Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެރަރިޒަމް

ނާޒިމަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އިތުރު ފަރާތްތަކެއްގެ ހެކިބަސް ނަގައިފި

15 އޯގަސްޓު 2023 | އަންގާރަ 06:05

އޭނާ ހައްޔަރު ކޮށްފައިވަނީ 20 މެއި 2021 ގައި ހުޅުމާލޭގައި އޭރު އޭނާ ދިރިއުޅެމުންދިޔަ ތަނުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 އޯގަސްޓު 2023 | އަންގާރަ 06:05
ރައީސް މުޙައްމަދު ނަޝީދަށް ދިން ޙަމަލާއާ ގުޅިގެން ހައްޔަރު ކޮށްފައިވާ އއ މާޅޮސް އަސަރީގޭ މުޙައްމަދު ނާޒިމް

ރައީސް މުޙައްމަދު ނަޝީދަށް ދިން ޙަމަލާއާ ގުޅިގެން ހައްޔަރު ކޮށްފައިވާ އއ މާޅޮސް އަސަރީގޭ މުޙައްމަދު ނާޒިމް

ޓެރަރިޒަމާއި ގުޅޭ ދައުވާތަކެއް އުފުލާފައިވާ އއ މާޅޮސް، އަސަރީގެ މުޙައްމަދު ނާޒިމްގެ މައްޗަށް ކުރާ ދައުވާއެއްގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ދައުލަތުން އޭނާގެ މައްޗަށް ކުރަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާފަދަ ލިއުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އާމިނަތު އަޒްލިފާއެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ. އެގޮތުން މި އަޑުއެހުމުގައި ވަނީ ނާޒިމް ދިރިއުޅޭ ގެ ބަލައި ފާސްކުރުމުގައި ޙަރަކާތްތެރިިވި އޮފިސަރެއްގެ ހެކިބަސް ނަގާފައެވެ.

ނާޒިމް ދިރިއުޅުނު ތަން ބަލައި ފާސްކޮށް، އޭނާ ހައްޔަރު ކުރުމުގައި ޙަރަކާތްތެރިވި ޓީމުގައި ހިމެނޭ އޮފިސަރުންތަކެއްގެ ހެކިބަސް މީގެ ކުރިންވެސް ނަަގާފައިވެއެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ 20 މެއި 2021 ގައި ހުޅުމާލޭގައި އޭރު އޭނާ ދިރިއުޅެމުންދިޔަ ތަނުންނެވެ. އެތަން ބަލައި ފާސްކުރިއިރު ފޯނަކާއި ޕެންޑްރައިވެއް ހޯދާފައިވާއިރު، އެއީ ނާޒިމްގެ ތަކެތިކަމަށް އެވަގުތު އޭނާ ބުނެފައިވާކަން ހެކިވެރިޔާވެސް ފާހަގަކުރިއެވެ.

ހެކިވެރިޔާ ވިދާޅުވި ގޮތުގައި ފޯނު ހޯދީ އޭނާ ހުރި ކޮޓަރީގެ އެނދެއް މަތިންނެވެ. އަދި ޕެންޑްރައިވް ހޯދާފައިވަނީ އެ ކޮޓަރި ބަލައި ފާސްކުރިއިރު އަލަމާރި ތެރެއިން ނެގި ދަބަހެއްގެ ތެރެއިންނެވެ.

ދެން ހާޒިރުކުރީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި މަސައްކަތް ކުރައްވާ ފަރާތެކެވެ. އޭނާ ހާޒިރުކުރީ ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވާ ކޮމްޕިއުޓަރ ފޮރެންސިކް ރިޕޯޓާއި ގުޅިގެންނެވެ.

އޭނާ ވަނީ މި މައްސަަލައާ ގުޅިގެން ގެނެވުނު ޕެންޑްރައިވް ތަހުލީލުކޮށްފައެވެ.

އެ ޕެންޑްރައިވުން އައިސިސް ޖަމާއަތަށް ތާއީދުކުރާކަމަށް ބެލެވޭފަދަ ލިޔެކިޔުންތަކެއް ފެނިފައިވާކަމަށް މި މައްސަލައިގެ ދައުވާ ހުށައެޅިއިރު ދައުލަތުންވެސް ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް