Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ހަރަކާތް

ސަރުކާރު ދާނީ ބަރަހަނާ ވަމުން، އަދީބު ކޯޓަށް ހާޒިރުކުރާކަށް ނުކެރޭނެ: ނިޔާޒް

17 ޖުލައި 2017 | ހޯމަ 13:31

ސަރުކާރުން ހަދަނީ ދޮގު، މިހާރު އެ އުޅެނީ ސަލާމަތް ނުވެގެން : ނިޔާޒް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 17 ޖުލައި 2017 | ހޯމަ 13:31
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕަރސަންގެ ނައިބު އަލީ ނިޔާޒް: ކުރީގެ ނައިބުރައީސް އަޙުމަދު އަދީބު އެދިވަޑައިގެންފައިވާގޮތަށް، އެކި މައްސަލަތަކުގައި ހެކި ހާމަކުރުމަށް ސުޕްރީމް ކޯޓަށް ހާޒިރުކޮށްދޭނ

ސަރުކާރުން ކޮށްފައިވާ ކަންކަން ހާމަވެ، ސަރުކާރު ދާނީ ބަރަހަނާ ވަމުން ކަމަށާ، ކުރީގެ ނައިބުރައީސް އަޙުމަދު އަދީބު އެދިވަޑައިގެންފައިވާގޮތަށް، އެކި މައްސަލަތަކުގައި ހެކި ހާމަކުރުމަށް ސުޕްރީމް ކޯޓަށް ހާޒިރުކޮށްދޭން ސަރުކާރަށް ނުކެރޭނެ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕަރސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެޓީވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ނިޔާޒް ވިދާޅުވީ، ޝަރުއީ ނިޒާމުގެ ތެރެއަށް ސަރުކާރުން އަތްބާނާކަން މިހާރު ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައިވާ ކަމަށާ، މިކަންކަން ހާމަވެ، ސަރުކާރު ބަރަހަނާވަމުންދާ ކަމަށެވެ.

Advertisement - newsAdvertisement
"ސަރުކާރުން މިހާރު އެ ހަދަނީ ދޮގު. ސަލާމަތް ނުވެގެން މިހާރު އެ އުޅެނީ. ހަޤީޤަތްތައް އެނގޭ މިންވަރުން. އަދީބްގެ ފަރާތަކުންނޫން، އެތައް ބައެއްގެ ފަރާތުން އަޅުގަނޑުމެންނަށް އެކަން އެނގޭ. ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުންވެސް ކުރިން އެނގިފަ އޮތީ. ދެން ހުކުމް ހިފައިގެން ދިޔަ ބޭފުޅާ އެބޮތް އިންޓަރވިއު ދެއްވާފަ. ދެން މިހާރު އެކަމުގަ ޝާމިލްވި އަނެއް ފަރާތުން އެ ވިދާޅުވީ. ދެން އޮތް ބޭފުޅުންވެސް ވިދާޅުވާނެ. މިއަށްވުރެ އިތުރަށް ސަރުކާރު ބަރަހަނާވަމުން ދާނީ މިކަންކަމުގަ"

ނިޔާޒް އިތުރަށް ވިދާޅުވީ، ރައީސް ނަޝީދުގެ މައްސަލައިގައި ކަން ހިންގާދިޔަގޮތް ހާމަކޮށްދިނުމަށް، އަދީބް ސުޕްރީމް ކޯޓަށް ހާޒިރުކޮށްދިނުމަށް އެމަނިކުފާނު އެދިލައްވާފައި ވީނަމަވެސް، އެކަން އެގޮތަށް ކުރަން ސަރުކާރަށް ނުކެރޭނެ ކަމަށެވެ.

"އަދީބް ހާޒިރުކުރައްވަންވީނުންތޯ އަދީބް އެ ވިދާޅުވާ ތާކަށް. އެވިދާޅުވަނީ ތިމަންނަ އަތުގަ ފުރިހަމަ ހެކި އެބަހުއްޓޭ. ސަރުކާރަކަށް ނުކެރޭނެ އެކަން ކުރާކަށް. އަޅުގަނޑަށް ހަމަ ޔަޤީން"

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އައިޝަތު ޝެރީން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ބޭސްފަރުވާއަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާ، އެގޮތުން، ޤާސިމްއަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިނުގެންނެވޭ ގޮތަށް، ޕާސްޕޯޓް ހިފަހައްޓާފައިވާ ސަބަބު އަދިވެސް އަންގާފައި ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުﷲ މަސީހުގެ އިތުބާރުގެ މައްސަލަ އާއި ގުޅިގެން، ތަރުތީބުވަމުން އަންނަ ކަންކަމާއި ގުޅޭގޮތުންވެސް ޕާޓީތަކުން ހޯމަ ދުވަހުގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކާފައިވާއިރު، ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ސެކެޓްރީ ޖެނެރަލް އަބްދުލް އަލީމް އާދަމް ވިދާޅުވީ، ޕީޕީއެމްއިން އެ މެންބަރުންގެ މައްޗަށް ބާރުހިންގަން މިހާރު މަސައްކަތް ކުރާ، މަސީހުގެ މައްސަލައިގައި ސޮއިކުރުމަށްފަހު ޕީޕީއެމްއިން ވަކިވެފައިވާ 10 މެންބަރުންނަކީ ޕީޕީއެމްއާއި ގުޅުމެއް އޮތް މެންބަރުންތަކެއް ނޫން ކަމަށެވެ.

"މިއަދު އަނެއްކާ ހަމަ އެ މެންބަރުންނަށް ސިޓީ ފޮނުވަމުން އެބަ ގެންދޭ، ހުށަހަޅާފައި އޮތް ސޮއެ އަނބުރާ ގެންދިއުމަށް، ހަޤީޤަތުގަ އެކަމަކީ ޕީޕީއެމަށް މިހާރު ކުރެވޭނެ ކަމެއް ނޫން. އެއީ އެ މެންބަރުންނަކީ ޕީޕީއެމްގެ މެންބަރުންނެއް ނޫން. އެ ދިހަ މެންބަރުންނަކީ ޕީޕީއެމަށް ނިސްބަތްވާ މެންބަރުންނެއް ނޫން. ޕީޕީއެމުން މިސާލަކަށް މުސްތަޝާރު ސިޓީ ފޮނުވަން ޖެހޭނީ މުސްތަޝާރަށް ބަލަދު އަރާ ބަޔަކަށް. މިހާރު އެބޭފުޅުންނަކީ މުސްތަޝާރަށް ބަލަދު އަރާ ބައެއް ނޫން"

ޕީޕީއެމްގެ މުސްތަޝާރަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

އިދިކޮޅު ފަރާތްތަކުން ބުނީ ސަރުކާރުން ކިތަންމެ ވަރަކަށް ފިއްތުންތައް ކުރިމަތި ކުރި ނަމަވެސް އެފަރާތްތަކުން ކުރަމުންދާ މަސައްކަތް މަޑުޖައްސާނުލާނެ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް