Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ެމެންޗެސްޓަރ ޔުނައިޓެޑު

ޔުނައިޓެޑު ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ވަރާންގެ ނެތް

މީޑިއާތަކުގައި ބުނެފައިވާ ގޮތުން އަލް ނަސްރު، އަދި އަލް އިއްތިހާދުން ވަނީ ވަރާން ހޯދުމުގެ މަސައްކަތް ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 އޯގަސްޓު 2023 | ބުދަ 03:34
ޔުނައިޓެޑަށް ކުޅެމުން އަންނަ ރަފައެލް ވަރާން

ޔުނައިޓެޑަށް ކުޅެމުން އަންނަ ރަފައެލް ވަރާން

މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް، އެ ކުލަބަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން ނުގެންގުޅޭ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ ސްޕެއިންގެ ރެއާލް މެޑްރިޑު ދޫކޮށް ޔުނައިޓެޑަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. އެ ކުލަބާއެކު ވަރާން ސޮއި ކުރީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް މި ފަހުން ޔޫރަޕުގައި ކުޅެމުން އައި ބައެއް މަޝްހޫރު ކުޅުންތެރިން ސައުދީ ޕްރޯ ލީގަށް ބަދަލުވުމާއެކު، ވަރާން ހޯދުމުގެ މަސައްކަތް ވެސް އެ ލީގުގެ ބައެއް ކުލަބުތަކުން ވަނީ ކޮށްފަ އެވެ. މީޑިއާތަކުގައި ބުނެފައިވާ ގޮތުން އަލް ނަސްރު، އަދި އަލް އިއްތިހާދު އެ މަސައްކަތް ކުރި އެވެ.

ނަމަވެސް، ޔުނައިޓެޑު ދޫކޮށްލަން ވަރާން ބޭނުންނުވާކަން އޭނާ އެ ކުލަބުތަކަށް އެންގި ކަމަށް ވެސް މީޑިއާ ތަކުން ބުނެ އެވެ. ވަރާން ދޫކޮށްލުމަކީ ޔުނައިޓެޑުން ވެސް ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ވަރާން އަކީ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގްގެ ޕްލޭންގައި ހިމެނޭ މުހިންމު ކުޅުންތެރިޔެކެވެ. މިދިޔަ ސީޒަނުގައި ލިބުނު އަނިޔާއެއްގެ ސަަބަބުން ވަރާން ވަނީ ކުޅުމާ ދުރުގައި ވެސް ހުންނަން ޖެހިފަ އެވެ. އެއާއެކު އޭނާ އަށް މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް ގެއްލުމުގެ ބިރު ވެސް އޮތެވެ. ނަމަވެސް ފްރާންސާއެކު ވަރާން ވަނީ އެ މުބާރާތުގައި ކުޅެފަ އެވެ. އެ މުބާރާތަށްފަހު ވަރާން ވަނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ.

ވަރާން ވަނީ މިހާތަނަށް ޔުނައިޓެޑާއެކު 65 މެޗު ކުޅެ، އެ ޓީމަށް ދެ ލަނޑު ޖަހައިދީފަ އެވެ. އެ ޓީމާއެކު އޭނާ ވަނީ ކަރަބޯ ކަޕެއް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އެފްއޭ ކަޕްގެ ފައިނަލްގައި ވަނީ ކުޅެފަ އެވެ. 2013 ވަނަ އަހަރުން 2022 ވަނަ އަހަރުގެ ނިޔަލަށް އޭނާ ވަނީ ޤައުމީ ޓީމަށް ކުޅެދިން 93 މެޗުގައި ފަސް ލަނޑު ޖަހައިފަ އެވެ. ޤައުމީ ޓީމާއެކު ވަރާން ވަނީ ފީފާ ވޯލްޑް ކަޕް އަދި ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގްރީޒްމަން ދެން ފެނުން އެންމެ ގާތީ ޔުނައިޓެޑުން: ޕެޓިޓް

ގްރީޒްމަން ދެން ފެނުން އެންމެ ގާތީ ޔުނައިޓެޑުން: ޕެޓިޓް

24 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު