Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބްރިކްސް ސަމިޓް 2023

ބްރިކްސް ފައިސާއަކީ ކޮބާ؟ އެފައިސާ އެޑޮޕްޓް ކުރެވޭނެތަ؟

އެ ޖަމިއްޔާއަށް ޚާއްސަ ވަކި ފައިސާއެއް ތައާރަފުކޮށް، އެފައިސާ ބޭނުންކުރުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށް ކަމުގެ މާހިރުންނާއި އިކޮނޮމިސްޓުން ފާހަގަކުރޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 24 އޯގަސްޓު 2023 | ބުރާސްފަތި 14:08
ބްރިކްސް ސަމިޓް 2023

ބްރިކްސް ސަމިޓް 2023

ބްރެޒިލްގެ ރައީސް، ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލް ވަނީ ބްރިކްސް ޖަމިއްޔާގެ ގައުމުތަކުގެ މެދުގައި ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށްގެންދަން، އެ ޖަމިއްޔާގެ މެމްބަރުންނަށް ޚާއްސަ ފައިސާއެއް ތައާރަފުކުރުމަށް ހުށަހަޅުއްވާފައެވެ. ދެކުނު އެފްރިކާގެ ޖޮހަނެސްބަރގްގައި ކުރިއަށްދިޔަ ބްރިކްސް ސަމިޓުގައި ލޫލާ މި ހުށަހެޅުއްވުން ހުށަހަޅުއްވާފައި ވަނީ ބްރިކްސް ގައުމުތަކުގެ މެދުގައި ވިޔަފާރީގެ މުއާމަލާތައް ކުރާއިރު، ޑޮލަރުގެ އަގަށް އަންނަ ބަދަލުގެ ސަބަބުން ކުރާ އަސަރުތައް ކުޑަކުރުމުގެ ނިޔަތުގައެވެ.

ބްރިކްސްއަށް އިތުރު މެމްބަރުން ގެނައުމަށް މިވަގުތު އެ ޖަމިއްޔާގައި ތިބި ގައުމުތަކުން އެއްބަސްވެފައި ވާއިރު، ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާއަކީ، ސިޔާސީގޮތުންނާއި އިގުތިސާދީގޮތުން އަދި ޖިއޮގްރަފީގެ ގޮތުންވެސް ވަރަށް ތަފާތު ހިސާބުތަކުގައި އޮތް ފަސް ގައުމެވެ. މިކަމުގެ ސަބަބުން، އެ ޖަމިއްޔާއަށް ޚާއްސަ ވަކި ފައިސާއެއް ތައާރަފުކޮށް، އެފައިސާ ބޭނުންކުރުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށް ކަމުގެ މާހިރުންނާއި އިކޮނޮމިސްޓުން ފާހަގަކުރެއެވެ.

އެމެރިކާ ޑޮލަރު ބޭނުންނުކުރާ ގައުމުތަކުން އެހެން ގައުމުތަކާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާއިރު، އެމެރިކާ ޑޮލަރު ބޭނުންކުރަން މަޖުބޫރު ކުރުމަކީ ބްރެޒިލްގެ ރައީސް، ލޫލާ ތާއީދުކުރައްވާކަމެއް ނޫނެވެ. މީގެ ކުރިން ލޫލާ ވަނީ ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައިވެސް އާންމު ފައިސާއެއް ތައާރަފުކުރުމަށް ގޮވާލައްވާފައެވެ.

ލޫލާ ވަނީ ބްރިކްސްގެ ފައިސާއެއް ތައާރަފުކުރުން އެއީ އެ ޖަމިއްޔާގެ ގައުމުތަކުގެ ޕޭމަންޓް އޮޕްޝަން އިތުރުވެ، ވިޔަފާރީގެ މުއާމަލާތުގައި ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަށް އެޅޭނެ ރަނގަޅު ފިޔަވަޅެއްކަމަށް، ބްރިކްސް ސަމިޓް ހުޅުވުމުގެ ޕްލެނަރީ ސެޝަންގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައެވެ.

ލޫލާގެ މި ހުށަހެޅުއްވުމާ ގުޅިގެން ބްރިކްސްގެ އެހެން ގައުމުތަކުގެ ވިސްނުން ހުރިގޮތަށް ބަލާއިރު، ދެކުނު އެފްރިކާގެ އޮފިޝަލުން ވަނީ ބްރިކްސްގެ ފައިސާގެ ވާހަކައަކީ މިފަހަރުގެ ސަމިޓުގެ އެޖެންޑާގައި ހިމެނިފައިވާކަމެއް ނޫންކަމަށް ބުނެފައެވެ.

ޖުލައި މަހު އިންޑިއާގެ ފޮރިން މިނިސްޓަރު ވަނީ ބްރިކްސް ފައިސާއެއްގެ ޚިޔާލު ނުގެންގުޅާކަމަށް ވިދާޅުވެފައެވެ. އަދި ދެކުނު އެފްރިކާގައި އޮންނަ ސަމިޓުގައި، ޖަމިއްޔާގެ ގައުމުތަކުގެ މެދުގައި ވިޔަފާރީގެ މުއާމަލާތްތައް ކުރާއިރު، އެގައުމެއްގެ ފައިސާ ބޭނުންކުރުމާ ގުޅޭގޮތުން އިންޑިއާއިިން މަޝްވަރާކުރާނެ ކަމަށް އެގައުމުގެ ފޮރިން ސެކްރެޓަރީ ވަނީ ވިދާޅުވެފައެވެ.

މިސަމިޓުގައި، ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން ވަނީ ބްރިކްސްގެ ގައުމުތަކުގެ މެދުގައި ވިޔަފާރީގެ މުއާމަލާތްތައް ކުރާއިރު، ޑޮލަރުގެ ބަދަލުގައި އެގައުމުތަކުގެ އަމިއްލަ ފައިސާ ބޭނުންކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހުށަހަޅުއްވާފައެވެ.

ބްރިކްސްގެ ފައިސާއާ ގުޅިގެން ޗައިނާގެ ވިސްނުން ހުރި ގޮތް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް، އެގައުމުގެ ރައީސް ޝީ ޖިންޕިންގ ވަނީ އިންޓަނޭޝަނަލް ފައިނޭންޝަލް އަދި މަނިޓަރީ ސިސްޓަމް ރިފޯމްކުރުމާ ގުޅޭގޮތުން ސަމިޓުގައި ވާހަކަފުޅުދައްކަވާފައެވެ.

ދެކުނު އެފްރިކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރުމ ލެސެޖާ ކަންޔަގޯ ވަނީ ބްރިކްސްގެ ފައިސާއެއް ތައާރަފުކުރުމަކީ ސިޔާސީ މަޝްރޫއެއް ކަމަށް ޖުލައި މަހު ވިދާޅުވެފައެވެ. އެގޮތުން، ބްރިކްސް ފައިސާ ތައާރަފުކުރުމަށް، ޖަމިއްޔާގެ ގައުމުތަކުގެ މެދުގައި ބޭންކިން ޔޫނިއަނަކާއި ފިސްކަލް ޔޫނިއަނެއް ގާއިމުކުރަން ޖެހޭނެ ކަމަށާއި، މެކްރޯ އިކޮނޮމިކް ކޮންވަރޖެންސެއް ވެސް ހޯދަންޖެހޭނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މިފައިސާއަށް ޚާއްސަ، ޖަމިއްޔާގެ ހުރިހާ ގައުމުތަކެއްގެ މެދުގައި އާންމު ސެންޓްރަލް ބޭންކެއްވެސް މިކަމަށް ބޭނުންވާނެ ކަމަށާއި، އެ ބޭންކު ގާއިމުކުރާނީ ކޮންތާކުތޯ ކަންޔަގޯ ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ފައިސާ ތައާރަފުކުރުމަށްފަހު ނިންމާ ސިޔާސަތުތަކާ އެއްގޮތަށް ގައުމުތަކުން އަމަލުނުކުރާނަމަ، އެކަންތައް ބަލައި، ގައުމުތަކާމެދު ފިޔަވަޅު އެޅޭނެ މެކޭނިޒަމެއް ތައާރަފުކުރަން ޖެހޭނެ ކަމަށް ކަންޔަގޯ ވަނީ ވިދާޅުވެފައެވެ.

ބްރިކްސްގެ ޚާއްސަ ފައިސާއެއް ތައާރަފުކުރަން ވިސްނާއިރު، މެމްބަރު ގައުމުތަކުގެ މެދުގައި ވިޔަފާރީގެ އިމްބެލެންސަކީ ވެސް މައްސަލައެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. ބްރިކްސްގެ މެމްބަރު ހުރިހާ ގައުމުތަކެއްގެ މައިގަނޑު ވިޔަފާރީގެ ބައިވެރިއަކީ ޗައިނާއެވެ. އަދި ބާކީ ހަތަރު ގައުމުގެ މެދުގައި ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށްގެންދަނީ ވަރަށް މަދުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީބާއި ފާރިސްގެ މައްސަލަ: ނާޖާއިޒް ފައިދާ ލިބުނު މީހާ އާއި ރިޝްވަތުގައި ހިފި މީހާ ކޮބާ؟

އަދީބާއި ފާރިސްގެ މައްސަލަ: ނާޖާއިޒް ފައިދާ ލިބުނު މީހާ އާއި ރިޝްވަތުގައި ހިފި މީހާ ކޮބާ؟

31 އޯގަސްޓު 2017
ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

08 އޯގަސްޓު 2017
ޖީ20 އަކީ ކޮބާ؟

ޖީ20 އަކީ ކޮބާ؟

09 ޖުލައި 2017
ރަސްފަންނަށް ގެންނަން ބުނި "ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ކޮބާ؟

ރަސްފަންނަށް ގެންނަން ބުނި "ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ކޮބާ؟

28 ޖޫން 2017
ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

15 ޖޫން 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު