Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޭރީ ގްރޭސްގެ މަރު

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގެ ލިޔުންތައް ވަނީ ވަކީލުންނާ ޙަވާލުކުރެވިފައި

މި މައްސަލައިގައި އަދިވެސް ދައުލަތުގެ އިތުރު ހެކިންތަކެއްގެ ހެކިބަސް ނެގުން ކުރިއަށް އެބައޮތް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 އޯގަސްޓު 2023 | ހޮނިހިރު 09:50
މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާ ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާ ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނޮޑް ޕިނެޑާގެ މަރުގެ މައްސަލައިގެ ލިޔުންތައް ވަކީލުންނާ ޙަވާލުކުރެވިފައިވާކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ނިންމަވައިފިއެވެ.

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިން އެސްވައި ވާރގަސް އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

Advertisement - newsAdvertisement

މި އަޑުއެހުމުގައި ދައުލަތުން ކުރި ދަޢުވާއަށް ބަދަލު ގެނެސްފައިވާކަން އެއްވެސް މިންވަރަކަށް ދަޢުވާ ލިބޭ ފަރާތްތަކަށް އަންގާފައިނުވާކަމަށް ބުނެ، ދިފާޢީ ވަކީލުން ހެކިބަސް ނެގުމަށް އިއުތިރާޒް ކޮށްފައިވެއެވެ.

މިކަން އެ ފަރާތްތަކުގެ ނޯޓިސްއަށް އައިސްފައި ނުވާކަމަށާއި، ޝަރީޢަތުގެ މަޖިލީހުގައި މިކަމުގެ އެއްވެސް ވާހަކައެއް ދައްކާފައިނުވާތީ، އެކަމުގެ ކަންބޮޑުވުން ހާމަކޮށް ދިފާއުން ވަނީ ވާހަކަ ދައްކާފައެވެ.

އެއާއެކު، މައްސަލާގައި ހެކިބަސް ނެގުން ފަސްކޮށް، މިކަން ވެފައިވާގޮތަށް ސާފުކުރުމަށް ޝަރީޢަތުން އެ ދުވަހު ނިންމެވިއެވެ.

އެކަން ބެއްލެވުމަށްފަހު މިމައްސަލައިގައި ހިމެނޭ ލިޔުންތައް ދިފާޢީ ވަކީލުންނަށް ކޯޓުން ދޫކުރައްވާފައިވާކަމަށާއި، އެ ލިޔުންތަކާބެހޭ ގޮތުން މައްސަލައިގައި ހިމެނޭ ހުރިހާ ޚަޞްމުން ވާހަކަ ދައްކާފައިވާކަން، މަޙްޟަރު ބަޔާންތަކުން ފެންނަން އޮތްކަމަށް ފަނޑިޔާރު ވަނީ ނިންމަވާފައެވެ.

މި މައްސަލައިގައި އަދިވެސް ދައުލަތުގެ އިތުރު ހެކިންތަކެއްގެ ހެކިބަސް ނެގުން ކުރިއަށް އެބައޮތެވެ.

ދައުލަތުން ވަނީ އޭގެ ތެރެއިން ބައެއް ހެކިންގެ ހެކިބަސް މިހާރު ނަގަން ބޭނުންނުވާކަމަށް ބުނެފައެވެ. އެ ފަރާތްތަކަކީ ކޮބައިކަން ލިއުމުން ކޯޓަށް އަންގާނެކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު