Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފާރިސްގެ ޝަރީއަތް

ދައުވާއަށް ފާރިސް އިންކާރު ކުރައްވައިފި، ސާބިތުކުރުމަށް ސިއްރު ދެ ހެކިން!

ދައުވާ ސާބިތުކުރުމަށް ސިއްރު ދެ ހެކިން، އީސީގެ ސިޓީއެއް، ޕްރެސްގެ ވީޑިއޯ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 17 ޖުލައި 2017 | ހޯމަ 06:28
ފާރިސް ކޯޓަށް ހާޒިރުވެވަޑައިގަންނަވަނީ

ފާރިސް ކޯޓަށް ހާޒިރުވެވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަޚްސް އޮޅުވާލުމުގެ ކުށުގެ ދައުވާއަށް އޭނާ އިންކާރު ކުރައްވައިފި އެވެ.

ފާރިސްގެ މައްޗަށް ޝަޚްސް އޮޅުވާލުމުގެ ދައުވާކޮށް، އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

އެ ދައުވާގައި ބުނެފައިވަނީ ޕީޕީއެމްއިން ފާރިސް ވަކިކޮށްފައިވަނިކޮށް، އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކައުންސިލުގެ ހުއްދަ ހޯއްދެވުމެއް ނެތި، 22 މާޗް ވަނަ ދުވަހު މޫކައި ސޫޓްސްގައި ބޭއްވި ޕްރެސް ކޮންފެރެންސްގައި އެ ޕާޓީގެ ނަމުގައި ފާރިސް ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހޯމަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފްވެއްޖެނަމަ ލިބޭނެ އަަދަބާއި އެ ކުށް ސާބިތުވެއްޖެނަމަ ލިބޭނެ އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކި އެވެ. އެގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ އެ ކުށަކީ ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށެއް ކަމަށާއި، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން އެ ކުށުގެ އަދަބަކީ 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ. އަދި ކުށަށް އިއުތިރާފްވެއްޖެނަމަ އަދަބު ކަނޑައެޅުމުގެ މިންގަނޑުން އެއް ދަރަޖައިގެ ލުޔެއް ލިބޭނެ ކަމަށާއި، އެ ހާލަތުގައި އަދަބަކީ 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ފާރިސް ދައުވާއަށް އިންކާރު ކުރައްވާފައިވާތީ، ދައުވާ ސާބިތުކުރުމަށް ހުށަހަޅާ ހެެއްކާއި ގަރީނާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅަނީ ދެ ހެއްކެއް ކަމަށާއި، އެ ހެކިންގެ ހެކި ބަސް ނަގަން ހުށަހަޅަނީ ސިއްރުކޮށްގެން ކަމަށެވެ. އަދި މީގެ އިތުރުން، ޕީޕީއެމްއިން ފާރިސް ވަކިކޮށް، އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ނަން އުނިކޮށްފައިވާކަން ހާމަކޮށްދޭ އިލެކްޝަންސް ކޮމިޝަނުގެ ސިޓީއަކާއި، ޕްރެސް ކޮންފަރެންސްގެ ވީޑިއޯ ގަރީނާގެ ގޮތުގައި ދައުލަތުން ވަނީ ހުށަހަޅާފަ އެވެ.

އެ އަޑުއެހުމުގައި ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވަނީ އިޖުރާއީ ނުކުތާތަކެއް ފާހަގަ ކުރައްވާފަ އެވެ. އެގޮތުން މައުމޫން ހަމީދު ވިދާޅުވީ ދިފާއުގައި ވާހަކަ ދެއްކުމަށް އިތުރު މައުލޫމާތު ބޭނުންވާތީ އެ މައުލޫމާތު ފޯރުކޮށްދިނުމަށް އެދި މިމަހުގެ 4 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ސިޓީއެއް ހުށަހަޅާފައިވާނެ ކަމަށެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އެ ސިޓީއާ ގުޅޭގޮތުން އެ އޮފީހުން އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

މައުމޫން ވަނީ އިންސާފުވެރިކަމާއެކު ޝަރީއަތްކޮށް، އެކަށީގެންވާ ވަސީލަތާއި ވަގުތު ލިބުމަކީ ދައުވާ ލިބޭ މީހާއަށް ކަށަވަރުކޮށްދޭންޖެހޭ ހައްގުތަކެއްކަން ފާހަގަކުރައްވައި، ދައުވާއަށް ޖަވާބުދާރީވުމަށް ވާހަކަ ދެއްކޭނީ އެ މައުލޫމާތުތައް ލިބިގެން ކަމަށް ވިދާޅުވެފަ އެވެ. މިމަހުގެ ދެ ވަނަ ދުވަހު އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހަވާލާ ދެއްވަމުން މައުމޫން ވިދާޅުވީ ދައުވާ ބިނާކޮށްފައިވާ ކަންތައްތަކުގެ މައުލޫމާތު ދައުވާ ލިބޭ ފަރާތަށް ފޯރުކޮށްދޭންޖެހޭނެ ކަމަށެވެ.

މައުމޫންގެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ ފާރިސްގެ ފަރާތުން ފޯރުކޮށްދިނުމަށް އެދިފައިވާ މައުލޫމާތުތަކަކީ ޕީޖީ ދައުލަތުގެ ބާރުގެ ދަށުގައި ހުރި މައުލޫމާތުތަކެއް ނޫން ކަމަށާއި، އެ މައުލޫމާތުތައް ހުރީ ފުލުހުންގެ އަތުގައި ކަމަށެވެ. އަދި ހުށަހަޅާފައިވާ ހެކިންނަކީ ސިއްރު ހެކިންނަށް ވާތީ އެ މީހުންނާ ގުޅޭ މައުލޫމާތު ހާމަނުކުރެވެން ނެތް ކަމަށާއި، އެހެންނަމަވެސް، ސިޓީއާއި ވީޑީއޯ ވީއެންމެ އަވަހަކަށް ހަވާލުކުރާނެ ކަމަަށް ވަކީލް ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލަށް ރައްދު ދެއްވައު މައުމޫން ވިދާޅުވީ ހެކި ގަރީނާ ވަޒަންކޮށް، ތަހުގީގު ހިންގިފައިވަނީ އިޖުރާއަތުތައް ފުރިހަމަކޮށްގެންތޯ ބެލުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މަސްއޫލިއްޔަތެއް ކަމަށާއި، ދައުލަތް ތަމްސީލު ކުރެއްވުމުގައި، ދައުލަތުގެ އެއްބައި ތަމްސީލުކޮށް އަނެއް ބައި ތަމްސީލުނުކޮށް ދޫކޮށް، މަސްއޫލިއްޔަތާއި ޒިންމާއިން ޕްރޮސެކިއުޓާ ޖެނެރަލްއަށް ބަރީއަ ނުވެވޭނެ ކަމަށެވެ.

މީގެ އިތުރުން، މައުމޫން ހަމީދު ވަނީ މައްސަލަ ތާވަލުކުރަމުންދާ ގޮތާއި މެދު ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ. އެގޮތުން މިމަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވަނިކޮށް، ކުއްލިއަކަށް 17 ވަނަ ދުވަހު އަޑުއެހުން ބާއްވަން މެދުވެރިވި ސަބަބު ލިޔުމުން ފޯރުކޮށްދިނުމަށް މައުމޫން އެދިވަޑައިގަތެވެ.

ހޯމަ ދުވަހުގެ އަޑުއެހުން ގާޒީ އިބްރާހިމް އަލީ ނިންމަވާލެއްވީ މިމަހުގެ 23 ވަނަ ދުވަހުގެ 11:30އަށް އިތުރު އަޑުއެހުމެއް ތާވަލުކުރުމަށް ފަހު އެވެ. އެ އަޑުއެހުމަކީ ވެސް އިބްތިދާއީ އަޑުއެހުމުގެ ބައެކެވެ. އެ އަޑުއެހުމުގައި އޮންނާނީ ދައުވާއަށް ފާރިސް އިންކާރު ކުރައްވާފައިވާތީ، ދައުވާއަށް ޖަވާބުދާރީވުމާއި، ދައުވާއަށް އިންކާރު ކުރެއްވި ސަބަބު ހާމަކުރެއްވުމެވެ. އެ އަޑުއެހުމުގެ ކުރިން ފާރިސް އެދިވަޑައިގެންނެވި މައުލޫމާތު ފޯރުކޮށްދިނުމަށް ޕީޖީގެ އޮފީހަށް ގާޒީ އެންގެވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، ދައުވާ ލިބޭ ފަރާތަށް ގިނަ ހައްގުތަކެއް ލިބެ އެވެ. އެގޮތުން ދައުވާކޮށް މައްސަލަ ކޯޓަށް ހުށަހަޅާތާ ފަސް ދުވަހުގެ ތެރޭގައި މައްސަލައިގެ ލިޔެކިޔުން ފޯރުކޮށްދިނުމާއި، ޝަރީއަތް ފެށުމުގެ ކުރިން އިބްތިދާއީ އަޑުއެހުމެއް ބާއްވަން ޖެހެ އެވެ.

އިބްތިދާއީ އަޑުއެހުމެއް ބޭއްވުމުގެ ޖުމްލަ ހަ މަގްސަދެއްވެ އެވެ. އެގޮތުން، ދަޢުވާއާއި ދައުވާއާ ގުޅޭ އެންމެހައި ލިޔެކިޔުމުގެ ކޮޕީ ދަޢުވާ ލިބޭ ފަރާތަށް ލިބިފައިވާކަން ކަށަވަރުކުރުމާއި، ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް ކުރެވޭ ދަޢުވާއަކީ ކޮބައިކަން އޭނާއަށް ސާފުކޮށްދިނުމާއި، ދިފާޢީ ވަކީލަކު ނުވަތަ ތަރުޖަމާނަކު ހޯދާފައިނުވާނަމަ، އެކަން ކުރަން ފުރުސަތުދިނުމާއި، ދައުވާއަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދަޢުވާ ލިބޭ ފަރާތަށް ދިނުމާއި، ޝަރީޢަތް ހިންގުމަށް ބޭނުންވާ މަޢުލޫމާތާއި ލިޔުންތައް ހާމަކޮށް، ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ކަނޑައެޅުމާއި، ޝަރީޢަތުގެ ކުރިން ހުށަހެޅޭ ހުށަހެޅުންތައް ހުށަހެޅުމަށް ދެވޭނެ މުއްދަތު ކަނޑައެޅުމުގެ އިތުރުން، ޝަރީޢަތުގެ ކުރިން ހުށަހެޅޭ ހުށަހެޅުންތަކާގުޅޭ އަޑުއެހުންތައް ބޭއްވުމަށާއި، ޝަރީޢަތުގެ އަޑުއެހުންތައް ބާއްވާނެ ތާރީޚުތަކާއި ގަޑި ކަނޑައަޅައި ތާވަލުކުރުން ހިމެނެ އެވެ.

އިބްތިދާއީ އަޑުއެހުމުގައި ދައުވާއައިގެން ކުރިއަށް ދިއުމަށް ކަނޑައަޅައިފިނަމަ، ޝަރީޢަތުގައި މަޢުޟޫޢީ ގޮތުން ބެލުމަކާ ނުލައި އެއާމެދު ގޮތެއް ނިންމޭނެ ދިފާޢެއް، ނުވަތަ އިޢުތިރާޒެއް، ނުވަތަ ހުށަހެޅުމެއް، މައްސަލައިގައި ހިމެނޭ ފަރާތަކަށް ޝަރީޢަތް ފެށުމުގެ ކުރިން ކޯޓަށް ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ. ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ އެންމެހާ ހުށަހެޅުމެއް 30 ދުވަސް ކުރިން ހުށަހަޅަންޖެހެ އެވެ. އެ މުއްދަތުގައި ޝަރީއަތުގެ އަޑުއެހުންތައް ބާއްވާނެ ގޮތެއް ފަނޑިޔާރު ނިންމަންޖެހެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗެއާޕާސަންގެ މަގާމު ހަސަން ލަތީފް ކަށަވަރުކުރައްވައިފި

ޗެއާޕާސަންގެ މަގާމު ހަސަން ލަތީފް ކަށަވަރުކުރައްވައިފި

11 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު