Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕޮލިސް ސާޖަންޓް އާދަމްގެ މަރު

ޕޮލިސް ސާޖަންޓް އާދަމްގެ މަރު: ދައުލަތުން އިސްތިއުނާފީ ނުކުތާތަކަށް ޖަވާބުދީފި

މިއީ އޭނާ ކުރި ކަމެއްކަމަށް އިއުތިރާފުވެ، އެކަން ހިނގާ ދިޔަ ގޮތްވެސް އޭނާ ޝަރީއަތުގައި ކިޔާދީފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 އޯގަސްޓު 2023 | ބުދަ 06:12
ކާށިދޫގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލަ

ކާށިދޫގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލަ

ކ. ކާށިދޫގައި މަރާލި ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ ގާތިލު މުހައްމަދު ސަމާހަށް އިއްވާފައިވާ މަރުގެ ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި  ސަމާހުގެ ފަރާތުން އޭނަގެ ވަކީލު ވަނީ އިސްތިއުނާފީ ނުކުތާތައް ހުށައަޅުއްވާފައެވެ. އެގޮތުން 4 ނުކުތާއެއް ހުށައަޅުއްވާފައިވާއިރު، އޭގެ ތެރެއިން އެއް ނުކުތާއަށް ދައުލަތުން އެ ދުވަހު ޖަވާބު ދީފައިވެއެވެ.

Advertisement - newsAdvertisement

ބުދަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުން ބާކީ ހުރި ނުކުތާތަކަށް ޖަވާބު ދިނުމެވެ.

ސަމާހުގެ ވަކީލު ވިދާޅުވީ، 31 ޖުލައި 2012 ވަނަ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ސަމާހު ދެއްކި ވާހަކަތަކަކީ އޭނާ އިއުތިރާފުވުންކަމަށް ޝަރީއަތުން ނިންމާފައިވާކަމަށެވެ.

އެހެންނަމަވެސް، އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ދެއްކެވި ވާހަކައިގައި، ސަމާހުގެ މައްޗަށް ކުރާ ދައުވާގެ ޤާނޫނީ އަސާސެއް ވިދާޅުވެދެއްވާފައި ނުވާކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުން އެ ކުށަށް ދޭ އަދަބާ ގުޅޭގޮތުން ފުރަތަމަ ފަހަރަށްވެސް ވާހަކަ ދެއްކެވީ އެ އަހަރުގެ ނޮވެމްބަރު މަހު ކުރިއަށްދިޔަ އަޑުއެހުމުގައި ކަމަށާއި، އޭރު ސަމާހު އިއުތިރާފުވިކަމަށް ޝަރީއަތުންވެސް އޮތީ ނިންމާފައިކަމަށްވެސް އޭނާގެ ވަކީލު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުލަތުން އަދަބާ ގުޅޭ ވާހަކަ ދައްކާފައިނުވުމަކީ އޭނާގެ އިއުތިރާފަކީ ސައްޙަ އިއުތިރާފަކަށް ނުވާނެ ސަބަބެއް ނޫން ކަމަށެވެ. އެގޮތުން އިސްލާމީ ޝަރީއަތުގައި ޤަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެ، ވާރިސުން މަރަން ބޭނުންވުމުން ކަނޑައެޅޭނެ އަދަބަކީ މަރުގެ އަދަބު ކަމަށާއި، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ސަމާހުއަށް މި ކުށުގެ އަދަބަކީ ކޮބައިކަން އެނގޭކަން އެނގެން އޮންނަކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ދަށު ކޯޓުގައި ސަމާހު ދައްކާފައިވާ ވާހަކަތަކާއި ދައުވާއަށް ޖަވާބުދާރީވަމުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މިއީ އޭނާ ކުރި ކަމެއްކަމަށް އިއުތިރާފުވެ، އެކަން ހިނގާ ދިޔަ ގޮތްވެސް އޭނާ ޝަރީއަތުގައި ކިޔާދީފައިވާ ކަމަށެވެ. އެގޮތުން މަސްތުގެ ޙާލަތުގައި ހުރުމުން ޙަމަލާ ދެވުނީ ކަމަށާއި، ޙަމަލާ ދެވުނުކަން އެނގޭކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނެފައިވާ ގޮތުގައި އޭނާ އާދަމް ހަލީމް މަރާލީ ގަސްތުގައެއް ނޫނެވެ. އޭނާ ވަޅި ހިފައިގެން ނުކުތީ އާދަމް ހަލީމަށް ބިރު ދައްކާލުމަށް ކަމަށާއި، ނަމަވެސް މަރާލެވުނީ މަސްތުގެ ޙާލަތުގައި ހުރުމުންކަމަށް އޭނާ ބުނެއެވެ.

އެހެންނަމަވެސް، މި ޙާލަތުގައި އޭނާ އިއުތިރާފުވެފައި އެވަނީ ގަސްދު މަރަކަށްކަމަށް ދައުލަތުން ދެކެއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ސަމާހުގެ ފަރާތުން ކުށުގެ އަމަލަށް އިޤުރާރުވެފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ސްޓޭޓްމަންޓު ވަޒަންކުރާއިރު، އެއީ ފުރިހަމަ އިއުތިރާފެއް ހިމެނޭ ސްޓޭޓްމަންޓެއްކަމަށް ދައުލަތުން ދެކެއެވެ.

ދައުލަތުން ވަނީ ހަތަރު ނުކުތާއަށްވެސް ޖަވާބުދީފައެވެ. އަދި ކްރިމިނަލް ކޯޓާއި ހައިކޯޓުން ކަނޑައަޅާފައިވާ ޙުކުމް ދަމަހައްޓައިދެއްވުމަށްވެސް ދައުލަތުން އެދިފައިވެއެވެ.

ފަސް ފަނޑިޔާރުންގެ ބެންޗަކުން ސުޕްރީމް ކޯޓުގައި ބައްލަވަމުން ގެންދަވާ މި މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު