Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ އިގްތިސާދު ކުރިއެރުން

މި ސަރުކާރުގެ ފަތުރުވެރިކަމުގެ ސިޔާސަތާއެކު އިގްތިސާދު އެތައް ގުނައަކުން އިތުރުވާނެ: ސިޔާމް

އަތޮޅުތެރޭގައި ތަރައްގީ ކުރެވޭ އެއާޕޯޓުތަކުގައި ޖެޓް ޖެއްސޭ ގޮތަށް ހަމަޖައްސާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 21 އޯގަސްޓު 2023 | ހޯމަ 18:52
އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ވާހަކަދައްކަވަނީ

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ވާހަކަދައްކަވަނީ

ރާއްޖެއިން ފަގީރުކަން ނެތި ހިނގައްޖެ ކަމަށާއި، މިސަރުކާރުން ފަތުރުވެރިކަން ކުރިއެރުވުމަށް ގެންގުޅޭ ސިޔާސަތާއެކު އިގްތިސާދު އެތައް ގުނައަކުން އިތުރުވާނެ ކަމަށް އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ވިދާޅުވެއްޖެއެވެ.

ބ. ތުޅާދޫގައި ކުރިއަށް ގެންދިޔަ އުފާވެރި އަމާންރާއްޖެ ޖަލްސާގައި ސިޔާމް ވިދާޅުވީ މިސަރުކާރުގެ ސިޔާސަތުގެ ސަބަބުން މިއަދު ވެސް ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތައް ލިބެމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ސިޔާމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ބ.އަތޮޅުގައި ވެސް ފަތުރުވެރިކަން ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކަމަށާއި، އޭގެ ސަބަބުން އުންމީދު ނުކުރާ މިންވަރަށް އިގްތިސާދު އެތައް ގުނައަކުން ބޮޑުވާނެ ކަމަށެވެ.

ސިޔާމް ވިދާޅުވީ ވަޒީފާތައް އިތުރުވެ، ވިޔަފާރިތަކުން ވިޔަފާރިނުވެގެން އުޅެން ނުޖެހޭނެ ކަމަަށެވެ. އަދި ވިދާޅުވީ ކުދިބޮޑު އާބާދީއަށް ބެލުމެއް ނެތި، ކޮންމެ ރަށެއްގެ އިގްތިސާދު ވެސް ދެގުނަ ނުވަތަ ތިންގުނަ އިތުރުވާނެ ކަމަށެވެ. މިއީ މުޅި ރާއްޖެއަށް ލިބޭ ކުރިއެރުމެއްގެ ގޮތުގައި ސިޔާމް ފާހަގަކުރެއްވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ހަވާލާދެއްވައި ސިޔާމް ވިދާޅުވީ އަތޮޅުތެރޭގައި ތަރައްގީ ކުރެވޭ އެއާޕޯޓުތަކުގައި ޖެޓް ޖެއްސޭ ގޮތަށް ހަމަޖައްސާނެ ކަމަށެވެ. މިއީ ވެސް އިގްތިސާދަށް ލިބޭނެ ކުރިއެރުމެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ މިސަރުކާރުން މާލޭގެ ރައްޔިތުންގެ އިތުރުން އަތޮޅުތެރޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދޭ ކަމަށާއި، ބިންވެރި ބަޔަކަށް ހަދައިދޭ ކަމަށެވެ. މިކަމުގެ ސަބަބުން ވެސް އިގްތިސާދަށް އެކަމުގެ ނަފާ ލިބޭނެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދައުރުގައި ރައީސް ސާލިހު އެއްބުރުން އިންތިޚާބު ކޮށްދޭންޖެހޭ ކަމަށް ސިޔާމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު