Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގޯތި ލިބޭ މީހުންގެ ލިސްޓު

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު މިރޭ އާންމުކުރަނީ

ގޯތި ދޫކުރަނީ އިންވަކިކޮށް، ދާއިމީ ރަޖިސްޓްރީއާއެކު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 އޯގަސްޓު 2023 | އާދީއްތަ 16:40
ރައީސުލްޖުމްހޫރިއްޔާ ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވި ރަސްމިއްޔާތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވި ރަސްމިއްޔާތުގެ ތެރެއިން

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު މިރޭ އާންމުކުރާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، މިރޭ ގޯތި ލިބޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށް، އަންނަ އަންގާރަ ދުވަހު ގުރުއަތު ނަގާނެ ކަމަށެވެ.

އަކްރަމް ވިދާޅުވީ މި ސްކީމްގެ ދަށުން ޖުމްލަ 18955 މީހުން ގޯތި ލިބޭ ކަމަށާއި، 684 މީހުންނަށް ގޯތި ނުލިބޭ ކަމަށެވެ. އަދި ގޯތި ނުލިބެނީ 18 އަހަރާއި 25 އަހަރު ކައިވެނިނުކުރާ މީހުން ކަމަށް އަކްރަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަކްރަމް ވިދާޅުވީ ގޯތި ދޫކުރަނީ އިންވަކިކޮށް، ދާއިމީ ރަޖިސްޓްރީއާއެކު ކަމަށެވެ. އަދި ދެން އަންނަ ސަރުކާރަކަށް އެގޯތިތައް އަތުނުލެވޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ގިރާވަރުން ދޫކުރާ ގޯތިތަކަށް އިޝާރާތްކުރައްވައި އަކްރަމް ވިދާޅުވީ އެސަރަހައްދުތަކުގައި މީހުން އާބާދު ވާއިރު، މަގުތަކާއި، ލޭންޑް ޔޫސް ޕްލޭނުގައިވާ ގޮތަށް ޚިދުމަތްތައް ގާއިމުކޮށް ތަރައްގީ ކުރާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ޚާއްސަ ޕްލޭނެއް އެކުލަވާލަމުންދާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ގޯތީގެ ގުރުއަތު ނެގުން ކުރިއަށް ގެންދާނީ ގަލޮޅު ދަނޑުގައެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދާދިނުމަށް ފަށާފައިވާ "ބިންވެރިޔާ ސްކީމް"ގެ ދަށުން މިބުރުގައި 6،200 ގޯތި ދޫކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ. މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެންމެ ފުރަތަމަ ނިންމީ މާލެ ސަރަހައްދުން 5،000 ގޯތި ދޫކުރުމަށެވެ. އެއީ ހުޅުމާލެއިން 1،000 ގޯތި، ގުޅީފަޅުން 2،000 ގޯތި އަދި ގިރާވަރުފަޅުން 2،000 ގޯއްޗެވެ. އެހެންނަމަވެސް ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މާލެ ސަރަހައްދުން މި ބުރުގައި 6,200 ގޯތި ދޫކުރަން ނިންމަވާފައިވާކަން އިއުލާނުކުރައްވާފައެވެ.

ރައީސް ވިދާޅުވީ ހުޅުމާލެއިން ދޭން ނިންމެވި 1،000 ގޯތީގެ ބަދަލުގައި ހުޅުމާލެއިން 2،200 ގޯތި ދެއްވަން ނިންމަވާފައިވާކަމަށެވެ. މިއާއެކު މުޅި ޖުމްލަ 6،200 ގޯތި ދޫކުރެވިގެންދާނެކަން ރައީސް އިއުލާނުކުރެއްވިއެވެ. ސަރުކާރުން ވަނީ ގޯއްޗަށް ޝަރުތުހަމަވާ އެންމެންނަށް ގޯތި ދޭން ނިންމާފައެވެ. މިގޮތުން 6،200 ގޯތި ދިނުމަށްފަހު ބާކީވާ މީހުންނަށްވެސް މާލެ ސަރަހައްދުން ގޯތި ހަމަޖައްސައިދެއްވަން ވަނީ ނިންމާފައެވެެ.

ބިންވެރިޔާ ސްކީމްމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަކްރަމް ކަމާލުއްދީން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް

ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް

29 އޮކްޓޯބަރު 2025
އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

20 އޮކްޓޯބަރު 2025
75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް

75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް

17 އޮކްޓޯބަރު 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެއް އާއިލާއަކަށް ދެތަނަކުން ބޯހިޔާވަހިކަން ލިބޭ ގޮތަށް ނޯންނާނެ: އަކްރަމް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެއް އާއިލާއަކަށް ދެތަނަކުން ބޯހިޔާވަހިކަން ލިބޭ ގޮތަށް ނޯންނާނެ: އަކްރަމް

16 އޮކްޓޯބަރު 2025
މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

02 އޯގަސްޓު 2025

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު