާއިރަށް ޖީޑީޕީގެ ނިސްބަތުން ދަރަނީގެ މިންވަރު %80ށް ކުޑަކުރުމެވެ.

- 2024 ވަނަ އަހަރުގެ އާސަންދަ ނިޒާމުގެ ކަވަރޭޖް ބަދަލުކުރުމާއި، އާސަންދައިން ކުރާ ޚަރަދު އެފިޝަންޓްކުރުން، އަދި މެޑިކަލް އިވެކުވޭޝަން ޚިދުމަތް ފޯރޮކޮށްދިނުމަށް ޚާއްސަ އެއަރ އެމްބިއުލާންސް ތައާރަފް ކުރުން

- ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ވަންނަ ބޭރު ފައިސާ ރާއްޖެއިން ބޭރަށް ލީކުވާ މިންވަރު މަދުކުރުމާއި، ރާއްޖޭގެ އިގްތިސާދު ޑީޑޮލަރައިޒްކުރުމާއި، އިގްތިސާދީގޮތުން ގުޅިފައިވާ ގައުމުތަކާއެކު އެގައުމެއްގެ ފައިސާއިން ވިޔަފާރީގެ މުއާމަލާތް ކުރުން

- ރިނިއުވަބަލް އެނަރޖީ، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ، ސްޕެޝަލައިޒް ހެލްތުކެއަރ، އަދި އެގްރިކަލްޗަރ ފަދަ ދާއިރާތަކަށް އިންވެސްޓްކުރުން

- މާލީ ދާއިރާގެ ވާދަވެރިކަން އިތުރުކުރުމަށް ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން

ފައިނޭންޝަލް ސެކްޓަރ ރިފޯމްކުރުމަށް ނުވަތަ އިގްތިސާދީ ސިނާއަތް ބަދަލުކޮށްލުމަށް 8 ކަމެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

- މާލީ ދާއިރާގެ ރެގިއުލޭޓަރީ އޮނިގަނޑު އެއްކޮށް އޯވަހޯލްކުރުމާއި، ރެގިއުލޭޓަރީ އޮޑިޓެއް ހެދުމާއި، ގާނޫނުތަކާއި ގަވާއިދުތަކަކީ ޒަމާނީ ފައިނޭންޝަލް ސެކްޓަރ އަދި ކެޕިޓަލް މާކެޓަށް އެކަށީގެންވާ އޮނިގަނޑެއްކަން ޔަގީންކުރުން

- މޫވަބަލް އެސެޓްސް ރެޖިސްޓަރެއް ނެތުމުންނާއި، އެފޯޑަބަލް ހައުސިންގ ލޯންސް، އަދި އެސެޓް ކްލެސިފިކޭޝަން އަދި ޕްރޮވިޝަނިންގއާ ގުޅުންހުރި ރެގިއުލޭޓަރީ ބަދަލުތައް ގެނެސް، އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ ރާއްޖޭގެ ވިޔަފާރި މާހައުލާ ގުޅޭގޮތަށް އެއްހަމަކުރުން

- ރެގިއުލޭޓަރީ ބަދަލުތައް ގެނެސް، އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސެސްއާ ރާއްޖޭގެ ވިޔަފާރި މާހައުލާ ގުޅޭގޮތަށް އެއްހަމަކުރުން

- ޕެންޝަނާބެހޭ ގާނޫނަށް ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް ބަދަލުގެނައުމާއި، އިންވެސްޓްކުރުމުގައި ހުރި ހުރަސްތައް ނައްތާލައި، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބައިވެރިންނަށް އެކަށީގެންވާ ނަފާ ލިބޭނެ ގޮތްތައް ހޯދައިދިނުން

- ބޭންކްތަކުން ނަގާ ލޯނު ނުދެއްކޭ ހާލަތްތަކުގައި އޯވަޑިއު ޕީނަލް އިންޓްރެސްޓް ނަގާ ގޮތާއި އަދަދު މުރާޖައާކޮށް، ގާނޫނެއްގެ ދަށުން ސާފުވާނެ ގޮތަށް ބަޔާންކޮށް، އަހަރެއްގެ މައްޗަށް %1ށްވުރެ އިތުރުނުވުމާއެކު ކެޕްކުރުން

ފައިނޭންސް ހޯދުމާއި، އިންވެސްޓްކުރުމުގެ ލުއި ހޯދައިދިނުމަށް ކުރަން ނިންމާފައިވާ ބައެއް ކަންކަމަކީ:

- ދިވެހި ހުރިހާ ވިޔަފާރިތަކަށް އެކަށީގެންވާ ލުއިގޮތްތަކަށް، ލޯނާއި މެޒަނިން ފައިނޭންސް އަދި އިކުއިޓީ ފައިނޭންސް ލިބޭނެ މަގު ފަހިކޮށްދިނުން

- ރަހުނަކާނުލައި ކޭޝްފްލޯ ބޭސްޑް ލެންޑިންގ ނިޒާމެއް ތައާރަފްކުރުން

- އިސްލާމިކް ފައިނޭންސާއި ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ދެވޭ އެހެނިހެން މާލީ ޚިދުމަތްތަކާއި ޓިޔަރ-ވަން އެސް.އެމް.އީ އިސްލާމިކް ބޭންކެއް ގާއިމުކުރުން

މީގެ އިތުރުން ވެސް މުހިންމު ކަންތައްތަކެއް މި ސިޔާސަތުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް