Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހަޅޭއްލެވުން

ވައުދުވާއިރު ހަޅޭއްލަވަނީ ކީއްވެ؟

ސިޔާސީ ގިނަ ބޭފުޅުން ގެންދަވަނީ ދުވާލާއި ރޭގަނޑު ރައްޔިތުންނާ ބައްދަލުކުރައްވައި، ކެމްޕޭން ކުރައްވަމުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 އޯގަސްޓު 2023 | ހޯމަ 09:48
ސިޔާސީ ޕާޓީތަކުން ދަނީ ކުރިއަށް އޮތް އިންތިޚާބަށް ކެމްޕޭން ކުރަމުން

ސިޔާސީ ޕާޓީތަކުން ދަނީ ކުރިއަށް އޮތް އިންތިޚާބަށް ކެމްޕޭން ކުރަމުން

ދިވެހިބަހުގެ މުހާވަރާއެއްގައި އޮވެއެވެ. އަޑުގަދަ މީހާގެ ރުއް ގިނަވާނެއެވެ. މާނައަކީ ޒުވާބުގެގޮތުން ދޫނުކޮށް ހިފަހައްޓާމީހާއަށް ގިނަ ފަހަރަށް ކާމިޔާބުވާނެއެވެ. ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލާއިރު، މިއީ ހަގީގަތުގައިވެސް ކަން ހިނގާ ގޮތެވެ. އެންމެ ކައިރިން ގޭތެރެއަށް ބަލާއިރު، ދެބެއިންގެ ތެރެއިން އަޑުގަދަ މީހާ ގެއަށް ގަދަވެއެވެ. ގޭތެރޭގައި އަޑުގަދަވެ، ރުޅިގަދަ މީހާއަށް ދެން ހުންނަ މީހާ ދޫކުރާ މަންޒަރު ފެނުމަކީ އާއްމު ކަމެކެވެ. އަދި އަޑުހަރުކޮށް ބުނުމުން ގިނަ ފަހަރަށް އެމީހަކު ބޭނުންވާ ކަމެއް ފުދެއެވެ. މީގެ އިތުރުން ކްލާސްރޫމެއްގައި ވެސް ކަން ހިނގަނީ އެ އުސޫލުންނެވެ. އަޑުގަދަ ކުއްޖާއަށް އެންމެންގެ ސަމާލުކަން ލިބެއެވެ. އަދި އޮފީސް މާހައުލުގައި ވެސް އަޑުގަދަކޮށް، ވެރިންގެ ގާތުގައި ވާހަކަދައްކައި، ބަސް ބުނެ އުޅޭ މުވައްޒަފުންނަކީ އެންމެ މަސައްކަތްކުރާ މުވައްޒަފުގެ ގޮތުގައި ލޭބަލްވުމަކީ ވެސް އާއްމު ކަމެކެވެ.

އެހެންކަމުން ބައެއް މީހުންނަކީ އެމީހުން ބޭނުންވާ ކަންކަން ހާސިލްކުރުމަށް އަޑުގަދަކުރާ މީހުންނެވެ. ވަކި އަމާޒެއްގައި ވަކި ނަތީޖާއެއް ހާސިލްކުރުމަށެވެ. އެ ނަތީޖާ ހާސިލްވަންދެން އެމީހުން އަޑުގަދަކުރާނެއެވެ. ދެން ތިބޭ މީހުންނަށް ވިސްނުމެއްނެތިއެވެ. ބައެއް މީހުން މިގޮތަށް މިކަން ކުރަނީ ދެން ތިބޭ މީހުން ބިރުގެންނެވުމަށާއި ސަމާލުކަން ހޯދުމަށެވެ. އަދި އެމީހުން ބުނާ ބަސްތަކާމެދު ދެން ތިބޭ މީހުންގެ ވިސްނުން އަނބުރާލުމަށް ވެސް އަޑުގަދަކޮށް ބަސް ބުނެއެވެ.

އެގޮތުން މިހާރު އަޑުގަދަކޮށް ބަސްބުނާ މީހުން ވަރަށް ގިނައެވެ. ޚާއްސަކޮށް ސިޔާސީ ބޭފުޅުންނެވެ. ސެޕްޓެންބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅިގެން ސިޔާސީ ގިނަ ފަރާތްތަކުން ދަނީ ދުވާލާއި ރޭގަނޑު ރައްޔިތުންނާ ބައްދަލުކޮށް ކެމްޕޭން ކުރަމުންނެވެ. ރައްޔިތުންނާ މުޚާތަބުކޮށް ވައުދުތައް ވަމުންނެވެ. ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ހަޅޭއްލަމުންނެވެ. ޚާއްސަކޮށް ވައުދެއްވާއިރު، ސިއްސައިގެންދާ ވަރަށް ހަޅޭއްލަވައިގަނެއެވެ. މައިކުން އަޑުވެސް ފަޅައިގެންދާ ވަރަށެވެ. އެއީ ސިޔާސީ މީހުންގެ ހުންނަ ޖަޒުބާތެއްގެ ސަބަބުންވާ ގޮތަކަށް ވެސް ވެދާނެއެވެ. ނޫންނަމަ އެއީ ގިނަ ރައްޔިތުން ސަމާލުކަން ހޯދުމަށް ބައެއް މީހުން ގެންގުޅޭ ސިޔާސީ އުކުޅަކަށްވެސް ވެދާނެއެވެ. ނަމަވެސް ސިޔާސީ ފަރާތްތަކުން އިހުސާސްތައް ބަންޑުކޮށްލާއިރު، ރައްޔިތުންގެ ކުރިމަތީގައި ބަހައްޓަންޖެހޭ ވަކި އުސޫލުތަކާއި މިންގަނޑުތަކެއް ވެސް ހުންނާނެ ނޫންތޯއެވެ.

މިއަދުގެ ޒުވާން ޖީލަށް ބަލާއިރު، ގިނަ ޒުވާނުންނަށް ވިސްނައިދިނުމަށް އެންމެ ގިނަ މީހުން ގެންގުޅޭ އުކުޅަކީ ލޯބިން ވިސްނައިިދިނުމެވެ. ރީތިކޮށް ވާހަކަ ދެއްކުމެވެ. ތަހުޒީބުވެފައިވާ މިދުނިޔޭގައި މިއަދު މައިންބަފައިނާއި ދަރިންގެ ފަރާތުން ވެސް ފެންނަނީ މި މަންޒަރެވެ. އަޑުގަދަ މީހާގެ ރުއް ގިނަވިނަމަވެސް ހަޅޭއްލެވުމަކީ ބަލައިގަންނާނެ ކަމެއް ނޫނެއެވެ. މިސާލަކަށް ބުނާކަމަށްވާނަމަ، ތިމާ ހިތްއެދޭ މީހަކާ ކައިވެނިކުރުމަށް ލޯބިން ވާ ވައުދުތައް ފުދެއެވެ. ވައުދުވަނީ ރީތިކޮށް، ލޯބިންނެވެ. ލަވަނީ ހަޅޭކެއް ނޫނެއެވެ. ނަމަވެސް އެމީހެއްގެ ގާތަށް ގޮސް ހަޅޭއްލަވާނަމަ ދުވަހަކުވެސް އެމީހަކާ ކައިވެނި ނުކުރެވޭނެ ނޫންތޯއެވެ. އެހެންކަމުން ހަޅޭއްލަވާއިރު، މިކަމާމެދު ވިސްނާލުން ބުއްދިވެރި ނޫންތޯއެވެ.

ސިޔާސީ ލީޑަރުން މަސައްކަތްކުރައްވަނީ ރައްޔިތުންނަށް އެބޭފުޅުންގެ ސިޔާސަތުތައް ވިސްނަވައިދެއްވޭތޯއެވެ. ގިނަ ވައުދުފުޅުތަކެއް ވެވަޑައިގަންނަވަނީ ވެރިކަމަށް ވަޑައިގަތުމަށެވެ. ރައްޔިތުން ފަރާތުން ގިނަ ވޯޓުތަކެއް ހޯއްދެވުމަށެވެ. ނަމަވެސް ރައްޔިތުންގެ ކުރިމަތީގައި ސިޔާސީ ބޭފުޅުން ހަޅޭއްފުޅުލެއްވުމުން މަގުސަދު ހާސިލުވާނެތޯއެވެ. އެ ވާ ވައުދުފުޅުތައް ފުއްދަވާނެކަމާއެކު ސުވާލު އުފެދޭނެ ކަމާމެދު ޝައްކެތްނެތެވެ. އެހެންކަމުން ސިޔާސީ ޖަޒުބާތު ބަންޑުކޮށްލައްވައި، ވައުދުފުޅުތައް ވެވަޑައިގަންނަވާއިރު އަޑަށް ބާރު ނުލައްވައި، ރީތިކޮށް ވާހަކަފުޅު ދެއްކެވުން ބުއްދިވެރި ނޫންތޯއެވެ. މިކަމާމެދު ވިސްނާވަޑައިގަންނަވަން ޖެހޭނޫންތޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮހިންޖާ އަންހެނެއްގެ ހިތުގެ ރިހުން: "އަހަރެން މިދަންވަރު ބޭރުގައި މީނީ ކީއްވެތޯ ނާހާ..."

ރޮހިންޖާ އަންހެނެއްގެ ހިތުގެ ރިހުން: "އަހަރެން މިދަންވަރު ބޭރުގައި މީނީ ކީއްވެތޯ ނާހާ..."

07 ސެޕްޓެމްބަރު 2017
ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

15 އޯގަސްޓު 2017
ރިލްވާންގެ ވާހަކަ ދެއްކުމުން ފުލުހުން "ހާޑުވަނީ" ކީއްވެ؟

ރިލްވާންގެ ވާހަކަ ދެއްކުމުން ފުލުހުން "ހާޑުވަނީ" ކީއްވެ؟

10 އޯގަސްޓު 2017
އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟

އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟

07 އޯގަސްޓު 2017
މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟

މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟

03 އޯގަސްޓު 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު