Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގޯތި ލިބޭ ފަރާތްތައް

ގޯތި ލިބޭ ފަރާތްތަކުގެ ގުރުނެގުން އަންގާރަ ދުވަހުގެ 11 ޖަހާއިރު، ބިން ކަނޑަން ހަވީރު ފަށާނެ

14 އޯގަސްޓު 2023 | ހޯމަ 18:16

ގުރުނެގުމަށްފަހު ބިން ކަނޑަންދާންވީ ވަގުތު އެމީހަކަށް ވަކިން އަންގަމުންދާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 އޯގަސްޓު 2023 | ހޯމަ 18:16
ހުޅުމާލެ

ހުޅުމާލެ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބުނު މީހުންގެ މެދުގައި އަންގާރަ ދުވަހު 11 ޖަހާއިރު ގުރުނަގަން ފަށާނެކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނެފިއެވެ.

ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ހޯމަ ދުވަހު ވަނީ އާންމުކޮށްފައެވެ. ދާއިމީ ލިސްޓް އާންމުކުރިއިރު މި ސްކީމްގެ ދަށުން ޖުމްލަ 18955 މީހުންނަށް ގޯތި ލިބެއެވެ. މިމީހުންގެ މެދުގައި ގުރުނެގުމާއި ބިން ކެނޑުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތާއި ގުޅޭގޮތުން ހޯމަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ ގުރުނަގަން އަންނަންވީ ވަގުތު ޕޯޓަލް މެދުވެރިކޮށް އެނގޭނެކަމަށެވެ. އެގޮތުން 15 ވަނަ ދުވަހާއި 16 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ގުރުނަގާއިރު 17 ވަނަ ދުވަހުން ފެށިގެން ގުރުނަގާނީ ހެންވޭރު ދަނޑުންކަމަށް އާރިފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ގޯތި ލިބޭ އަކަފޫޓުން ފޮށިތައް ބަހައްޓާފައި ހުންނާނެ ކަމަށާއި އޭގެން ކޮންމެ މީހަކު ވެސް ނަގާ ކަރުދާސްކޮޅުގައި ޕްލޮޓް ނަމްބަރާއި ގޯތި ލިބޭ ތަން ލިޔެފައި އޮންނާނެ ކަމަށް އާރިފް ވިދާޅުވިއެވެ. ގުރުނެގުމަށްފަހު ބިން ކަނޑަންދާންވީ ވަގުތު އެމީހަކަށް ވަކިން އަންގަމުންދާނެކަމަށާއި ބިން ކަނޑަން އަންގާރަ ދުވަހުގެ ހަވީރު ފަށާނެކަމަށް އާރިފް ވިދާޅުވިއެވެ.

ގުރުނެގުމަށް އައުމަށް ގަޑިއިރެއްގެ މުއްދަތު ދެވޭނެކަމަށާއި އެވަގުތުތެރޭގައި ހާޒިރުވުމަކީ މުހިންމު ކަމެއްކަމަށް އާރިފް ވިދާޅުވިއެވެ. ބިން ލިބޭ ފަރާތްތަކުގެ ތެރެއިން އެއްވެސް މީހަކަށް ނާދެވޭނަމަ ބަދަލުގައި އާދެވޭ މީހެއްގެ އައިޑީ ނަންބަރާއި ނަން ޕޯޓަލްގައި ޖެހުމުން އެމީހަކަށް ގުރުނުގުމުގައި ބައިވެރިވެވޭނެކަމަށް އާރިފް ވިދާޅުވިއެވެ.

އަދި ގުރުނަގާ ޓެންޓަށް ވަދެވޭނީ އެމީހަކަށް ނުވަތަ އެމީހެއްގެ ބަދަލުގައި އަންނަ މީހަކަށް އެކަނިކަމަށް އާރިފް ވިދާޅުވިއެވެ. އެއް ގަޑިއިރު ތެރޭގައި ނާންނަ ފަރާތްތަކުގެ ގުރުއަގު ނަގަން ވަކިން އޮފިޝަލުން ތިބޭނެކަމަށާއި މުޅި ގުރުއަތު ނެގުން ޓީވީއެމް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކަމުންދާނެކަމަށް އާރިފް ވިދާޅުވިއެވެ.

ގުރުނަގަމުންދާ ވަރަކުން ބިން ކަނޑަމުންދާނެކަމަށް އާރިފް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
08 ފެބުރުއަރީ 2017

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު
06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް