Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާގެ ހަވަސަންގް-18 އައިސީބީއެމް

އުތުރު ކޮރެއާގެ ހަވަސަންގް-18 އައިސީބީއެމް އުފެއްދުމުގައި ރަޝިއާއިން އެހީ ވިކަމުގެ ތުހުމަތުތަކެއް

20 އޯގަސްޓު 2023 | އާދީއްތަ 03:42

އެހެން ގައުމުތަކުގެ ޓެކްނިކަލް ޑޭޓާ ހޯދުމަށް، ހެކް ކުރުން ފަދަ ތަފާތު އުކުޅުތައް އުތުރު ކޮރެއާއިން ގެންގުޅޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 20 އޯގަސްޓު 2023 | އާދީއްތަ 03:42
އުތުރު ކޮރެއާގެ ހަވަސަންގް-18 އައިސީބީއެމް އުފެއްދުމުގައި ރަޝިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބުނަންފަށައިފި

އުތުރު ކޮރެއާގެ ހަވަސަންގް-18 އައިސީބީއެމް އުފެއްދުމުގައި ރަޝިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބުނަންފަށައިފި

އުތުރު ކޮރeއާއިން މިފަހުން އުފެއްދި ހަވަސަންގް-18 އިންޓަރ-ކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) އުފެއްދުމުގައި ރަޝިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގެ ތުހުމަތުތަކެއް ކުރަން ފަށައިފިއެވެ.

ހަވަސަންގް-18 އަކީ އުތުރު ކޮރެއާގެ އިންޓަރ-ކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ތަކުގެ ތެރެއިން ސޮލިޑް ރޮކެޓް ފިއުލް ބޭނުންކުރާ ފުރަތަމަ މިސައިލެވެ.

އެމެރިކާގެ ވޮޝިންގްޓަންގައި ހުންނަ ސެންޓަރ ފޮރ ސްޓްރެޓީޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީސް އިން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އާންމުކޮށްފައިވާ ރިޕޯޓެއްގައި ވަނީ ހަވަސަންގް-18 އައިސީބީއެމް އަކީ ރަޝިއާގެ ޓެކްނިކަލް އެހީތެރިކަމާއެކު އުފައްދާފައިވާ މިސައިލެއްކަމަށް ބެލެވޭކަމަށް ބުނެފައެވެ.

މިހާތަނަށް އައިރު އުތުރު ކޮރެއާއިން ހަވަސަންގް-18 ޓެސްޓުކޮށްފައި ވަނީ ދެ ފަހަރުއެވެ. އޭގެ ތެރެއިން ޖުލައި 12 ވަނަ ދުވަހު އެގައުމުން ކުރި ޓެސްޓަކީ، އެގައުމުގެ ތާރީހުގައިވެސް މިސައިލް ޓެސްޓެއްގައި، މިސައިލެއް އެންމެ ގިނަ ވަގުތުު އުދުހުނު ދުވަހެވެ. މިމިސައިލްގެ ފުރަތަމަ ޓެސްޓުކޮށްފައި ވަނީ އޭޕްރިލް މަހުއެވެ.

މިއައިސީބީއެމް އަކީ ސޮލިޑް ޕްރޮޕެލަންޓްސް ބޭނުންކުރާ މިސައިލެއް ކަމުން، މިއީ ހަނގުރާމައިގެ މައިދާނުގައި ފަސޭހައިން އަވަހަށް ބޭނުންކުރެވޭނެ މިސައިލެކެވެ.

ސެންޓަރ ފޮރ ސްޓްރަޓެޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީސްގެ ރިޕޯޓުގައި ވަނީ ރަޝިއާގެ ސަރުކާރާ އެގައުމުގެ ސަރުކާރުގެ ސައިންޓިސްޓުންގެ އެެއްބާރުލުމާއި އެހީތެރިކަމާ ނުލައި، އުތުރު ކޮރެއާއަށް ކުއްލިއަކަށް މިކަހަލަ ކުރިއެރުންތައް ހޯދިގެންދިއުމަކީ ވިސްނައިދޭން އުނދަގޫކަމެއް ކަމަށްވެސް ބުނެފައެވެ. އަދި ރަޝިއާއިން އުތުރު ކޮރިއާއަށް، އެގަައުމުގެ 50 ޓަނުގެ އެޑްވާންސްޑް ސޮލިޑް ޕްރޮޕެލަންޓް އައިސީބީއެމް، އެސްއެސް-27 ގެ ނަމުން ވެސް މަޝްހޫރު ޓޮޕޯލް-އެމް ފޯރުކޮށްދޭން ނިންމީކަމަށް ބެލެވޭކަމަށްވެސް ވަނީ ބުނެފައެވެ.

ނަމަވެސް ބައެއް ރިޕޯޓުތައް ވަނީ އުތުރު ކޮރެއާގެ އައު މިސައިލްގައި ރަޝިއާގެ މިސައިލާ އެއްގޮތް ކަންތައްތަކެއް ހުރި ނަމަވެސް، އެއީ ސީދާ އެއްކަހަލަ މިސައިލްތަކެއް ނޫން ކަމަށް ބުނެފައެވެ. އެރިޕޯޓިތައް ފާހަގަކުރާގޮތުން އެހެން ގައުމުތަކުގެ ޓެކްނިކަލް ޑޭޓާ ހޯދުމަށް، ހެކް ކުރުން ފަދަ ތަފާތު އުކުޅުތައް އުތުރު ކޮރެއާއިން ގެންގުޅެއެވެ.

މިފަހުން ރަޝިއާ އާއި އުތުރު ކޮރެއާއިން ވަނީ ދެގައުމުގެ ދެމެދު އޮތް އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމަށް ގޮވާލައިފައެވެ. ނަމަވެސް ރަޝިއާ އާއެކު ހަތިޔާރުގެ އެއްވެސް މުއާމަލާތެއް ނުކުރާކަމަށް އުތުރު ކޮރެއާއިން ދަނީ ބުނަމުންނެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް