Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިޔާގެ އުޅަނދެއް ހަނދުގައި ޖެއްސުން

އިންޑިޔާގެ ޖައްވީ އުޅަނދު ޗަންދްރަޔާން-3ގެ ލޭންޑަރ މިއަދު ކާމިޔާބުކަމާއެކު ހަނދުގައި ޖައްސައިފި

މި އުޅަނދު އުދުއްސާލާފައިވަނީ ޖުލައިމަހުގެ 14 ވަނަ ދުވަހު

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 23 އޯގަސްޓު 2023 | ބުދަ 13:13
އިންޑިޔާގެ ޖައްވީ އުޅަނދުން ހަނދުގައި ޖެއްސި ލޭންޑަރގެ މޮޑެލްއެއް ކައިރީގައި ސްކޫލް ކުއްޖަކު ހުއްޓިގެން

އިންޑިޔާގެ ޖައްވީ އުޅަނދުން ހަނދުގައި ޖެއްސި ލޭންޑަރގެ މޮޑެލްއެއް ކައިރީގައި ސްކޫލް ކުއްޖަކު ހުއްޓިގެން

އިންޑިޔާގެ ސްޕޭސް ރިސަރޗް އޯގަނައިޒޭޝަން އައިއެސްއާރުއޯގެ ފަރާތުން ހަނދުގެ ކަންކަން ތަހުލީލު ކުރުމަށް ފޮނުވާފައިވާ ޖައްވީ އުޅަނދު "ޗަންދްރަޔާން 3"ން ބޭލި ލޭންޑަރއެއް މިއަދު ކާމިޔާބު ކަމާއެކު ހަނދުގައި ޖައްސައިފިއެވެ. މިއަދު އެ ގައުމުގެ ގަޑިން އިރުއޮއްސި 6:00 ހާއިރު (ރާއްޖޭ ގަޑިން 5:30ގައި) ލޭންޑަރ ހަނދުގައި ޖެއްސި މަންޒަރު ވަނީ ލައިވް ސްޓްރީމް ކޮށްފައެވެ. އަދި އެމަންޒަރުތައް ސަރުކާރުގެ ހުރިހާ ސްކޫލްތަކެއްގައިވެސް ލައިވް ސްޓްރީމް ކޮށް ސްކޫލް ކުދިންނަށް ވަނީ ވަގުތުން ދައްކާފައެވެ.

ޖައްވީ އުޅަނދު ޗަންދްރަޔާން-3 އުދުއްސާލާފައިވަނީ ޖުލައިމަހުގެ 14 ވަނަ ދުވަހުއެވެ. އަދި ހަނދުގެ އޯބިޓަށް ފޯރާފައިވަނީ އޮގަސްޓްމަހުގެ 5 ވަނަ ދުވަހުއެވެ. އެއަށްފަހު އުޅަނދު، ހަނދު ވަށައި ބުރުޖަހަމުން ހަނދާ ކައިރި ވަމުންގޮސް، އޮގަސްޓް 17 ވަނަ ދުވަހު ރޮކެޓްގެ މައި މޮޑިއުލާއި ލޭންޑަރ މޮޑިއުލް ވަކިކޮށްލާފައިވެއެވެ. ލޭންޑަރ މޮޑިއުލަށް ދީފައިވާ ނަމަކީ ވިކްރަމް ލޭންޑަރއެވެ.  

ހަނދުގައި ވިކްރަމް ލޭންޑަރ ޖެއްސުމަށް ފަހު އެއިން ވަނީ 6ފައި، ނުވަތަ 6 ފުރޮޅުލީ ޚާއްސަ ރޯވަރ "ޕްރަގިއާން" ހަނދުގެ ސަރފަސް އަށް ބާލާފައެވެ.  އެއަށްފަހު ރޯވަރ ވަނީ ހަނދުގެ އެކިތަންތަނަށް "ހިނގާ" ނުވަތަ ދަތުރުކޮށް ފޮޓޯ އާއި ވީޑިއޯ އަދި ޑާޓާ އެއްކޮށްފައެވެ. އަދި މި ތަކެތިއައީ މައި އުޅަނދު މެދުވެރިކޮށް ބިމުގެ ސްޓޭޝަން އަށް ވަގުތުން ފޮނުވަމުންނެވެ.

ވިކްރަމް ލޭންޑަރ "ސޮފްޓް ލޭންޑިންގ" އެއްގައި ހަނދުގައި ޖައްސާފައިވަނީ ހަނދުގެ ސައުތު ޕޯލް ކިޔާ ސަރަހައްދުގައެވެ. މިއީ އެއްވެސް ބަޔެއްގެ އުޅަނދެއް މިހިސާބުގައި ޖެއްސި ފުރަތަމަ ފަހަރެވެ. ހަނދުގެ މިހިސާބުގައި ގަނޑުފެން ހުރެދާނެ ކަމަށް މިހާރު ބެލެވޭއިރު، ރޯވާއިން އެއްކުރާ ފޮޓޯތަކާއި ޑާޓާގެ އެހީގައި، މިކަމުގެ ފުރިހަމަ މައުލޫމާތު ލިބޭނެއެވެ.

ހަނދުގައި ޖައްސަން ކައިރިވި ވަރަކަށް ހަނދުގެ ސަރފަސްގެ ފޮޓޯތައް ވިކްރަމް ލޭންޑަރއިން ދިޔައީ ނަގަމުންނެވެ. އެއީ ޖެއްސުމަށް އެންމެ ރައްކާތެރި ތަނެއް ހޯދުމަށެވެ. ހަނދުގައި ޖެއްސުމަށްޓަކައި ލޭންޑަރ ތިރިކުރަން ފަށާފައިވަނީ އިންޑިޔާ ގަޑިން މިއަދު ހަވީރު 5:45 ހާއިރުއެވެ. ސައިންޓިސްޓުން މައުލޫމާތު ދީފައިވާގޮތުގައި ހަނދުގެ ސަރފަސްއާ 800 މީޓަރަށް ތިރިވުމުން އުޅަނދުގެ ސްޕީޑް ގާތްގަނދަކަށް ޒީރޯއަށް ދަށްކުރާނެއެވެ. 150 މީޓަރަށް ތިރިވާއިރު، ޖައްސަން ފަހި ތަނެއް ނުފެނިއްޖެ ނަމަ ލޭންޑަރގެ މިސްރާބު ބަދަލުކުރާގޮތަށް އޮތީ ކުރިން ހަމަޖެހިފައެވެ.

އިންޑިޔާގެ ސްޕޭސް މިޝަންގެ މިފުރިހަމަ ކާމިޔާބީ ފާހަގަކުރައްވައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ތައުރީފުގެ ލައިވް ވީޑިއޯ މެސެޖެއް ފޮނުއްވާފައެވެ. މޯދީ މިވަގުތު ހުންނެވީ ބްރިކްސް ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ދެކުނު އެފްރިކާގައެވެ.

ޗަންދްރަޔާން-3ގެ ލައިވް ސްޓްރީމް ބެލޭނެ ލިންކުތައް:

YouTube: https://www.youtube.com/watch?v=DLA_64yz8Ss

Facebook: https://www.facebook.com/ISRO

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިފެންސް ބިލް ފާސްކޮށް އެމެރިކާގައި ޖައްވީ ސިފައިންގެ ލަޝްކަރު އުފައްދަނީ

ޑިފެންސް ބިލް ފާސްކޮށް އެމެރިކާގައި ޖައްވީ ސިފައިންގެ ލަޝްކަރު އުފައްދަނީ

18 ޑިސެމްބަރު 2019
އިންޑިއާގެ ޖައްވީ އުޅަނދު، ޗަންދްރަޔަން 2 ޖައްވަށް ފޮނުވާލައިފި

އިންޑިއާގެ ޖައްވީ އުޅަނދު، ޗަންދްރަޔަން 2 ޖައްވަށް ފޮނުވާލައިފި

22 ޖުލައި 2019
މެލޭޝިޔާގެ ކަސްޓަމްސްއިން ގިނަ އަދަދެއްގެ ވެލާ އަދި މަސްތުވާތަކެއްޗާއެކު އިންޑިޔާގެ 4 މީހުން ހައްޔަރުކޮށްފި

މެލޭޝިޔާގެ ކަސްޓަމްސްއިން ގިނަ އަދަދެއްގެ ވެލާ އަދި މަސްތުވާތަކެއްޗާއެކު އިންޑިޔާގެ 4 މީހުން ހައްޔަރުކޮށްފި

27 ޖޫން 2019
ކުޑަކުއްޖަކު ރޭޕް ކުރުމުގެ ކުށް ސާބިތުވެ، އިންޑިޔާގެ ފާދިރާއަކު 20 އަހަރަށް ޖަލަށް

ކުޑަކުއްޖަކު ރޭޕް ކުރުމުގެ ކުށް ސާބިތުވެ، އިންޑިޔާގެ ފާދިރާއަކު 20 އަހަރަށް ޖަލަށް

18 ފެބުރުއަރީ 2019
އުތުރު ކޮރެއާ އާއިއެކު ވިޔަފާރިކުރާ އިތުރު އުޅަނދުތަކެއް ބްލެކްލިސްޓް ކޮށްފި

އުތުރު ކޮރެއާ އާއިއެކު ވިޔަފާރިކުރާ އިތުރު އުޅަނދުތަކެއް ބްލެކްލިސްޓް ކޮށްފި

31 މާރިޗު 2018

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު