Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޫސަގެ މަރު

މޫސަގެ މަރު: ސިއްރު ހެކިވެރިއެއްގެ ހެކިބަހުގެ ރެކޯޑިންގ ވަނީ ގެއްލިފައި

ދައުލަތުން ވަނީ އެ ހެކިވެރިޔާގެ ހެކިބަސްވެސް ދައުލަތަށް މުހިއްމުކަން ފާހަގަ ކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 އޯގަސްޓު 2023 | އާދީއްތަ 07:46
ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރާލި މައްސަލަ

ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރާލި މައްސަލަ

ތޫނު އެއްޗަކުން ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރާލި މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި ޙާދިސާއާ ގުޅިގެން އިތުރު ފަރާތްތަކެއްގެ މައްޗަށްވެސް ދައުވާ ކުރެވިފައިވާތީ ދައުލަތުން ވަނީ ކޯޓުގެ އިސްގާޒީއަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި ދައުލަތުން އެދިފައިވަނީ އެއް ގާޒީއެއް އެ މައްސަލަތައް ބެއްލެވުމަށެވެ.

Advertisement - newsAdvertisement

ނަމަވެސް މި މައްސަލައިގައި ވަކި ގަޒިއްޔާތަކަކުން ވަކި ދައުވާތަކެއް ކޮށްފައިވުމާއި، މި މައްސަލަ މީގެ ކުރިން ގޮސްފައިވާ ހިސާބަށް ބަލާއިރު، މިހާރުވެސް މައްސަލަ ބަލަމުންގެންދާ ގޮތަށް، ދެ ގާޒީއަކު މި މައްސަލައިގެ ގަޒިއްޔާތައް ބައްލަވަމުން ގެންދިއުމަށް ކޯޓުން ވަނީ ނިންމާފައެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީ އާއި ސ. ހިތަދޫ މުޑުދާސް، އަލީ ހަސަން އާއި ނ. ޅޮހީ ކަނީރުމާގޭ، މުހައްމަދު ރިޔާޒް އަދި މ. ދިއްގަރު ދެބުދާރުގޭ، އަހުމަދު އީޖާދު މުހައްމަދުގެ މައްޗަށެވެ.

މީގެ އިތުރުންވެސް މަގްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާއެއް ސައްމާހާއި ސ. ހިތަދޫ ގުލްބަކާގޭ، މުހައްމަދު ނާޝިޒް ނާޒިމްގެ މައްޗަށް ވަނީ ކޮށްފަ އެވެ. އާދިއްތަ ދުވަހު ކުރިއަށް ގެންދިޔަ މައްސަލައަކީ މި މައްސަލަތަކުގެ ގަޒިއްޔާއެވެ.

މިހާރު އެ ގަޒިއްޔާ ބައްލަވަނީ ދާދި ފަހުން އެ ކޯޓަށް ގުޅިވަޑައިގެންނެވި ގާޒީ އިބްރާހިމް އިޙްސާންއެވެ.

ސައްމާހުއައި ނާޒިޝްގެ މައްޗަށް ކުރާ މަޤްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާގައި މިހާރު ވަނީ ޚުލާސާ ބަޔާންވެސް އިއްވާފައެވެ.

ވުމާއެކު، މި މައްސަލައިގައި ދެން އޮންނާނީ ޙުކުމް ކުރުމެވެ.

ގާޒީ ވިދާޅުވީ، އިޖުރާއަތުގައި ބުނާ 30 ދުވަސް ތެރޭގައި އެ މައްސަލައިގެ ޙުކުމް ކުރައްވާނެ ކަމަށެވެ.

ސައްމާހުގެ މައްޗަށް ދައުވާ ކުރާ ގަސްތުމަރުގެ މައްސަލައަކީ ކުރިން ކްރިމިނަލް ކޯޓަށް ހުށައެޅި، ފަހުން ސުޕްރީމް ކޯޓުގެ ނިންމުމާއެކު އަލުން އެ ކޯޓަށް ހުށައެޅުނު މައްސަލައެކެވެ. އެގޮތުން މި މައްސަލަ ނުބެލޭނެ ކަމަށް ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން ނިންމާފައި ވަނިކޮށް މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލަ މިހާރު އޮތީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާގައި ކަމަށެވެ.

މި އަޑުއެހުމުގައި ގާޒީ ވަނީ މި މައްސަލަ ކްރިމިނަލް ކޯޓުން މީގެ ކުރިން ބަލަމުން ގެންދިޔައިރު ނަގާފައިވާ ސިއްރު ހެކިވެރިއެއްގެ ހެކިބަހުގެ ރެކޯޑިންގ ގެއްލިފައިވާކަން ފާހަގަ ކުރައްވައި، އެކަން ހިނގާ ދިޔަ ގޮތް ޝަރީއަތުން އިދާރީ ގޮތުން އިތުރަށް ސާފު ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ދައުލަތުން ބޭނުންވާނަމަ، އެ ހެކިވެރިޔާގެ ހެކިބަސް އަލުން ނެގުމާމެދު ގާޒީ ވަނީ ދައުލަތުން އެދޭގޮތް ވިދާޅުވުމަށް ފުރުސަތު ދެއްވާފައެވެ.

އަދި ދައުލަތުން ވަނީ އެ ހެކިވެރިޔާގެ ހެކިބަސްވެސް ދައުލަތަށް މުހިއްމުކަން ފާހަގަ ކުރައްވާފައެވެ.

ގާޒީ ވަނީ މި މައްސަލަވެސް ވީހާވެސް އަވަހަށް ނިންމެވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު