Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެެލްސީ

ބަލި ޤަބޫލު ކުރަން، ގިނަ ކަންކަން ރަނގަޅު ކުރަން ޖެހޭ: ޕޮޗެޓީނޯ

ކުރިއަށް އޮތް މެޗާ ހަމައަށް ދާއިރު، އެކަންކަން ރަނގަޅު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 އޯގަސްޓު 2023 | ހޯމަ 02:57
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅެ، ލިބުނު ބަލި ޤަބޫލުކުރާ ކަމަށް ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

މިއީ ޗެލްސީގެ ކޯޗުކަމާ ޕޮޗެޓީނޯ ހަވާލުވި ފަހުން އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނީ، މެޗުގައި ޗެލްސީން ދެއްކި ކުޅުން މުޅިން ގޯސް ނޫން ކަމަށެވެ. ނަމަވެސް މެޗުގެ ނަތީޖާ އަކީ ހިތްހަމަ ޖެހޭ ނަތީޖާއެއް ނޫން ކަމަށް އޭނާ ބުންޏެވެ. ޕޮޗެޓީނޯ ބުނީ، ނަތީޖާ އަކީ ދަނޑު މަތިން ފެނުނު ކުޅުމާ ބަލާފައި، ޤަބޫލު ކުރަން ދަތި ނަތީޖާއެއް ކަމަށެވެ. އެހެން ނަމަވެސް ވަކި ހިސާބަކުން މެޗުގެ އޮއެވަރަށް އައި ބަދަލާއެކު އެ ނަތީޖާ ނިކުތީ ކަމަށާއި، އެހެންކަމުން ބަލި ޤަބޫލު ކުރާ ކަމަަށް އޭނާ ވަނީ ބުނެފަ އެވެ. ޕްރިމިއާ ލީގުގައި ކޮންމެ ޓީމަކީ ވެސް ވަރުގަދަ ޓީމެއްކަން ފާހަގަކޮށް އޭނާ ބުނީ، ވެސްޓް ހޭމަކީ ވެސް ފުރުސަތުތައް ތަނަވަސްކޮށް އަބަދު ވެސް ގޯލަށް ނުރައްކާ ކުރާ ޓީމެއް ކަމަށެވެ.

އޭނާ ބުނީ ނިންމާލަން ލިބޭ ފުރުސަތުތަކުގައި ޔަގީންކަމާއެކު ނިންމާ ނުލެވިއްޖެނަމަ، ގިނަ ފަހަރު ލަނޑު ލިބެނޭ ކަމަށެވެ. ވެސްޓް ހޭމް މެޗުގައި ވެސް ޗެލްސީގެ ކުޅުންތެރިންނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނުކަން އޭނާ ފާހަގަ ކުރި އެވެ. އެކަން ހިމެނެހޭން، ބައިވަރު ކަންކަން އަދި ވެސް ރަނގަޅު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ދެކެ އެވެ. އޭނާ ބުނީ މިއަދުން ފެށިގެން ދެން އޮތް މެޗާ ހަމައަށްދާއިރު ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާނެ ކަމަށާއި، ޚާއްސަކޮށް ރަނގަޅު ކުރަން ހުރި ކަންކަމަށް ބޮޑު ފޯކަސްއެއް ކޮށްގެން ކުރިއަށް ދާނެ ކަމަށެވެ.

އޭނާ ބުނީ މެޗުގެ ފުރަތަމަ 45 މިނެޓުގައި ކުޅުން ރަނގަޅު ކަމަށެވެ. ނަތީޖާ ހަމަހަމަ ކުރުމަށްފަހު ލީޑު ނެގުމަށް ފުރުސަތު ލިބުނު ކަމަށް ވެސް އޭނާ ފާހަގަ ކުރި އެވެ. ނަމަވެސް ލިބުނު ޕެނަލްޓީ ކާމިޔާބު ނުވެ، ހާފް ނިންމާލަން ޖެހުމަކީ ކުޅުންތެރިންގެ ފަރާތުން ވެސް މާޔޫސްކަން ފެނުނު ކަމެއް ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

މިދިޔަ ސީޒަނުގައި ޗެލްސީގެ ނަތީޖާ ދަށްވުމުން އޭރުގެ ކޯޗު ތޯމަސް ޓުޗެލް މަގާމުން ވަކި ކުރުމަށްފަހު ގްރަހަމް ޕޮޓާ ކޯޗަކަށް ހަމަޖެއްސި އެވެ. އެހެން ނަމަވެސް އޭނާ އާއެކު ވެސް ނަތީޖާތައް ދަށްވުމުން ޕޮޓާ ވަކިކުރުމަށްފަހު ދެން ހަމަޖެއްސީ ކުރީގެ ކޯޗު ފްރޭންކް ލަމްޕާޑު އެވެ. އެއީ އެ ސީޒަންގެ ބާކީ އޮތް ދުވަސް ކޮޅަށެވެ. ލަމްޕާޑާއެކު ވެސް ޗެލްސީގެ ނަތީޖާތައް ރަނގަޅެއް ނުވި އެވެ. އެއަށްފަހު އައު ސީޒަނަށް ޗެލްސީން ކުރިމަތިލީ ޕޮޗެޓީނޯ އާއެކު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު