Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިވިލް ސަރވެންޓުން

ދައުލަތުގައި ހިމެނޭ ހުރިހާ ސިވިލް ސަރވެންޓުންގެ މުސާރައަށް 40 އިންސައްތައިގެ ބަދަލެއް ޖެނުއަރީ މަހުގައި އަންނާނެ - ރައީސް

ސަރުކާރުގައި މަސައްކަތް ކުރާ 44،281 މީހުންގެ މުސާރައަށް ހެޔޮ ބަދަލު ގެނެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 އޯގަސްޓު 2023 | ހޯމަ 18:49
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ތުޅާދޫގައި ވާހަކަފުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ތުޅާދޫގައި ވާހަކަފުޅުދައްކަވަނީ

މިހާރު މުސާރަ ބޮޑު ނުވެ ތިބި ދައުލަތުގެ ހުރިހާ ސިވިލް ސަރވެންޓުންގެ މުސާރައަށް ޖެނުއަރީ މަހުން ފެށިގެން 40 އިންސައްތައިގެ ކުރިއެރުމެއް އަންނާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭނަށް ބ. ތުޅާދޫއަށް ވަޑައިގެން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އުފާވެރި އަމާން ދިރިއުޅުމެއް ހޯދުމަށްޓަކައި ރައްޔިތުން ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރެއިން މި ދައުރުގައި ގިނަ ކަންތައްތަކެއް ފެށިފައިވާ ކަމަށާއި، ހިލޭ ޑިގްރީ، ސިއްހީ ހިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމާއި، ދަތުރުފަތުރާއި، ކަރަންޓް އަދި ފެނާ ނަރުދަމާ، މިއީ އުފާވެރި ދިރިއުޅުމަކަށް ބޭނުންވާނެ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފުދުންތެރި އާއިލާއަކީވެސް އުފާވެރި ދިރިއުޅުމެއް އުޅުމަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެގޮތުން ކުރި އެންމެ މުހިންމު ކަމަކީ މިނިމަމްވޭޖް ކަނޑައެޅުއްވުން ކަމަށެވެ. އަދި ޕްރައިވެޓް ސެކްޓަރގައި އުޅޭ މީހުންނަށް ހާއްސަކޮށް، ބޮޑު ބަދަލެއް އަތުވެއްޖެ ކަަމަށާއި، ހާއްސަކޮށް ޓުއަރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކަށް ހެޔޮ ބަދަލެއް އަކަމުގެ ސަބަބުން ގެނެވިއްޖެ ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ މަސައްކަތް ކުރާ ސިވިލްސަރވެންޓުންގެ މުސާރައަށް ބަދަލުގެންނަންވާނީ ފަށާފައި ކަމަށެވެ. އޭގެ ތެރޭގައި ތައުލީމީ ދާއިރާ އަދި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ވަނީ ހެޔޮ ބަދަލު ގެނެވިފައި ކަމަށާއި، އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ އާއިލާއަށް ހެޔޮ ބަދަލު އައިސްފައިވާކަމަށް އެބޭފުޅުން ވިދާޅުވާ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި އަމާޒެއް އެބައޮތް ކަމަށެވެ. ރައީސް ވިދާޅުވީ ޕޭހާމަނައިޒޭޝަންގެ ދަށުން ދައުލަތުގައި މަސައްކަތް ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަވާނެ ކަމަށެވެ. އޭގެ ތެރޭގައި ދެން ކުރަން ނިންމާފައި ހުރި ދާއިރާތަކަކީ ސިފައިންނާއި ފުލުހުންނާއި، ޖުޑިޝަރީއާއި، ކަސްޓަމްސް، އިމިގްރޭޝަން، ކަރެކްޝަންސް އަދި ސިވިލްސަރވިސްގައި ހިމެނޭ އެހެނިހެން މުވައްޒަފުންނާއި، އިމާމުންނާއި މުދިމުން، ކައުންސިލްގައި މަސައްކަތް ކުރާ ސިވިލްސަރވެންޓުންގެ މުސާރައަށް ބަދަލެއް ގެނައުން ކަމަށެވެ.

ރައީސް ވިދާޅުވީ ދެން ފާސްކުރާ ބަޖެޓާއެކީގައި ޖަނަވަރީ މަހުން ފެށިގެން މި ހުރިހާ ދާއިރާއެއްގެ މުވައްޒަފުންގެ މުސާރައަށް ބަދަލު އަންނާނެކަމަށެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ ކޮންސްޓަބަލްގެ މިހާރު މުސާރައަކީ 11،000 ރުފިޔާ ކަމަށެވެ. އަދި ގެނެވޭ ބަދަލާއެކު 15،400 ރުފިޔާއަށް ބޮޑުވެގެންދާނެ ކަމަށާއި، އެވްރެޖްކޮށް ކޮންމެ މީހެއްގެ މުސާރަ 40 އިންސައްތައިގެ އިތުރުވުމެއް އަންނާނެ ކަމަށެވެ. ސިފައިންގެ ޕްރައިވެޓަކަށް މިހާރު ލިބެނީ 11،000 ރުފިޔާ ކަމަށާއި، ބޮޑުވުމާއެކީގައި 16،100 ރުފިޔާއަށް ބަދަލުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލޯކަލް ކައުންސިލްގައި މިހާރު 7200 ރުފިޔާ ލިބޭ މުވައްޒަފެއްގެ މުސާރައަށް 10،500ށް ބަދަލުވެގެންދާނެ ކަމަށެވެ. ސިިވިލް ސަރވިސްގެ ޑިރެކްޓަރަކަށް މިޙާރު ލިބޭ 16،000 ރުފިޔާގެ ބަދަލުގައި 23،200 ރުފިޔާއަށް ބަދަލުވެގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ މިގޮތަށް 40 އިންސައްތަށް ކޮންމެ މުވައްޒަފެއްގެ ވެސް މުސާރަށް ހެޔޮ ބަދަލު އަންނާނެކަމަށެވެ.

ރައީސް ވިދާޅުވީ ވިޔަފާރިން ލިބޭ އެތިން ސަރުކާރަށް ކޮންމެވެސް އެއްޗެއް ނަގަނީ ތަފާތު ކުޑަކުރުމަށްޓަކައި ކަމަށެވެ. އަދި އެ ހެޔޮގޮތުގައި ބޭނުންކުރުމަށް ވަޒީފާ އަދާކުރާ މީހުންގެ މުސާރައަށް ބަދަލު ގެންނަން ޖެހޭނެކަމަށް. މި ބަދަލާއެކު އަނެއްކާވެސް ރަނގަޅު ހެޔޮބޮޑު ބަދަލަކަށްދާތަން ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ފެނިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޗީފް އިނިސްޕެކްޓަރަކަށް މިހާރު ލިބިވަޑައިގަންނަވާނީ 34،300 ރުފިޔާ ކަމަށެވެ. އަދި ބަދަލާއެކު އެއިން ބޭފުޅަކަށް 48.000 ރުފިޔާގެ ބޮޑު ބަދަލެއް އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހޯދައިދެއްވަން މަސައްކަތް ކުރައްވަނީ ހަމަޖެހިލައިގެން އާއިލާއެކު ދިރިއުޅެވޭނެ ގޮތެއް ކަމަށެވެ. މިއާއެކު މަސައްކަތަށް ހެޔޮ ބަދަލު އަންނާނެ ކަަމަށާއި، ކުރިއަށް އޮތީ އުފާވެރި އަމާން ރާއްޖެއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ގެނެވޭ ބަދަލާއެކީގައި ސަރުކާރުގައި މަސައްކަތް ކުރާ 44،281 މީހުންގެ މުސާރައަށް ހެޔޮ ބަދަލު ގެނެވޭނެކަމަށެވެ. އަދި މިއީ އެއްވެސް ސަރުކާރަކުން ކުރައްވާފައިވާކަމެއް ނޫން ކަމަށާއި، ކުރައްވަން ވެސް ވިސްނާވަޑައިގެންފައިވާ ކަމެއް ނޫން ކަމަށެވެ. އެއިރު ބޭނުންވީ މުށުތެރޭގައި ބައިންދައިގެން ގަދަބާރުން މަސައްކަތް ކުރައްވަން ކަމަށާއި، އެނޫންކަމެއް އެއްވެސް ބޭފުޅެއްގެ ވިސްނުމުގައި ނެތް ކަމަށެވެ.

ރައީސް ވިދާޅުވީ އޮތީ އެންމެ އެޖެންޑާއެއް ކަމަށާއި، އެއީ ރައްޔިތުންގެ ތަރައްގީއަށްޓަކައި މަސައްކަތް ކުރެއްވުން ކަމަށާއި، ރައްޔިތުންނަށް ހެޔޮ ގޮތްތައް ހޯދައިދެއްވުން ކަމަށެވެ. އަދި މެނިފެސްޓޯގައި ހިމެނޭ ކަންކަން ހާމަވެގެންދާއިރުގައި އެތައް ކަމެއް ރައްޔިތުންނަށް ހާމަވެގެންދާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު